ޝަޢްބާން މަހުގައި ރޯދަ ހިފުމުގެ މާތްކަން
ޝަޢްބާން މަހުގައި ރޯދަ ހިފުމުގެ މާތްކަން
❞...ދެޞަޙީޙުގައި ޢާއިޝާ رضي الله عنها ގެ ޙަދީޘް ތަކުން، އެކަމަނާ ވިދާޅުވިކަމުގައި ރިވާވެފައިވެއެވެ: «كان رسول الله - صلى الله عليه وسلم - يصوم شعبان كله إلا قليلا» (މަދު ދުވަސްތަކެއްގައި މެނުވީ މުޅި ޝަޢުބާން މަސް އެއްކޮށް ރަސޫލު ﷲ ﷺ ރޯދަ ހިއްޕަވައެވެ.) — ފަހެ މިއީ ޝަޢްބާން މަހުގައި ރޯދަ ހިފުމުގެ މަތިވެރި ކަމުގެ މައްޗަށްވާ ދަލީލެކެވެ.
...ވީމާ ނަބިއްޔު ﷺ އަރިހުން ޝަޢުބާން މަހާއިމެދު އެނޫން އެއްވެސް އެއްޗެއް — ރޯދަ މެނުވީ — ޞައްޙަވެފައި ނުވެއެވެ. ވީމާ ރޯދަ ގިނަގުނަ ކުރުން އެދެވިގެން ވެއެވެ. އަދި މަދު ދުވަސް ތަކެއްގައި ފިޔަވައި މުޅި އެމަހު ރޯދަ ހިފުމަށް ކުޅަދާނަ ވެއްޖެ ނަމަ، މިގޮތް މޮޅު އިތުރެވެ. އަދި ﷲ - عز وجل - ޙަޟުރަތުގައި ޠާހިރުވަނިވިއެވެ. ދެންފަހެ މުޅި އެމަހު އެކީ އެއްކޮށް އެއްވެސް އިސްތިޘްނާއެއް ނެތި ރޯދަހިފުން، ފަހެ ޢާއިޝާ رضي الله عنها ވިދާޅުވެފައިވަނީ، ނަބިއްޔު ﷺ ރޯދަމަސް މެނުވީ އެއްވެސް މަހެއް ކާމިލުކޮށް ރޯދަ ނުހިއްޕަވަޔޭ އެވެ...❝
—އަލްޢަލްވާން (މަޞްދަރު)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.