2/2 — ހަވީރުގެ ޛިކުރުތައް 🌑☁️
2/2
☁️🌑 ހަވީރުގެ ޛިކުރުތައް 🌑☁️
🌑 بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الَْأرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ | ➌ ފަހަރު
☁️ #މާތްކަން : ދުވާލުވުމާއި ހަމައަށް އެއްވެސް ވެސް ކަމަކުން ގެއްލުމެއް ނުލިބޭނެތެވެ.
•═☁️═•✺•🌑•✺•═☁️═•
🌑 رَضِيتُ باللَّهِ رَبًّا، وَبِالْإِسْلَامِ دِيناً، وَبِمُحَمَّدٍ صَلَّى اللَّهُ عَلِيهِ وَسَلَّمَ نَبِيَّاً | ➌ ފަހަރު
☁️ #މާތްކަން : އޭނާއަށް ރުއްސެވުމީ، ޤިޔާމަތްދުވަހުން ﷲ ގެ މައްޗަށްވާ ޙައްޤެކެވެ.
•═☁️═•✺•🌑•✺•═☁️═•
🌑 حَسْبِيَ اللَّهُ لَآ إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ | ➐ ފަހަރު
☁️ #މާތްކަން : އޭނާގެ ހިތްދަތިކަމަށް ﷲ ފުއްދަވައިވޮޑިގެންވެއެވެ.
•═☁️═•✺•🌑•✺•═☁️═•
🌑 يَاحَيُّ، يَا قَيُّومُ، بِرَحْمَتِكَ أَسْتَغِيثُ، أَصْلِحْ لِي شَأْنِي كُلَّهُ، وَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ | ➊ ފަހަރު
•═☁️═•✺•🌑•✺•═☁️═•
🌑 اللَّهُمَّ أَنْتَ رَبِّي لَّا إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ بِذَنْبِي فَاغْفِر لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ| ➊ ފަހަރު
☁️ #މާތްކަން : މިއީ "ސައްޔިދުލް އިސްތިޣްފާރު" އެވެ. ދުވާލުގެ ނިމުމުގައި މިކިޔައިފިމީހާ، އެރޭ މަރުވެއްޖެތަ، ޖަންނަތަށް ވަދެއްޖެއެވެ.
•═☁️═•✺•🌑•✺•═☁️═•
🌑 اللَّهُمَّ عَالِمَ الْغَيْبِ وَالشَّهَادَةِ فَاطِرَ السَّماوَاتِ وَالْأَرْضِ، رَبَّ كُلِّ شَيْءٍ وَمَلِيكَهُ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَعُوذُ بِكَ مِنْ شَرِّ نَفْسِي، وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ | ➊ ފަހަރު
•═☁️═•✺•🌑•✺•═☁️═•
🌑 سُبْحَانَ اللَّهِ وَبِحَمْدِهِ | 100 ފަހަރު ދުވާލުގެ ތެރޭ
☁️ #މާތްކަން :
➀ (މިޛިކުރު ކިޔައިފި) މީހާއަށް ވުރެ މޮޅުއިތުރު މީހެއް ޤިޔާމަތްދުވަހުން ނާންނާނެއެވެ. އެހެނަސް އެއާއި އެއްފަދައިން ކިޔައިފި މީހެކެވެ. (އެމީހެއް އޭނާއާއި އެއްހަމަ ކުރެއެވެ.) ނޫނީ އެއަށް އިތުރުކޮށްފި މީހެކެވެ. (އެބަހީ ހެޔޮ ޢަމަލުތަކުން ޖުމްލަކޮށެވެ.)
➁ އޭނާގެ ކުށްތައް ކަނޑުގެ ފޮނުގަނޑު ފަދައިންވިޔަސް ފުއްސަވާނެތެވެ. (މިއީ ދުވާލެއްގެ މައްޗަށް ކިޔާނަމައޭ އޮތްވރިވާޔަތުގައެވެ.)
(ނޯޓް: އަލްޢުލްވާން ވިދާޅުވިގޮތުގައި، "ހެނދުނަށް އެކަނި މިޛިކުރު ހިފެހެއްޓުން ޞައްޙައެއް ނޫނެވެ. އެހެނަސް (ވަކިވަޤުތެއް ކަނޑަނޭޅި) މުޠްލަޤް ވެގެންވެއެވެ." (އެބަހީ ދުވާލުގެ ތެރޭ އަދަދު ހަމަކުރުމެވެ.) ބައެއް ޢިލްމުވެރިން ވިދާޅުވިއެވެ: ދުވާލާއި އިރުއޮއްސުމުގައިވެސް ވަކިވަކިން ސަތޭކައެވެ. މިއީ ފުރަތަމަ ބަޔާންވެވުނު މާތްކަން އޮތް ރިވާޔަތުގައި ފާޅުވާގޮތެވެ. ދެވަނަރިވާޔަތުން ދުވާލުގެ ތެރޭ ސަތޭކައެވެ. ކޮންމެއަކަސް އިތުރުވުމުގައި މައްސަލައެއްނެތެވެ.)
•═☁️═•✺•🌑•✺•═☁️═•
🌑 لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ | 100 ފަހަރު
☁️ #މާތްކަން :
➀ ދިހަ އަޅުން މިނިވަން ކުރުމާއި އެއްދަފަ.
➁ އޭނާއަށް 100 ހަސަނާތު (ހެޔޮ އަޖުރު) ލިޔެވޭ.
➂ އޭނާ ފުށުން 100 ކުށް ފުއްސެވޭ.
➃ އެއީ އެދުވަހުގެ ރޭގަނޑު ވުމާއި ހަމައަށް ޝައިޠާނާގެ ކިބައިން އޭނާއަށްވާ އައްޑަނައެކެވެ.
➄ އަދި (މިޛިކުރު ކިޔާމީހުން ތެރެއިން) އޭނާ އެގެނައި އެއްޗަށްވުރެ މޮޅުއިތުރު މީހެއް ނާދެއެވެ. އެހެނަސް އެއަށް ވުރެ ގިނައިން އެކަން ކޮށްފި މީހެއްމެނުވީއެވެ.
(ނޯޓް: އައްނަވަވީ ވިދާޅުވިއެވެ: "...ފާޅުވާއެއްޗަކީ މިޙަދީޘްގައި ޛިކުރު ކުރެވިފައިވާ އަޖުރު، އެއްދުވަހުތެރޭ މި ތަހްލީލް ސަތޭކަ ފަހަރު، އެއީ އެހެންޏާ އެކީ އެއްކޮށްވިޔަސް ނޫނީ އެކިފަހަރު މަތިން ކިޔަސް ޙާޞިލްވާނޭ ކަމެވެ. ނުވަތަ އޭގެން ބަޔެއް ދުވާލު ފެށުމުގައި އަދި އަނެއްބަޔެއް ދުވާލު ނިމުމުގައެވެ. އެހެނަސް މޮޅުއިތުރީ: އެކީ އެއްކޮށް، ދުވާލުގެ ފެށުމުގައި ކިޔުމެވެ. އެއީ މުޅިދުވަހަށް އޭނާއަށް އައްޑަނައެއްކަމުގައި ވުމަށްޓަކައެވެ." شرح النووي على مسلم 17/17 )
•═☁️═•✺•🌑•✺•═☁️═•
🌑 ހަވީރުގެ ދުޢާގެ ވަޤުތު : ދުވާލުގެ ނިމުމުގައެވެ. (ޢަޞްރު ނަމާދަށްފަހު އިރު އޮއްސުމާއި ހަމައަށެވެ.)
☁️ ވަޤުތު ފަހަނަ އަޅައިދިޔުމާއި ހަމަޔަށް، ޛިކުރު ކުރަން ހަނދުމަނެތިއްޖެ މީހާ، އެކަން ހަނދުމަވާހިނދު ޤަޟާއު ކުރުމުގައި މައްސަލައެއްނެތެވެ.
🌑 މަޞްދަރު : އައްޝައިޚް ޢަބްދުލް ޢަޒީޒް އަލްޚުޟައިރުގެ ”أذكار الصباح والمساء وبيان الصحيح والضعيف منها“ މިއީ ދެމުޙައްދިޘުން: އެއީ އައްޝެއިޚް ސުލައިމާން އަލްޢުލްވާންގެ ޞައްޙަކުރެއްވުމުގެ މައްޗަށް އަދި އައްޝެއިޚް ޢަބްދުﷲ ބުނު ޢަބްދުއްރަޙްމާން އައްސަޢްދު ގެ ބެއްލެވުމާއި އެކު އެކުލައްވާފައިވާ ފޮތެއް.
•═☁️═•✺•🌑•✺•═☁️═•
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.