މި މައްސަލައަކީ ދަރިވަރުން މިއާއި މެދު ހުށިޔާރުވެ ތިބޭން ޖެހޭ ކަމެވެ. އެއީ ކިޔަވައި ޤުރުއާނުން ބަޔެއް ހިތުދަސްކޮށް ނޫނީ އެ އެއްކޮށް…
މި މައްސަލައަކީ ދަރިވަރުން މިއާއި މެދު ހުށިޔާރުވެ ތިބޭން ޖެހޭ ކަމެވެ. އެއީ ކިޔަވައި ޤުރުއާނުން ބަޔެއް ހިތުދަސްކޮށް ނޫނީ އެ އެއްކޮށް ހިތުދަސްކޮށް، އަދި މިވެނި މީހެއްގެ ޢިލްމީ ދަޥްރާތަކުގައި ބައިވެރިވެ އަދި އެވެނި މީހެއްގެ ޢިލްމީ ދަޥްރާތަކުގައި ބައިވެރިވެ އެހެންގޮސް މިހެން ބުނުމުންނެވެ: އަހަންނަކީ ޠާލިބުލް ޢިލްމެކެވެ. (ޢިލްމުގެ ދަރިވަރެކެވެ.).
ކާކު ބުނި ވާހަކައެއްހެއްޔެވެ؟
މިކަލިމަ، ޠާލިބުލް ޢިލްމު، މިއީ މީގެ ކުރިޔަށް ”އަހަރެން“ މި ޟަމީރު އައިސްގެން ނުވާނޭ ކަލިމަ އެކެވެ. އޭގެ ކުރިއަށް "ތިއީ" ނުވަތަ "އެއީ" ލެވިދާނެއެވެ. އެހެނަސް "އަހަރެން" ، މި ޟަމީރު އެކަށީގެން ނުވެއެވެ.
"އަހަރެންނަކީ ޠާލިބުލް ޢިލްމެކޭ" ބުނެވޭ ޖުމްލައަކީ އޭގެ ސަބަބުން އަމިއްލަ ނަފުސު މަތިވެރިކުރަން އެދޭ ޖުމްލައެކެވެ.
މާލިކު މިހެން ވިދާޅުވިއެވެ: ”މިކަމުގައި އަހުލުވެރިވެގެން ވާކަމަށް ހަތްދިހަ ބޭފުޅެއް އަހަރެންގެ މައްޗަށް ހެކިވެނުލައްވަނީސް ފަތުވާ ދެއްވަން ނުފައްޓަވަމެވެ.“ އަދި ވިދާޅުވިއެވެ: ”...އަދި ރަބީޢަތު އާއި ޔަޙްޔާ ބުނު ސަޢީދު އަރިހުން އެއްސެވުމަށް ފަހު މެނުވީ އަހަރެންނެއް ފަތުވާދޭން ނުފަށަމެވެ. އަދި އެބޭފުޅުން މިކަމަށް އަހަރެންނަށް އަމުރުކުރެއްވިއެވެ.“
ވިދާޅެއް ނުވޭ އިޛުނަދެއްވިއްޔޭ، ވިދާޅުވީ، އަހަރެންނަށް އެދެބޭފުޅުން އަމުރުކުރެއްވިއޭ އެވެ.
”...އަދި އެބަޭފުޅުން އަހަރެންނަށް ނަހީ ކުރެއްވިނަމަ، އެކަން ނިންމަވާލެއްވީމުހެވެ.“
ﷲގެ ދީނުގައި މީހުންނަށް ލައިގަންނަ މުޞީބާތް، އެއަށް އަރަފޯދިގެން ނުވާ މީހުން ދީނުގެ ކަންކަމުގައި ތެދުވެ ކުރާ ކަންކަމުން މާބޮޑެވެ. އަޅެފަހެ އެވެރިންގެ ޢަމަލުތަކުން ހުރި ހިތާމައެކެވެ! އެހެނީ އަމިއްލަ މީހާގެ ދިފާޢުއަށް އެވެރިންފުށުން މިދީނަށް ލިބޭ ގެއްލުން، މިދީނަށް (ސީދާ) ގެއްލުން ދިނުމަށް ފޫގަޅާފައިވާ މީހުންނަށް ވުރެ ބޮޑެވެ.
އެހެންކަމުން ބުނެވެއެވެ: "ޘާބިތު ޢަދުއްވަކަށްވުރެ ގަމާރު ރަހުމަތް ތެރިއެއްގެ ގެއްލުން ބޮޑެވެ."
صديق احمق اشد اضرارًا من عدو حازم
ކިތައްފަހަރަށް މީހަކު ވަޢުޡު ބުނާތަން އަހަރެމެންނަށް ފެނޭހެއްޔެވެ؟ އެހެންކަމުން މީސްތަކުން އޭނާ ގާތަށް ޝުބުހެއް (ކަމެއްގައި އަރާފައިވާ އޮޅުމެއް) ހުށަހަޅައެވެ. ދެން ހިފެހެއްޓުމެއް ނުވާ (ބޭނުން ގޮތަކަށް ފުރޮޅޭ) ބަސްތަކަކުން އޭނާ ޖަވާބުދެއެވެ. އެއް ޝުބުހު ދިހައެއްޗެއް އޭނާ ހަދާލައެވެ. ... ހަނުހުރެ އެޔާއި އަޅާނުލީހީނަމައެވެ.
މާލިކު رحمه الله މިވިދާޅު މިބަސްފުޅާއި އެއްފަދައިން އެކަމަށް އަމުރު ވެވިއްޖެއުމަށް ދާންދެނެވެ.
— އައްޝައިޚް ސަޢީދުލް ކަމަލީ
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.