ސިލްސިލަތުއް ޟަޢީފާ ގައި އަލްޢަލްބާނީ ވިދާޅުވިއެވެ
②
ސިލްސިލަތުއް ޟަޢީފާ ގައި އަލްޢަލްބާނީ ވިދާޅުވިއެވެ:
أزهدُ الناسِ في العالِم أهله وجيرانه
”މީސްތަކުންގެ ތެރެއިން، ޢިލްމުވެރިޔާގެ ޢިލްމަށް އެންމެ ބޭނުން ކުޑަ ވެގެން ވަނީ، އޭނާގެ އަމިއްލަ އަހުލުންނާއި އޭނާގެ އަވައްޓެރިން ނެވެ.“
މިއީ މަރްފޫޢު ގޮތުގައި ނޫނީ މަޥްޤޫފުކޮށް ގޮތުގައި ޘާބިތު ޤަޥްލެއް ނޫނެވެ. އެހެނަސް، ބައެއް ތާބިޢީންގެ އަރިހުން ވާރިދުވެފައިވާ ބަސްކޮޅެކެވެ.
އަދި ޢަމަލީ ގޮތުންވެސް ⌝ސީދަވެގެން⌜ ވެއެވެ! ޢިލްމުވެރިން ތެރެއިން ބޭކަަލެއްގެ، އަދިކިއެއްތަ؟ އަމިއްލަ ޒާތީ ޙަޔާތުގައިވެސް މިކަން ދިމާވެފައިވާތަން ފެނުމީ އަހަރެމެން ތެރެއިން މީހަކަށް ގާތްކަމެކެވެެ. والله المستعان !!
ފަަހެ ތިބާގެ ޢިލްމުން ތިބާގެ އަނބިމީހާ ނޫނީ ދަރީން ނޫނީ ގާތްތިމާގެ މީހުން ނޫނީ އަވައްޓެރީން ވީއްލި ތިބެދާނެއެވެ. ވީމާ ހިތާމަ ނުކުރާށެވެ.
އަދި އެންމެ ދެމީހުން އެބޭކަލަކާއި އެކު ވާ ޙާލުގައި ޤިޔާމަތް ދުވަހުން އަންނާނޭ ނަބީބޭކަލެއް މަތީން ހަނދުމަކުރާށެވެ. އަދި އެންމެ މީހެއް އެބޭކަލަކާއިއެކު ވާ ނަބިއްޔެއްވެސް ވަޑައިގަންނަވާނެއެވެ. އަދި އެބޭކަލަކާއެކު އެންމެ މީހެއްވެސް ނުވާ ނަބިއްޔެއް ވެސް ވަޑައިގަންނަވައެވެ. މިއީ ނަބިއްޔު ﷺ އަރިހުން ވާރިދުވެފައިވާ ޙަދީޘުގައި ވާފަދައިންނެވެ.
އަދި މިއީ އެ ނަބިއްޔު ދަޢުވަތުގައި ފުދޭވަރު ނުކުރައްވައިގެނެއް ނޫނެެވެ. އަދިކިޔެއްތަ؟ އޭގެ އެންމެ ފުރިހަމަ މިންވަރަށް އެކަން އަދާކުރައްވާފައިވާ ޙާލުގައެވެ. އެހެނަސް ހިދާޔަތްވަނީ ﷲ عزّ وجلّ ގެ އަތްޕުޅުގައެވެ.“ اهـ ⁽¹⁾
އިބްނު ޢަސާކިރު تاريخ دمشق (11/390/1) ސުލައިމާނުލް އަޙްވަލް އަރިހުން ޞައްޙަ ސަނަދަކުން ނަޤުލުކުރެއްވިއެވެ:
”ޢިކްރިމާ އާއި އަހަރެން ބައްދަލުވިއެވެ. އަރިހުގައި ފުތެއް ހުންނެވިއެވެ. ދެން އަހަރެން ދަންނަވައިފީމެވެ: ”ކަލޭގެފާނުގެ ޢިލްމުން އެއްޗެއް މިސޮރު ދަސްކޮށްފައިވޭހެއްޔެވެ؟“ ވިދާޅުވިއެވެ: ...“ އަދި މިއިބާރަތް ޛިކުރުކުރެއްވިއެެވެ.
ތަރްތީބުލް މަދާރިކް ގައި އަލްޤާޟީ ޢިޔާޟު ނަޤުލުކުރެއްވިއެވެ:
އައްޒުބައިރު ވިދާޅުވިއެވެ: އެކަލޭގެފާނުގެ ޢިލްމު (އެބަހީ: އަލްމުވައްޠައު ޙަދީޘް ފޮތް) ހިތުދަސްކުރެއްވި ދަރިކަނބަލެއް ⌝އިމާމު⌜ މާލިކު އަށް ލިބިވަޑައިގެން ވިއެވެ. އެކަމަނާ އިންނަވަނީ (އިމާމް މާލިކުގެ ދަރުސް މާލަމުގެ) ދޮރޯށި ފުރަގަހުގައެވެ. އަދި (އިމާމް މަާލިކަށް ޙަދީޘް ދަސްކޮށް) ކިޔައިދޭ ދަރިވަރުން އޭގައި ކުށެއް ޖެހިއްޖެނަމަ، އެކަމަނާ ދޮރާށީގައި ޖައްސަވައެެވެ. އެގޮތުން މާލިކުގެ ސަމާލުކަމަށް އެކަން އައިސް، އެ ދަރިވަރަށް އެކަލޭގެފާނު ރައްދު ދެއްވައެވެ.
އެކަލޭގެފާނުގެ ފުތު، މުޙައްމަދު، އެކަލޭގެފާނުގެ ދަރުސްގެ ދެމެދުން ޙާޒިރުވެއެވެ. އަދި (އެއްފަހަރަކު) އަތްމައްޗަށް ސުރުމުއްޗެއް އަރުވައިގެން ހަންފައިވާނެއް ހިފައިގެން ހުއްޓެވެ. އަދި ހަރުވާޅު ދޫވެ ތިރިޔަށް ފައިބާފައި ވެއެވެ. އެހެންކަމުން މާލިކު އެކަލޭގެފާނުގެ ދަރިވަރުންނަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ: ”ހަމަކަށަވަރުން އަދަބު ވަނީ ﷲ ޙަޟުރަތުންނެވެ. މިއީ އަހަރެންގެ ފުތެެވެ. ދެން ހުރީ އަހަރެންގެ މަންޖެއެވެ.“
އަލްފަރާވީ ވިދާޅުވިއެވެ: އެކަލޭގެފާނު (މާލިކު) ގާތުގައި ⌝އުނގެނުމަށް⌜ އަހަރެމެން އިށީންނަމެވެ. އަދި އެކަލޭގެފާނުގެ ފުތު ވަދެ ނިކުމެ ހަދައެވެ. އަދި ނުއިށީނދެއެވެ. އަދި އަހަރެމެންނަށް އެނބުރި ވަޑައިގެން އެކަލޭގެފާނު ވިދާޅުވިއެވެ: އަހަރެންނަށް ލުއިކަމެއް ގެނެސްދެނީ، މި ކަންތަކީ (އެބަހީ: ދީންވެރިކަމާއި ޢިލްމަކީ) ވާރުތަވަނިވިއެއްޗެއް ނޫން ކަމުންނެވެ.“ اهـ ⁽²⁾
ޝެއިޚް އަބޫ ސުފްޔާން އައްސުލަމީ ގާތް މީހުންގެ ފުށުން ޖެހޭ ފިތުނައާއިމެދު ވާހަކަ ދައްކަވަމުން، މިޤަވްލު ގެންނަވައި ވިދާޅުވިއެވެ:
”އެބަހީ ހުރިހާ އެންމެންވެސް އޭނާ ދަންނަނީ ޢިލްމުވެރިއެއް ގޮތުގައިކަމެެވެ. އެހެނަސް އޭނާގެ އަހުލުންނާއި އަވަށްޓެރީން ފިޔަވައެވެ. އެވެރިންނަށް އޭނާ ފުށުން އެއްވެސް އެއްޗެއް ނުފެނެއެވެ. އެހެނީ އޭނާގެ މަންމައާއި ބައްޕައާއި އަޚުންނާއި ދަރީންނަށް އޭނާ ފެންނާނީ އެވެރިން ދަނެއުޅޭ ޢާންމު މީހެއް ގޮތުގައެވެ. އަންނާށެވެ. ތެދުވާށެވެ، ދާށެވެ. ހިފާށެވެ. މިވެެނިއެއްޗެއް ގެނެސްބަލާށެވެ — ޢާލިމެއް ގޮތުގައި އެވެރިންނަށް އޭގެ ޙަޤީޤަތުގައި ޞިފަ ނުކުރެވެއެވެ. އެހެނަސް މީސްތަކުން، އޭނާއާއި ދުރުގައިވާ މީހުން، އެވެރިން އޭނާ ޞިފަކުރަނީ ޢިލްމުވެރިއެއް ގޮތުގައެވެ. އަދި ހަމައެފަދައިން އޭނާގެ އަވަށްޓެރިޔާ އޭނާ ދެކެނީ މިވެނި މީހާގެ ދަަރި ނުވަތަ ބައްޕަ ގޮތުގައެވެ. އަދި އޭނާއަކަށް ބަރޯސާ ނުކުރެއެވެ.“ ދެން މިމިޘާލުގައި އޭނާ އާއި އެކު އުޅޭ މީހުން ގެންނެވިއެވެ. އަދި އެވެރިންނަށް އޭނާ ފުށުން އަޢިބެއް ނޫނީ ދެބަސްވުމެއް ފެނުމާއިމެދުގައެވެ. އަދި އޭގެ މައްޗަށް ޢަދުލުވެރި ވުމުގެ މައްޗަށެވެ.⁽³⁾
~ ގަލަންދާނު
-----------------------
[1] السلسلة الضعيفة ( 6-272 )
[2] ترتيب المدارك 1/ 109
[3] ތުރްކީ އަޚުންނާއި އެކު ބޭއްވި ޚާއްޞަ ޖަލްސާގެ އޯޑިއޯ ރިކޯޑިންގް 43ވަނަ މިނުޓުން ފެށިގެން.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.