މިޒަމާނުގައި، ⌝ހިދާޔަތަށްފަހު މަގުފުރެދުމަށް⌜ އެނބުރިދާ ގިނަ މީހުންނާއިމެދު އަހަރެން ފިކުރުހިންގައި ބެލިއިރު ފެނުނީ: އެއީ ނުޙައްޤުން…
•••
❞ މިޒަމާނުގައި، ⌝ހިދާޔަތަށްފަހު މަގުފުރެދުމަށް⌜ އެނބުރިދާ ގިނަ މީހުންނާއިމެދު އަހަރެން ފިކުރުހިންގައި ބެލިއިރު ފެނުނީ: އެއީ ނުޙައްޤުން މީސްތަކުންނަށް ޢައިބުގޮވައި، ތިމާއާއި ގުޅުމެއް ނެތް ކަންކަމުން ދޫރައްކާތެރި ނުކުރާ މީހުންކަމެވެ. ❝ — އަލްޢަލްވާން
އަހަރެން ބުނަމެވެ: ފަހުން މިވިދާޅުވި ނުކުތާ، ޙަދީޘު ރިވާޔަތެއްގައި އައިސްފައިވެއެވެ.⁽¹⁾ އަދި އިބްނު ރަޖަބް އޭގެ މައްޗަށް ލިޔުއްވި ނުހަނު އަގުހުރި ޝަރަޙައިން ބަޔެއް، އަހަރެމެން ތަރުޖަމާކޮށް (އަދި ޝާއިޢު ނުކުރެވިވާ) ސިލްސިލާ "ފައިދާއެއް" —ގައި ހިމެނިފައިވާނެއެވެ.
~ ގަލަންދާނު
-----------------------
[1] އަބޫ ހުރައިރާގެ އަރިހުން ރިވާވެގެން ވެއެވެ. رَسُولُ اللهِ ﷺ ޙަދީޘްކުރެއްވިއެވެ: «مِنْ حُسْنِ إسْلَامِ الْمَرْءِ: تَرْكُهُ مَا لَا يَعْنِيهِ». ”މީހެއްގެ އިސްލާމްކަމުގެ ރިވެތިކަމުގެ ތެރޭގައި، އޭނާޔާ ނުބެހޭ ކަންކަން އޭނާ ދޫކޮށްލުން ހިމެނެއެވެ.“ (رواه الترمذي وغيره)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.