އަލްޙާފިޡު އިބްނު ޙަޖަރުގެ "ބުލޫޣުލް މަރާމް" ގެ އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން ގެ ޝަރަހަ (1040 ޞ، އެއްބައި).…

🔺 އަލްޙާފިޡު އިބްނު ޙަޖަރުގެ "ބުލޫޣުލް މަރާމް" ގެ އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން ގެ ޝަރަހަ (1040 ޞ، އެއްބައި). މި ޝަރަޙަ އަކީ އެފޮތުގެ ޙައްޖާއި ބެހޭ ބާބާއި ހަމައަށެވެ. އަދި އެބާބުގެ އެންމެހާ ޙަދީޘް ނުނިމިއެވެ. އެއީ ދަރުސް ދިނުން ޝައިޚުއަށް މަނައު ކުރުމާއި ވިދިގެން ނެވެ. އޭގެފަހުން ޖަލަށް ލެވުނެވެ. މީގެ އަޞްލަކީ އޯޑިއޯ ދަރުސެވެ. މީގެ އިތުރުން ޝައިޚު ވަނީ އަނގަބަހުން ޖަލުގައި މިފޮތް އެއްކޮށް ޝަރަޙަ ކުރައްވާފައެވެ. އަދި ތަފާތު އެތައް ފަހަރަކު މިކަން ކުރެއްވިއެވެ. އެހެނަސް ރިކޯޑު ކުރެވިފައި މިވާ ދަރުސްތަކަކީ މިހިސާބަށެވެ. މީގަައި ކޮންމެ ޙަދީޘަކަށް ފަހު އޭގެ ޞައްޙަކަމުގެ މައްޗަށް ބަސްވިދާޅުވެ، ދެން އޭގެން ނެގޭ ފިޤުހު އާއިމެދު މަޒުހަބުތަކާއި ޢިލްމިވެރިންގެ ރައުޔު ތައް ގެންނަވައި އެއަށްފަހު އޭގެން ރާޖިޙު ގޮތްތައް ކަނޑައަޅުއްވާފައިވެއެވެ.
نَسْأَلُ اللَّهَ أَنْ يَفُكَّ أَسْرَ الشَّيْخِ وَأَنْ يُثْبِتَهُ وَأَنْ يُطِيلَ فِي عُمُرِهِ عَلَى طَاعَتِهِ وَخِدْمَةِ دِينِهِ وَمُرَاغَمَةِ أَعْدَائِهِ.
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.