ޢިލްްމުވެރިންގެ ބަސްތައް، އޭގެ ޙަޤީޤީ މާނައިން ބޭރުކޮށް އޭގެ ސަބަބުން ޙައްދުފަހަނަ އެޅުން
①
📌 ޢިލްްމުވެރިންގެ ބަސްތައް، އޭގެ ޙަޤީޤީ މާނައިން ބޭރުކޮށް އޭގެ ސަބަބުން ޙައްދުފަހަނަ އެޅުން
وَعَنْ إِبْرَاهِيمَ بْنِ عَبْدِ الرَّحْمَنِ الْعُذْرِيِّ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسلم: «يَحْمِلُ هَذَا الْعِلْمَ مِنْ كُلِّ خَلَفٍ عُدُولُهُ يَنْفُونَ عَنْهُ تَحْرِيفَ الْغَالِينَ وَانْتِحَالَ الْمُبْطِلِينَ وَتَأْوِيلَ الْجَاهِلين»
އިބްރާހީމް ބުނު ޢަބްދުއް ރަޙްމާން އަލްޢުޛްރީ އަރިހުން ⁽¹⁾، ވިދާޅުވިޔޭ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔޭ: « ކޮންމެ ޢަދުލުވެރި ދަރިއެއްވެސް (އެބައެއްގެ ކާބަފައިންފުށުން) މިޢިލްމު އުފުލާހުއްޓެވެ. އެއީ ޙައްދުފަަހަނައެޅީންގެ އޮޅުވުންތަކާ، ބާޠިލުތަކުންގެ އެއްކުރުންތަކާ، ޖާހިލުތަކުންގެ ތައުވީލުތައް އެއިން (ވަކިކޮޮށް) ނަފީކުރަމުންނެވެ.»
ޝެއިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله) ވިދާޅުވިއެވެ:
”(މީގައި ނަންގަނެވިގެންވާ) ފުރަތަމަ ޞިފަ އަކީ، އެކަމުގައި (غال) ވުމެވެ. ޣާލް އަކީ ހައްދުން ނެއްޓޭ މީހެކެެވެ. މިތާގައި ކޮންމެ އަކަސް މީގެ މާނައަކީ ދީނާއި ގުޅުން ހުރި ކަަންތައް ތަކުގައި ހައްދުން ނައްޓާ މީހާއެވެ. މާނައީ ޙައްދުފަހަނައަޅައި ދާ މީހާއެވެ. މިސާލަކަށް، ޙައްދުން ނައްޓައިގެން ދިޔަ ޚަވާރިޖުން ފަދައެވެ. އެވެރިން ކާފަރުންނަށް އަމާޒުވެފައިވާ ނައްޞުތައް ނަގައި މިއުއްމަތުގެ ފާފަވެރިންނަށް އެތަކެތި މަތިކުރިއެވެ. އެވެރިން ޙައްދުފަހަނައެޅުމަކަށް ދިޔައެވެ. ނަބިއްޔު ﷺ އަޅުކަމުގެ ޣުލޫ އާއި މެދު ވެސް އިންޒާރު ކުރެއްވިއެވެ. މިލަފުޒަކީ ޙައްދުފަހަނަ އެޅުމާއި އެއްގޮތް ލަފުޒެކެވެ. ބައެއް މީހުން މިވެނި އެވެނިހެެންް ކަަންތައް ކުރަނީ ކީއްވެތޯއޭ އޮތް އެކަލޭގެފާނުގެ މަޝްހޫރު ޙަދީޘް ފުޅުގައިވާ ފަދައިންނެެވެ. ތިބާމެންނަށް މިކަން ތަކްފީރުގައި ފެންނަހުއްޓެވެ. އަދި ތިބާމެންނަށް މިކަން ވަލާާ އާއި ބަރާއު ގައިވެސް ފެންނަހުއްޓެވެ. ފުލުފުލުން ވިއްދައިގެން ދާގޮތަށް (ޑޮމިނޯ އިފެކްޓް) ޤައުމެއް އެއްކޮށް ތަކްފީރު ކުރާ މީހުން ތިބާމެންނަށް ފެންނާނެއެވެ. އަހަރެންނަށް އެކަން (ސީދާ) އަޑު ނީވުންނަަމަ މިކަން ޤަބޫލުވެސް ނުކުރީހެެވެ. އެވެރިން ދެކެނީ މުޅި ޤައުމެއް (އޭގެ އަފުރާދުން) އެކީ އެއްކޮށް ކާފަރުން ކަމުގައެވެ.
ވަލާ އާއި ބަރާއު މިޒާތުގެެ ޣުލޫ އެއް އެބަ ވެއެވެ. ބައެއް މީހުން، ވަކިން ޚާއްޞަކޮށް މިފަހުން ޢިލްވެރިން މި މައުޟޫޢު ކިޔަވައި ނުދޭން ފެށުމުން (މިކަަމުގައި) ޙައްދުފަަހަނައެޅުމަކަށް ދިޔައެވެ. އަދި ހުޅަނގުންް އެމައްދާ (ވަލާ އާއި ބަރާއު އުނގަންނައިދިނުން) މަނައުކުރިއެވެ. ހިތުންް ވަރަށް ވިސްނުންތޫނުކަމަށް ދެކިގެންނެވެ. އަދި އިރުމަތީގައި ވެސް އެވެރިން އެ އުނގަންނައިދިނުން ހުއްޓުވިއެވެ. ވަރަށް ގިނަ ޒުވާން އަޚުން އިބްނު ތައިމިއްޔާ އާއި މުޙައްމަދު ބުނު ޢަބްދުލް ވައްހާބު ގެ ލިޔުންތައް ނޫނީ އޭގެން ނަޤުލުވެފައިވާ ބަސްކޮޅުތަކަށް ބިނާކޮށްފައިވާ ކިޔުންތައް އަމިއްލަޔަށް ކިޔާންފެށިއެވެ. އަދި މަދުބަޔެއް އޭގެން ޙައްދުފަހަނަ އެޅުމަށް ގޮސްފައި ވެދާނެއެވެ. އިބްނު ތައިމިއްޔާ ގެ ލިޔުންތަަކުގެ ޢަޞްލުތަކުގައި އަތްވެސް ލާފައިނުވާ އެތައް ބަޔެއް، އެކަލޭގެފާނުގެ ބަސްކޮޅުތަކުން އެތިފުށްތައް މުސްލިމުން އެކީ އެއްކޮށް ކާފަރުން ކަމުގައި ކަނޑައެޅުމަށް ބޭނުން ކުރިއެވެ. އަހަރެެން (ކުރިން) ބުނިފަދައިން، އަހަރެންނަށް އެކަން (ސީދާ) އަޑު ނީވުންނަަމަ މިކަން ޤަބޫލުވެސް ނުކުރީހެެވެ. މީހަކު މުޅި ޤައުމެއް (ގެ އަަފުރާދުން) އެކީ އެއްކޮށް ކާފަރުކުރިއެވެ.
=
----------------------------
[1] މިއީ އިމާމު އަޙްމަދުގެ މުސްނަދުގައި ރިވާވެގެންވާ ފަދައިންނެވެ. އަދި މިޙަދީޘް އަބޫ ހުރައިރާ އާއި އަބުލް ޠުފައިލް އަރިހުން ވެސް ރިވާވެގެން ވެއެވެ. އަލްޢުޞައިމީ ވިދާޅުވިއެވެ: ”މިޙަދީޘް ތަފާތު އެކި މަގުތަކުން ރިވާވެގެންވެއެވެ. އެހެނަސް އިބްރާހީމް ބުނު ޢަބްދުއް ރަޙްމާން އަލްޢުޛްރީ ގެ މުރްސަލް ރިވާޔަތެއް ގޮތުގައި މެނުވީ ޘާބިތުވެގެން ނުވެއެވެ. (އެބަހީ: ޞަޙަބީ އެއްގެެ ނަން ނެތި ރަސޫލު އަރިހުންނެވެެ.) އެއީ އިމާމު އަޙްމަދު މުރްސަލް ގޮތުގައި އެޞައްޙަ ކުރެއްވި ފަދައިންނެވެ. ބައެއް މީހުން އޮޅުންއަރާފައިވަނީ އިމާމް އަޙްމަދު މިޙަދީޘް ޞައްޙަކުރެއްވުމަށް ޤަޞްދުކުރެއްވިކަމެވެ. މިއީ އެހެނަސް އެކަލޭގެފާނަށް ނިޞްބަތްކުރާ ނުބައި ބުނުމެކެވެ. އެހެނަސް އެކަލޭފާނު ޤަޞްދުކުރެއްވީ އިބްރާހީމް ބުނު ޢަބްދުއް ރަޙްމާން އަލްޢުޛްރީ ގެ ރިވާޔަތުން މުރްސަލް ކޮށް، މިބާބުގައި ޞައްޙަކަމެވެ. އަދި މުރްސަލް ރިވާޔަތަކީ ޙަދީޘް ގައި ޢިލްމުވެރިން ގާތު ޟަޢީފު އެއްޗެކެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.