އަލްޢަލްވާން ގެ މަޖިލިހެއްގައި އަސީރުންގެ ވާހަކަ ނަންގަނެވުނެވެ. އެހެންކަމުން ޝައިޚް އިސްޖައްސަވައި ހިތާމަކުރެއްވިއެވެ. އަދި…

••
އަލްޢަލްވާން ގެ މަޖިލިހެއްގައި އަސީރުންގެ ވާހަކަ ނަންގަނެވުނެވެ. އެހެންކަމުން ޝައިޚް އިސްޖައްސަވައި ހިތާމަކުރެއްވިއެވެ. އަދި ކީރިތިކުރެއްވިއެވެ. ގިސްލެއްވުމުގެ އަޑު ފާޅުވެއްޖައުމާއި ހަމައަށެވެ. އެކަމުގެ ސަބަބުން އަޚުން ކަންބޮޑުވިއެވެ...
ދެން ވިދާޅުވިއެވެ: ޖަލުގައި އަހަރެން އެއްދުވަހަކު ހޮސްޕިޓަލަށް ގެންދެވުނެވެ. ދެން ފާރުގައި ޖަހާއަޑު އިވުނެވެ — މިއީ ފާރުގެ އެއްފަރާތުން އަނެއް ފަރާތުގައިވާ ޤައިދީ އާއި ވާހަކަ ދައްކަން ޢާންމުކޮށް ޖަހާ ޖެހުމެކެވެ. އެހެންކަމުން އަހަރެންގެ ކަންފަތް ފާރުގައި ޖެއްސީމެވެ. އަދި އެއީ އުއްމުއް ރުބާބް (ހައިލަތުލް ޤުޞައްޔިރް) އެވެ. އެހެންކަމުން އަހަރެންނަކީ ސުލައިމާނަލް ޢަލްވާން ކަމަށް ޚަބަރު ދިނީމެވެ...
ފަހެ އެކަނބުލޭގެ ޙާލަތާއި ދިމާވެފައިވާ އިމްތިޙާނުތައް ކިޔައިދިނެވެ. އަދި އޭގެ ތެރޭގައި ކިޔައިދިނެވެ: ޖަލުކޮޓަރީގައި ކެމެރާ ހަރުކޮށްފައިވުމުން ތިން އަހަރުވަންދެން ހިޖާބު ތިރި ނުކުރާ ކަމުގައެވެ.
އަދި ޝައިޚު ދަންނަ މީހުން، އެކަނބުލޭގެ އަދި އެއުޚްތުންގެ ޛިކުރު ކުރެވޭހިނދު، ޝައިޚު މައްޗަށް ފޯރާ އަޘަރާއި ވޭނާއި ބަލިކަށިކަން ފެނެއެވެ.
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.