ވީމާ، އެވެރިންނަށް ކަމޭ ހިތުން އެވެރިން ދުނިޔޭގައި ތިބޭ ތިބުމަށް އެކަނި ހަނި ނުކުރާށެވެ. އަދި ކިއެއްތަ؟ ނިޔާވުމަށް ފަހުގައިވެސް…
②
ވީމާ، އެވެރިންނަށް ކަމޭ ހިތުން އެވެރިން ދުނިޔޭގައި ތިބޭ ތިބުމަށް އެކަނި ހަނި ނުކުރާށެވެ. އަދި ކިއެއްތަ؟ ނިޔާވުމަށް ފަހުގައިވެސް ދެމިއޮވެއެވެ. އަދި އެކަން މާ ބޮޑުވެގެން ވެއެވެ. އެއީ އެދެވެރިންގެ އަމިއްލަ ޢަމަލުތައް އޭރުން (ޘަވާބު ހޯދުމުން) ކެނޑިފައި ވުމުންނެވެ. މިއީ އިތުރުއެކަލޭގެފާނުން ގެ މިޙަދީޘް ގެ މައްޗަށެވެ: «أَوْ وَلَدٍ صَالِحٍ يَدْعُو لَهُ» ”...ނުވަތަ އޭނާއަށް ދުޢާ ކޮށްދޭނޭ ޞާލިޙު ދަރިއެކެވެ.“ — ރިވާކުރެއްވީ މުސްލިމް އެވެ.
ޞާލިޙު ދަރިއެއް: އޭގައި ފިރިހެން އަދި އަންހެން ކުދިންވެސް ޝާމިލުވެގެން ވެއެވެ.
އަދި މިޙަދީޘް «إِنَّ أَبَرَّ الْبِرِّ صِلَةُ الْوَلَدِ أَهْلَ وُدِّ أَبِيهِ» ”މައިންބަފައިންނަށް ކަމޭހިތުމުގެ އެންމެ ހެޔޮވެގެންވާ ކަންތަކީ، ދަރިޔަކު އޭނާގެ ބައްޕަގެ ލޮބުވެތީންނަށް ގުޅުން ދެމެހެއްޓުމެވެ.“ رواه مسلم،
އަދި އެރިވަޔާތުގެ ލަފުޒުގެ ތެރޭ (ޢަބްދު ﷲ) ވިދާޅުވެފައި ވެއެވެ: ”އަދި މިމީހާގެ ބައްޕަ އަކީ (ތިމަންކަލޭގެފާނުގެ ބައްޕަ) ޢުމަރު އަށް ލޮބުވެތި ބޭކަލެކެވެ.“
އަދި (މިގޮތުން) އަލްބުޚާރީ "އަލްއަދަބް" ގައި ވާ ރިވަޔަތުގައި ވަނީ: «إِن أبر البر أن يصل الرجل أهل ود أبيه» ”މައިންބަފައިންނަށް ކަމޭހިތުމުގެ އެންމެ ހެޔޮވެގެންވާ ކަންތަކީ، ދަރިޔަކު އޭނާގެ ބައްޕަގެ ލޮބުވެތީންގެ އަހުލުންނާ ގުޅުން ދެމެހެއްޓުމެވެ.“
އަދި އަބޫ ދާވޫދު ގައި: «إِنَّ أَبَرَّ الْبِرِّ صِلَةُ الْمَرْءِ أَهْلَ وُدِّ أَبِيهِ بَعْدَ أَنْ يُوَلِّ» ”މައިންބަފައިންނަށް ކަމޭހިތުމުގެ އެންމެ ހެޔޮވެގެންވަނީ، އޭނާގެ ބައްޕަ ނިޔާވުމަށްފަހު ދަރިޔަކު، އެބައްޕަގެ ލޮބުވެތި އަހުލުންނާ ގުޅުން ދެމެހެއްޓުމެވެ.“
އަދި އައްޠަބަރާނީ ގައި: «من بر الرجل أباه بعد موته حفظه أهل ود أبيه من بعده» ”މީހަކު އެމީހެއްގެ ބައްޕައަށް ކަމޭހިތުމުގެ ތެރޭގައި، ބައްޕަ ނިޔާވުމަށްފަހު ބައްޕަގެ ލޮބުވެތި އަހުލުންނަށް އޭނާ ރައްކައުތެރިވުން ހިމެނެއެވެ.“
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު (ޓުވިޓަރ)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.