2/2 — ހެނދުނުގެ ޛިކުރުތައް 🌕☀️
2/2
☀️🌕 ހެނދުނުގެ ޛިކުރުތައް 🌕☀️
🌕 - سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ | ➌ ފަހަރު
☁️ #މާތްކަން : އުއްމުލް މުއުމިނީން، ޖުވައިރިޔާ ބިންތި އަލްޙާރިޘް - رضي الله عنها - ރިވާވެގެންވެއެވެ: ހެނދުނުހެނދުނާ (އިރުއެރުމުގެ ކުރިން) އެކަމަނާ ފަތިސް ނަމާދުކުރެއްވުމަށް އުޅުއްވަނިކޮށް، ނަބިއްޔާ ﷺ ނިކުމެވަޑައިގެންނެވިއެވެ. އޭރު އެކަމަނާ އިންނެވީ ނަމާދުކުރާ ޖަގަހައިގައެވެ. ދެން ޟުޙާ (ވަޤުތަށް) ފަހު އެނބުރި ވަޑައިގެންނެވިއެވެ. އަދި އޭރުވެސް އެކަމަނާ އިންނެވީ (އެޖަގަހާގައި) އިށީންނަވައިގެނެވެ. އެހެންކަމުން ޙަދީޘް ކުރެއްވިއެވެ: "އަދިވެސް ތިހުންނެވީ ކަމަނާ ދޫކުރައްވައި ތިމަންކަލޭގެފާނު ނިކުމެވަޑައިގެންނެވިއިރު ހުންނެވި ޙާލުގައިތޯއެވެ؟" ވިދާޅުވީމެވެ: އާދޭހެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: "ހަތަރު ކަލިމަޔެއް، ތިންފަހަރު މަތިން ތިމަންކަލޭގެފާނު އޭގެފަހުން ކިޔުއްވީމެވެ. ކަމަނާ މިޔަދު ތިކިޔުއްވި ޛިކުރާއި އެ ވަޒަނު ކުރެވިއްޖެތަ، އެބަރުވެގެންވީހެވެ. (އެބަހީ އަޖުރާއި ޘަވާބުގައެވެ.)" : [ދެން މިހަތަރު ކަލިމަ ޛިކުރުކުރެއްވިއެވެ.]
•═☀️═•✺•🌕•✺•═☀️═•
🌕 سُبْحَانَ اللَّهِ وَبِحَمْدِهِ | 100 ފަހަރު ދުވާލުގެ ތެރޭ
☁️ #މާތްކަން :
➀ (މިޛިކުރު ކިޔައިފި) މީހާއަށް ވުރެ މޮޅުއިތުރު މީހެއް ޤިޔާމަތްދުވަހުން ނާންނާނެއެވެ. އެހެނަސް އެއާއި އެއްފަދައިން ކިޔައިފި މީހެކެވެ. (އެމީހެއް އޭނާއާއި އެއްހަމަ ކުރެއެވެ.) ނޫނީ އެއަށް އިތުރުކޮށްފި މީހެކެވެ. (އެބަހީ ހެޔޮ ޢަމަލުތަކުން ޖުމްލަކޮށެވެ.)
➁ އޭނާގެ ކުށްތައް ކަނޑުގެ ފޮނުގަނޑު ފަދައިންވިޔަސް ފުއްސަވާނެތެވެ. (މިއީ ދުވާލެއްގެ މައްޗަށް ކިޔާނަމައޭ އޮތްވރިވާޔަތުގައެވެ.)
(ނޯޓް: އަލްޢުލްވާން ވިދާޅުވިގޮތުގައި، "ހެނދުނަށް އެކަނި މިޛިކުރު ހިފެހެއްޓުން ޞައްޙައެއް ނޫނެވެ. އެހެނަސް (ވަކިވަޤުތެއް ކަނޑަނޭޅި) މުޠްލަޤް ވެގެންވެއެވެ." (އެބަހީ ދުވާލުގެ ތެރޭ އަދަދު ހަމަކުރުމެވެ.) ބައެއް ޢިލްމުވެރިން ވިދާޅުވިއެވެ: ދުވާލާއި އިރުއޮއްސުމުގައިވެސް ވަކިވަކިން ސަތޭކައެވެ. މިއީ ފުރަތަމަ ބަޔާންވެވުނު މާތްކަން އޮތް ރިވާޔަތުގައި ފާޅުވާގޮތެވެ. ދެވަނަރިވާޔަތުން ދުވާލުގެ ތެރޭ ސަތޭކައެވެ. ކޮންމެއަކަސް އިތުރުވުމުގައި މައްސަލައެއްނެތެވެ.)
•═☀️═•✺•🌕•✺•═☀️═•
🌕 لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ | 100 ފަހަރު
☁️ #މާތްކަން :
➀ ދިހަ އަޅުން މިނިވަން ކުރުމާއި އެއްދަފަ.
➁ އޭނާއަށް 100 ހަސަނާތު (ހެޔޮ އަޖުރު) ލިޔެވޭ.
➂ އޭނާ ފުށުން 100 ކުށް ފުއްސެވޭ.
➃ އެއީ އެދުވަހުގެ ރޭގަނޑު ވުމާއި ހަމައަށް ޝައިޠާނާގެ ކިބައިން އޭނާއަށްވާ އައްޑަނައެކެވެ.
➄ އަދި (މިޛިކުރު ކިޔާމީހުން ތެރެއިން) އޭނާ އެގެނައި އެއްޗަށްވުރެ މޮޅުއިތުރު މީހެއް ނާދެއެވެ. އެހެނަސް އެއަށް ވުރެ ގިނައިން އެކަން ކޮށްފި މީހެއްމެނުވީއެވެ.
(ނޯޓް: އައްނަވަވީ ވިދާޅުވިއެވެ: "...ފާޅުވާއެއްޗަކީ މިޙަދީޘްގައި ޛިކުރު ކުރެވިފައިވާ އަޖުރު، އެއްދުވަހުތެރޭ މި ތަހްލީލް ސަތޭކަ ފަހަރު، އެއީ އެހެންޏާ އެކީ އެއްކޮށްވިޔަސް ނޫނީ އެކިފަހަރު މަތިން ކިޔަސް ޙާޞިލްވާނޭ ކަމެވެ. ނުވަތަ އޭގެން ބަޔެއް ދުވާލު ފެށުމުގައި އަދި އަނެއްބަޔެއް ދުވާލު ނިމުމުގައެވެ. އެހެނަސް މޮޅުއިތުރީ: އެކީ އެއްކޮށް، ދުވާލުގެ ފެށުމުގައި ކިޔުމެވެ. އެއީ މުޅިދުވަހަށް އޭނާއަށް އައްޑަނައެއްކަމުގައި ވުމަށްޓަކައެވެ." شرح النووي على مسلم 17/17 )
•═☀️═•✺•🌕•✺•═☀️═•
🌕 ހެނދުނުގެ ޛިކުރުގެ ވަޤުތު : ދުވާލުގެ ފުރަތަމަ ކޮޅު ( ދެވަނަ ފަޖުރު ލީއްސުރެ އިރު އެރުމާއި ހަމަޔަށް )
☀️ ވަޤުތު ފަހަނަ އަޅައިދިޔުމާއި ހަމަޔަށް، ޛިކުރު ކުރަން ހަނދުމަނެތިއްޖެ މީހާ، އެކަން ހަނދުމަވާހިނދު ޤަޟާއު ކުރުމުގައި މައްސަލައެއްނެތެވެ.
🌕 މަޞްދަރު : އައްޝައިޚް ޢަބްދުލް ޢަޒީޒް އަލްޚުޟައިރުގެ ”أذكار الصباح والمساء وبيان الصحيح والضعيف منها“ މިއީ ދެމުޙައްދިޘުން: އެއީ އައްޝެއިޚް ސުލައިމާން އަލްޢުލްވާންގެ ޞައްޙަކުރެއްވުމުގެ މައްޗަށް އަދި އައްޝެއިޚް ޢަބްދުﷲ ބުނު ޢަބްދުއްރަޙްމާން އައްސަޢްދު ގެ ބެއްލެވުމާއި އެކު އެކުލައްވާފައިވާ ފޮތެއް.
•═☀️═•✺•🌕•✺•═☀️═•
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.