ޖަލަކީ ދުނިޔޭގެ ނިމުމެއް ނޫނެވެ. އަދި އެއީ، އަނިޔާވެރިޔާ ކާމިޔާބު ވީކަމުގެ ދަލީލެއްވެސް ނޫނެވެ. އަދި ދުވަސްތައް ފުރޮޅެއެވެ.⁽¹⁾ އަދި ޙާލަތް…

••
❞ ޖަލަކީ ދުނިޔޭގެ ނިމުމެއް ނޫނެވެ. އަދި އެއީ، އަނިޔާވެރިޔާ ކާމިޔާބު ވީކަމުގެ ދަލީލެއްވެސް ނޫނެވެ. އަދި ދުވަސްތައް ފުރޮޅެއެވެ.⁽¹⁾ އަދި ޙާލަތް އެއްގޮތަކަށް ދެމިއޮތުމީ ނުވާނޭ ކަމެކެވެ. ﴿وَالْعَاقِبَةُ لِلْمُتَّقِينَ﴾ ”އަދި ނިންމާލުމުގެ ކުޅިފަސް ވަނީ، (ހަމައެކަނި) ތަޤްވާވެރީންނަށެވެ.“ [القصص:83].❝ — އަލްޢަލްވާން
~ ގަލަންދާނު
__
[1] މީސްތަކުންގެ ތެރޭ ކާމިޔާބީ އާއި ނާކާމިޔާބީ ﷲ ފުރޮޅުއްވުމުގެ ސުންނަތް: {إِن يَمۡسَسۡكُمۡ قَرۡحٌ فَقَدۡ مَسَّ ٱلۡقَوۡمَ قَرۡحٌ مِّثۡلُهُۥۚ وَتِلۡكَ ٱلۡأَيَّامُ نُدَاوِلُهَا بَيۡنَ ٱلنَّاسِ...} ”ތިޔަބައިމީހުންނަށް ހާނީއްކަޔާއި ވޭންލިބޭނަމަ، ހަމަކަށަވަރުން، (كافر ންގެ) މީސްތަކުންނަށްވެސް، އެފަދަ ހާނީއްކަޔާއި ވޭން ވަނީ، ލިބިފައެވެ. އެއީ، ދުވަސްތަކެކެވެ. އަދި ތިމަން ރަސްކަލާނގެ މި (މޮޅުވުމާއި ބަލިވުމުގެ) ދުވަސްތައް، މީސްތަކުންގެ މެދު އެއްބަޔަކަށްފަހު އަނެއްބަޔަކަށް ބަދަލުކުރައްވަމެވެ.“ [آل عمران 140]
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.