އަބުލް ޤާސިމް ޢުބައިދު ﷲ ބުނު ޢަބްދު ﷲ، އިބްނު ޚަރްދާޛްބާ (އަވަހާރަވީ: 280ހ) ”އަލްމަސާލިކި ވަލް މަމާލިކި" (ޞ. 4) ގައި ވިދާޅުވިއެވެ

🔺 އަބުލް ޤާސިމް ޢުބައިދު ﷲ ބުނު ޢަބްދު ﷲ، އިބްނު ޚަރްދާޛްބާ (އަވަހާރަވީ: 280ހ) ”އަލްމަސާލިކި ވަލް މަމާލިކި" (ޞ. 4) ގައި ވިދާޅުވިއެވެ:
”ދުނިޔޭގެ ޞިފައަކީ ވަށް ބުރެއްފަދައެވެ. ބުރެއްގައި އެނބުރެމުންދާ ބޯޅައެއް ފަދައެވެ. ބިހުގެ ތެރޭގައި އޮންްނަ ގޮބަޅިގަނޑު ފަދައިންނެވެ. އަދި ބިމުގެ ވަށައިވާ ރޯޅިތައް، މިއީ އެ އެނބުރޭ ބުރަށް އެންމެހާ ކޮޅަކުން (ތަކެތި) ދަމައިގަންނަ އެއްޗެވެ. އަދި ދުނިޔެމަތީ ޚަލްޤު ކުރެވިފައިވާ ތަކެތި ބިނާވެފައިވަނީ އޭގެ ލުއި ހަށިތައް މި ރޯޅިއަށް ދަމައިގަންނަ ގޮތުގައެވެ. އަދި އެހަށިތަކުގައިވާ ބަރުތަކެތި ދުނިޔެއަށް ދަމައިގަތުން ވެއެވެ. އެހެނީ ދުނިޔެއަކީ ދަގަަނޑު އެއަށް ދަމާ، ދަގަތްފާނު ދަރަޖާގައިވާ އެއްޗެކެވެ.“
ގްރެވިޓީ "ދެނެގަތް" ނިއުޓަންް ނިޔާވީ މީގެ 300 އަހަރު ކުރިންްނެެވެ. އިބްނު ޚަރްދާޛްބާ އަވަހާރަވީ މީގެ 1160 އަހަރު ކުރިންނެވެ. އެއީ އައްބާސީންގެ އަލްވާޘިޤް بالله ގެ ޚިލާފަތުގައެވެ.
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.