ދެވަނަ ދަރަޖަ: އެއީ ކަމަށް ކުޅަދާނަ ޢިލްމު އުގެނޭ ދަރިވަރުން، އެއީ ގިނަކަންކަމުގައި ނޫނީ ބައިވަރުކަންތަކުގައި މުޖްތަހިދު ޢިލްމިވެރިޔާ…
2
ދެވަނަ ދަރަޖަ: އެއީ ކަމަށް ކުޅަދާނަ ޢިލްމު އުގެނޭ ދަރިވަރުން، އެއީ ގިނަކަންކަމުގައި ނޫނީ ބައިވަރުކަންތަކުގައި މުޖްތަހިދު ޢިލްމިވެރިޔާ ފަދައިން ބަލައިހޯދުމުގެ ފެންވަރު ހުރި މީހުން. އެހެންކަމުން މުޖުތަހިދު ޢިލްމުވެރިޔާ ފަދައިން އޭނާ އެމައްސަލަތަކުގައި ޙުކުމް ކުރޭ. ދަލީލަށް ދަބައުވުން ނޫންގޮަތެއް އޭނާގެ މައްޗަށް ހުއްދަވެގެން ނުވޭ. އެނޫން (ބަލާހޯދިފައިނެތް މަދު) ކަންކަމުގައި އޭނާ އަމަލު ކުރަން ޖެހޭނީ ތިރީގައިވާ 4 އަދި 5 ގައިވާފަދައިން. އަދި އަނެއްފަރާތުގެ ހުއްޖަތް ފުރިހަމަޔަށް އަޑުނީވި އޭނާ ކުށްވެރިކިރުމުގެ ހުއްދައެއް މިކަންކަމުގައި މީނާއަށް ނުވޭ.
3.
ތިންވަނަ ދަރަޖައަކީ: ބައެއް މައްސަލަތައް ބަލައިހޯދިފައިވާ، އަދި އެކަމުގައި ޢިލްމީ އިންސާފުވެރި ބަލައިހޯދޭނެ، އެހެނަސް ގިނަކަންކަމުގައި ފުރިހަމަޔަށް ބަލައިހޯދިފައިނުވާ ނުވަތަ އެއްވެސް ވަރަކަށް ބަލައިހޯދިފައިނުވާ މީހާ. އޭނާ ފުރިހަމަޔަށް އެކަން ކަމެއްގައި ބަލައިހޯދިފައި ވާ ކަންތައްތަކުގައި އޭނާގެ ހުކުމަކީ ދަލީލަށް ތަބައުވުން ލާޒިމު މުޖްތަހިދު ފަދަ.
4.
ހަތަރުވަނަ ދަރަޖަ: ކުޑަކޮށް ބަލައިހޯދިފައިވާ މީހުން،އެއީ މިސާލަކަށް ޢިލްމިވެރިން ކުރެ ގިނަ ބޭފުޅުން އެކަމާ ވިދާލުވެފައިވާ އެއްޗެއް އެނގޭ، ނުވަތަ އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ބޭކަލުން، ނުވަތަ އެކަންކަމުގައި ބަޔެއް ޢިލްމިވެރިންގެ ބަސްތައް އެގޭ މީހާ، ނުވަތަ މައްސަލައެްްގައި އެއްފޮތް ކިޔާފައިވާ މީހާ، ނުވަތަ ޢިލްމިވެރިން ކުރެ ބޭފުޅެއްގެ ބަސް ނޫނީ ތަހުގީގު އަޑުއަހައިފައިވާ މީހާ، އެއީ މިސާލަކަށް ޝާފިއީގެ ބަސްފުޅު އެކަނި، "އަލްއުއްމު" ފޮތުން އެނގިފައިވާ، ނުވަތަ އެމައްސަލާގައި އައްޠަޙާވީގެ ތަހުގީގު "ޝަރަޙް މަޢާނީ އަލްއާޘާރް" އިން ކިޔާފައިވާ، ނުވަތަ "ތަހްޒީބް އަލްއާޘާރު" ގައި އައްޠަބަރީ ތަރުޖީހު ކުރައްވާފައިވާ ގޮތް އެނގޭ މީހާ، ނުވަތަ "މަޖްމޫޢު އަލްފަތާވާ" ގެ މުނާގަޝާ ތައް ކިޔާފައިވާ މީހާ ނުވަތަ "ނޭލް އަލްއައުޠާރު" ގެ ޝައުކާނީގެ ބަލައިހޯދުންތައް - މި އެންމެހާ ބޭފުޅުންނީ، ދަލީލަށް ތަބައުވެ ތަހުގީގު ކުރެއްވި ޢިލްމިވެރިންގެ އިމާމުން ކަމުގައި ވިޔަސް، އެއިން އެއް ބޭކަލަކަށް އެކަނި މިންވަރު ވުން ޢިލްމީ ބަލައިހޯދުމުގެ ތިލަފަތުގައި ފުދިގެނެއް ނުވޭ.
އެހެނަސް (އެއިން އެއްޗަކާއިއެކު) އެހެން އެއްޗެއް އުނގެނުމަށް ފަސޭހަކުރައްވައިފި މީހާ، ނުވަތަ އެވަރު ވަޤުތު އޮވެއްޖެނަމަ، އޭނާގެ މައްޗަށްވަނީ އިލްމީ އެންސައިކުލޮޕީޑިއާއެއް ތެރެއަށް ފީނުން، އެއީ އެންމެ މަދުވެގެން މިސާލަކަށް އިބްނު ޤުދާމާގެ "އަލްމުޣްނީ" ނޫނީ އިބްނި ޢަބްދުލް ބައްރުގެ "އަލްއިސްތިޛްކާރު" ނޫނީ އަލްބައިހަޤީގެ "ސުނަން އަލްކުބްރާ" ނޫނީ އިބްނު ޙަޒަމްގެ "އަލްމުޙައްލާ". ދެން އޭނާ އަށް ފުރިހަމަ ބަލައިހޯދުމެއް ބެލެންދެން، މިކިޔެވިތަކެތީން، ދަލީލާއި އެކުގައިވާތަން އޭނާއަށް ފެންނަ ކަންކަމަށް ތަބައުވެ ހުރުން.
މިދަރަޖައިގެ މީހުން އޭނާ އާއި އިދިކޮޅުވާ މީހުން ކުށްވެރިކުރުން އެދެވިގެން ނުވޭ. އެހެނީ ކުށްވެރިކުރުމަކީ ތިބާ އޭނާ އަށް ހުކުމެއް ކުރުން. އަދި ތިބާ އަށް އޭނާގެ އަނގައިން (ނޫނީ އޭނާގެ ބަސް އޭނާ ގެންނަ ޢާލިމް ގެ ފޮތް) ތިބާއަށް ނޭގި ހުރެ، އޭނާ ގެ މައްޗަށް ތިބާ ހުކުމެއް ކުރާނީ ކިހިނަކުން؟
އަދި ބަލައިހޯދުމަށްފަހު ވަކި ގޮތަކަށް އޭނާ އަށް ދަލީލު ނުވާ މީހާ، އެހެނަސް އެއްކޮޅަށްވުރެ އަނެއްކޮޅަށް އޭނާ ބޮޑަށް ބުރަވެވޭ މީހާ ވެސް ވަނީ ދަރަޖައިގައި ހިފުން.
(މިހިސާބަށްވެސް ފޯރާފައިވާ ޝޭޚެއް ރާއްޖޭން ނުދެކެން. އަދި ކިރިޔާ ގާތްކުރައްވާ ބޭކަލަކަށް ބޮޑު ޝެއިޚު ފިޔަވާ. އަދި މީދޫ ޝެއިޚު)
5.
ފަސްވަނަ ދަރަޖަ: ފުރިހަމަޔަށް ބަލައިނުހޯދޭނެ ޢާންމުން (ޢަރަބި ބަސް އެނގިވެސް ފުރިހަމަ ރިސާރޗް ކުރުމަށް އެތައް ބަޔަކު ނުކުޅެދޭ އިރު އަދި ކޮބާ އަރަތްބެއް ނޭގި ހުންނަ މީހާ ގެ ޙާލު) . އަދި މީސްތަކުންގެ ތެރޭގައިވާ ފަހުމުގެ މިންވަރުގެ މައްޗަށް، ޢިލްމުވެރިންގެ ބަލައިހޯދުންތައް ކިޔުމުގެ ބޮޑު ކުޅަދާނަކަމެއް ވާ މީހާ. މީނާ އަށް އެހެންމީހުން ގެ ރައުޔު ކުށްވެރި ކުރުމެއް ނުވޭ. އެއީ އޭނާ އަށް ފެންނަ އަދި ދަލީލާއި ގާތް ގޮތުގެ މައްޗަށް އޭނާ އަމަލުކުރިއެއް ކަމަކު. އެއީ އޭނާގެ ފަހުމުގައި އޭނާ އަށް ލިބިފައިވާ ހަނި ކުޅަދާނަކަމުގެ ސަބަބުން. އެބަހީ، ޢާންމު މީހަކަށް އިހުގެ ޢިލްމިވެރިއެއް ކަމެއް ވަކިގޮތަކަށް ކަނޑައެޅުއްވި ނަޒަރު އެނގި، އަދި ދަލީލު އެބޭފުޅާއާއެކު ވާތަން އޭނާއަށް ފެންނަނަމަ، ނުވަތަ އޭނާގެ ހިތުގެ އަޑިން އެބޭފުޅެއްގެ ނިންމުމަށް ތަނަވަސްކަން އައިސްފިނަމަ، މިމީހާގެ މައްޗަށް ވަނީ ދަލީލު އެވަނިވި ގޮތުގައި ކުރިޔަށް ދިޔުން. އަދި ނަފްސުގެ އެދުމާއި ހަވަޔަށް ތަބައުވުން ހުއްދައެއް ނޫން.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.