މައިންބަފައިން ނަށް ކަމޭހިތުމުގެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ވަނީ، ތިބާގެ ބައްޕަގެ ރައްޓެހިންނާއި އެކުވެރީންނާ ގާތްކަން ބޭއްވުމެވެ
①
🔻މައިންބަފައިން ނަށް ކަމޭހިތުމުގެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ވަނީ، ތިބާގެ ބައްޕަގެ ރައްޓެހިންނާއި އެކުވެރީންނާ ގާތްކަން ބޭއްވުމެވެ.
މިއީ ވަކިން ޚާއްޞަކޮށް ހުކުރު ނޫނީ ޢީދު އަދި އެފަދަ މުނާސަބަތުތަކުގައެވެ. އަދި އެއީ ފަޤީރެއްނަމަ އޭނާއަށް ބޭނުންޖެހިގެންވާ އެއްޗެއް ހަދިޔާ ދިނުމެވެ.
އެއީ ޢަބްދު ﷲ ބުނު ޢުމަރު، މައްކާއަށް ދަތުރު ކުރާ މަގުން ބައްދަލުވެ ވަޑައިގެންނެވި އަޢުރާބީ އަކަށް ކަންތައް ކުރެއްވި ފަދައިންނެވެ. އެހިނދު އޭނާއަށް ސަލާމް ގޮވައިލައްވައި، އެކަލޭގެފާނުގެ އަމިއްލަ ހިމާރު މައްޗަށް ސަވާރު ކުރައްވައި، އެކަލޭގެފާނުގެ ބޮލު ފަގުޑިކޮޅު އޭނާ ބޮލުގައި އެޅުއްވިއެވެ.
އެހެންކަމުން އިބްނު ދީނާރު ވިދާޅުވިއެވެ: ﷲ ތިބާއަށް ހެޔޮ މުއްތިކުރައްވާށިއެވެ. މިއީ އަޢުރާބީން ނެވެ. ކުޑަ އެއްޗަކުން ވެސް އެވެރިން ހިތްހަމަ ޖެހޭނެތެވެ.
ޢަބްދު ﷲ ދެންނެވިއެވެ: މިމީހާގެ ބައްޕަ އަކީ (ތިމަންކަލޭގެފާނުގެ ބައްޕަ) ޢުމަރު އަށް ލޮބުވެތި ބޭކަލެކެވެ. އަދި ރަސޫލު ﷲ ޙަދީޘް ކުރެއްވީތީ އަހަރެން އަޑު އެހީމެވެ: «إِنَّ أَبَرَّ الْبِرِّ صِلَةُ الْوَلَدِ أَهْلَ وُدِّ أَبِيهِ» ”މައިންބަފައިންނަށް ކަމޭހިތުމުގެ އެންމެ ހެޔޮވެގެންވާ ކަންތަކީ، ދަރިޔަކު އޭނާގެ ބައްޕަގެ ލޮބުވެތީންނަށް ގުޅުން ދެމެހެއްޓުމެވެ.“ رواه مسلم.
ފަހެ މިބަސްތައް ބުނި މީހާ ހެޔޮ ބުނެއްޖެއެވެ:
أَكرِم خَلِيل أبيك حيث لقِيتهُ
ތިބާގެ ބައްޕަގެ އެކުވެރިޔާއަށް މާތްކޮށް ހިތާށެ ދިމާވެއްޖެ ހިނދު
ولقدْ عقَقْتَ أباكَ إن لم تفعلِ
އޭރުން ހެޔޮކޮށްހިތައިފި ބައްޕަޔަށް، އެކަން ނުކުރެވި އޮތަސް
އަދި މީގައި ފިރިހެނުންނާއި އަންހެނުންވެސް ހިމެނެއެވެ:
ވީމާ ތިބާގެ މަންމަ ނޫނީ މާމަ ލޮބުވެތިވެ، ދީލަތިވެ ހެޔޮކޮށްހިތާ އެކުވެރިޔަކަށް، ފަހެ ގުޅުން ދަމަހައްޓާށެވެ. އެހެނީ މި އެންމެހާ ކަމަކީ މައިންބަފައިން ނަށް ކަމޭ ހިތުމާއި އިޙުސާންތެރިވުމުގެ ތެރެއިން ވާ ކަންކަމެވެ. އަދި ހެޔޮ އަޚުލާޤުގެ ތެރެއިންނެވެ.
من خير ما تبر به والديك بعد موتهما :
ބަނޫ ސަލާމާ ގެ މީހެއް އައިސް ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާ އެވެ. ބައްޕަ އާއި މަންމަ ނިޔާ ވުމަށް ފަހު އެދެވެރިންނަށްކަމޭ ހިތުމުގެ ތެރެއިން އެއްވެސް ކަމެއް އަހަރެންގެ މައްޗަށް އިތުރަށް ވޭތޯއެވެ؟
ޙަދީޘް ކުރެއްވިއެވެ:
«نَعَمِ الصَّلاَةُ عَلَيْهِمَا وَالاِسْتِغْفَارُ لَهُمَا وَإِنْفَاذُ عَهْدِهِمَا مِنْ بَعْدِهِمَا وَصِلَةُ الرَّحِمِ الَّتِي لاَ تُوصَلُ إِلاَّ بِهِمَا وَإِكْرَامُ صَدِيقِهِمَا»
”އާއެކެވެ. އެދެވެރިންނަށް ދުޢާ ކޮށްދިނުމާއި، އެދެވެރިންނަށް އިސްތިޣްފާރު ކޮށްދިނުމާއި، އެވެރިންގެ ވަސިއްޔަތްތަށް އެވެރިންނަށްފަހު ފުއްދައި ދިނުމާއި، އެވެރިންނާއި ނުލައި ދެމި ނުއިންނާނޭ ރަޙިމުގެ ގުޅުންތަށް ދެމެހެއްޓުމާއި، އެވެރިންގެ އެކުވެރީންނަށް މާތްކޮށް ހިތުމެވެ.“ — ރިވާކުރެއްވީ އާބޫ ދާވޫދު، އޭގެ ސަނަދެއްގައި ނޭގުން އެކުލެވޭ ސަނާދަކުންނެވެ.
الصَّلاةُ عليهما (އެދެވެރިންނަށް ޞަލާތު ކުރުމޭ) އެބަހީ : އެދެވެރިންނަށް ދުޢާ ކުރުމެވެ ..
އަދި (الِاستغْفَار) އިސްތިޣްފާރު ކުރުމޭ ، އެބަހީ : އެދެވެރިންނަށް ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ. .. މިއީ (އޭގެ ކުރުން ނަންގަނެވުނު) ޢާންމު ދުޢާ ކުރުމުގެ މައްޗަށް (އޭގެ ސީދާ ވައްތަރެއް ނަންގަންނަވައި) ޚާއްޞަ ކުރެއްވުމެކެވެ.
އަދި إنفاذ عهدهما (އެދެވެރިންގެ އަޙުދުތައް ތަންފީޒު ކުރުމޭ) އެބަހީ : އެދެވެރިންގެ ވަޞިއްޔަތައް ފުރިހަމަ ކުރުމެވެ.
އަދި صلة الرَّحم (ރަޙިމުގެ ގުޅުން ދެމެހެއްޓުމޭ) އެބަހީ : ގާތްތިމާގެ މިހުންނަށް އިޙުސާންތެރި ވުމެވެ
.
إكرام صديقيهما (އެދެވެރިންގެ އެކުވެރިންނަށް މާތްކޮށް ހިތުމޭ) ، މިތާގައި ބައްޕަ އަދި މަންމަގެ އެކުވެރިންވެސް ހިމެނެއެވެ.
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.