ހަ ވަނަ ދަރަޖަ: މިއީ ފަސްވަނަ ދަރަޖައަށް ވުރެ ދަށު ދަރަޖަ. އެއީ ދަލީލުތައް މަޢްރިފާކޮށް ދެނެގަތުމުގެ ފަސޭހަކަން ނެތް މީހާ، އެހެނަސް…
6.
ހަ ވަނަ ދަރަޖަ: މިއީ ފަސްވަނަ ދަރަޖައަށް ވުރެ ދަށު ދަރަޖަ. އެއީ ދަލީލުތައް މަޢްރިފާކޮށް ދެނެގަތުމުގެ ފަސޭހަކަން ނެތް މީހާ، އެހެނަސް ޢިލްމުވެރިން ކުރެ ބޭފުޅެއް ދެކިލައްވާ ގޮތް އޭނާ އަށް އެގޭ މީހާ. އަދި އިބްނު ތައިމިއްޔާ، އަލްފަތާވާ އަލްމިޞްރިއްޔާ 2/391 ގައި މިފަދައިން ވިދާޅުވި މީހުން:
"ޞައްޙައީ، މިވެރިން މައްޗަށް މިކަން (އެބަހީ: ކަނުކޮށް ތަބައުވުން) ހުއްދަވުން. އެހެނީ އިޖްތިހާދު ކުރުމަށް ނުކުޅެދުން ، އެއީ އެހެންޏާ ދަލީލުތައް ގިނަގުނަ ކަމުން (އޮޅުންބޮޅުން އެރުން)، ނޫނީ އިޖްތިހާދުކުރުމަށް އެވަރު ވަޤުތު ދަތިވުން، ނުވަތަ ދަލީލު ސާފުވެފައި ނުވުން. " އެހެންކަމުން މިއީ މިފަދަ ހާލުގައި ތަޤްލީދުކުރުން ހުއްދަކަމަށް އިބްނު ތައިމިއްޔާ ކަންޑައެޅުއްވި ހާލަތު. ވީމާ ޢާންމު މީހާ ޢިލްމިވެރިވުން ލާޒިމެއްނޫން. އަދި އޭނާއަށް ފަސޭހަ މީހެއް ގާތު ސުވާލުކުރުން އޭނާގެ މައްޗަށް ޖާއިޒުވެފައިވޭ. އެއީ ޞަޙާބީން އެބޭކަލުންކުރެ ޢިލްމިވެރިންނާއި ސުވާލުކުރެއްވިހ ފަދައިން.
އަދި މިއީ ދިވެހި ގިނަ އަޚުން ގެ ދަރަޖަ. އަދި ބަޔެއް އަޚުން މިއަށްވުރެ ކުޑަކޮށް މައްޗަށް އެހެނަސް 5 ވަނަ ދަރަޖައަށް ނުދޭ. އެހެނަސް ހައިރާން ވަނީ، މިއާއި އެކުވެސް، އިޖްތިހާދީ (ދީނުގެ އަޞްލުގެ ތެރޭ ނުހިމެނޭ) ކަންކަމުގައި އެއްވެސް ޢިލްމުވެރިޔަކަށް ނިޞްބަތް ނުކޮށް، އަދި ތިބާ މިއީ މިއުއްމަތުގައި އެމައުލޫއެއް މައްޗަށް އެންމެ ފުރަތަމަ އިޖުތިހާދުކުރާ މީހާ ފަދައިން ފަތުވާތައް ނެރެ، އަމިއްލަޔަށް މަގުފުރެދި އެހެން މީހުންވެސް މަގުފުރެއްދުން. ﷲ ތަޢާލާ އަށް ބިރުވެތިވެ މުރައްކަބު ޖާހިލަކަށް ވުމުން ސަލާމަތްވުމަށް ކޮންމެ އަޚެއްވެސް މަސައްކަތް ކުރުން ލާޒިމު. ޖާހިލަކީ އޭނާއަށް ނޭގޭކަން އެނގޭ، އަދި އެހެންކަމުން އެކަމާއިމެދު އެނގޭ މީހުންނާއި ސުވާލުކުރާ މީހާ. އެހެނަސް މުރައްކަބު ޖާހިލަކީ، ހިމާރެއްމަތީ އިންނަ ހިމާރެއް. އޭނާ ހީކުރަނީ އޭނާ ވަނީ ޢިލްމީ އެއްޗެއްގެ މަތީގައި ކަމަށް. އަދި އޭނާގެ ޖާހިލުކަން އޭނާ ތަސައްވަރު ނުކުރޭ. އަދި އެހެން ކަމުން ސުވާލެއްނެތި އަދި އެކަމުގައި އޭނާގެ ކުރިން ބަސްބުނި ފަރާތެއް ނެތި ﷲ ގެ ދީނުގެ މައްޗަށް ވާހަކަ ދައްކާ.
ސޯޝަލް މީޑިއާގައި އުޅޭ އަޚުންނަށް ބުނެލަން: ދިގުކޮށް ލިޔާ ކޮންމެ ލިޔުމަކީ ޙައްޤެއް ނޫން. އަދި އެއަކަށް މަޞްދަރެއް ދީފައިނުވާ ކޮންމެލިޔުމަކީ އެހެންޏާ ވަގަށް ނަގާފައިވާ އެއްޗެއް (އަދި އެހެން ކަމުން އިތުބާރެއް ނުވާ އޮޅުވާލުމެއް) ނޫނީ ޖާހިލެއްގެ އަމިއްލަ ރައުޔު. އަދި މިދެ އަނދަވަޅުންވެސް ސަލާމަތްވާން ޖެހޭ. އަދި އަހްމަދު ބުނު ހަންބަލް ފޫޅުން ކުޑަކޮށް ތިރީގައި ހަށަން ބަނުން މައްސަލައެއް ނެތްކަމަށް ވިދާޅުވިބަސްފުޅުވެސް، މިފަދަ ސޯޝަލް މީޑިއާގެ ވާނުވާ ސަތޭކަ ހާސް ލިޔުމަށް ވުރެ އަހަރެމެންނަށް ލޮބުވެތިވެފައި، މިދީނުގައި ސީދާ ވެގެންވޭ.
ދީނީ ދައުވަތުގައި ދެމިތިބެން ބޭނުން ނަމަ، އެކަމުގެ ފުރުސަތު އެބަ އޮތް، ޢިލްމުވެރިންގެ ރައުޔުތައް، ފަތުވާތައް ތަރުޖަމާކޮށް ނޫނީ ބަހައި ހެދުމާއި، އެތަކެތި މެދުވެރިކޮށް ރިއާޔަތްކޮށް ދައުވަތު ދިނުން. الله أعلم.
والله المستعان!
____________
ނޯޓް: މިލިޔުމުގައިވާ ޢިލްމީ މިންގަނޑު ތަކުގެ އަޞްލު ނަގާފައިވަނީ އައްޝެއިޚް އަލްމުޖާހިދް މައިސަރަތަލް ޣަރީބް (މުޙައްމަދު ވާއިލް ޙިލްވާނީ) رحمه الله ގެ "إنّما شفاءُ العِيِّ السّؤال" މި ރިސާލަތުން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.