ބަންގި ދުޢާގައިވާ⌜ المقام المحمود ((ޙަމްދު ލިބިގެންވާ މަޤާމް)) އަކީ (ނަބިއްޔު ﷺ އަށް ޚާއްޞަވެގެންވާ) ބޮޑު ޝަފާޢަތެވެ. އޭގެ ނަޞީބު އެންމެ…
☝️⌝ބަންގި ދުޢާގައިވާ⌜ المقام المحمود ((ޙަމްދު ލިބިގެންވާ މަޤާމް)) އަކީ (ނަބިއްޔު ﷺ އަށް ޚާއްޞަވެގެންވާ) ބޮޑު ޝަފާޢަތެވެ. އޭގެ ނަޞީބު އެންމެ ބޮޑު ބަޔަކީ ތަޥްޙީދާއި އިޚްލާޞްތެރިކަމުގެ ⁽¹⁾ އަހުލުންނެވެ.
އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ:
މީސްތަކުންގެ ތެރެއިން ކަލޭގެފާނުގެ ޝަފާޢަތުގައި ބައިވެރިވުމުގެ ނަސީބު އެންމެ ބޮޑު މީހަކީ ކާކުތޯއެވެ؟ އިތުރުއެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވިއެވެ: «من قال لا إله إلا الله خالصًا من قلبه» ((އެމީހެއްގެ ހިތުގެ އިޚްލާޞްތެރިކަމާއި އެކު لا إله إلا الله ކިޔައިފި މީހެކެވެ.))
— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު 🖋
ــــــــــــــــــــــ
[1] އިޚްލާޞްތެރިކަމީ އަޅުކަމުގެ ފުރާނައެވެ. އެއީ އެންމެހާ އަޅުކަމެއް ﷲ ޓަކައި އެކަނި ޚާލިޞް ކޮށްގެން ކުރުމެވެ. އަދި އަޅުކަމުގައި އިޚްލާޞްތެރިކަން ޚަރާބުކޮށްފި މީހާ، ޝިރުކުގައި ހޭކެއެވެ. އެހެންކަމުން އިޚްލާޞް އަކީ ތަޥްޙީދާއި ޝިރުކު ވަކިކޮށްދޭ އިންފާރެކެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.