އެހެނިހެން
ތަންބީހިލް ޣާފިލީން" ގައި (މުންކަރާތްތަކަށް) އިންކާރުކުރުމުގެ މަރުޙަލާތަކާއި ބެހޭ ރިވާޔަތް ޛިކުރު ކުރެއްވުމަށްފަހު އިބްނުއް ނައްޙާސް…
ލިޔުނީ: Galandān Admin3 April 2020 at 05:120 ޚިޔާލުތައް
📚 "ތަންބީހިލް ޣާފިލީން" ގައި (މުންކަރާތްތަކަށް) އިންކާރުކުރުމުގެ މަރުޙަލާތަކާއި ބެހޭ ރިވާޔަތް ޛިކުރު ކުރެއްވުމަށްފަހު އިބްނުއް ނައްޙާސް ވިދާޅުވިއެވެ: ”އިހު ބަޔާންވެވުނު ތަކެތިން ދަލީލުކުރާގޮތުން، ދުލުން އިންކާރުކުރުމަށް ނުކުޅެދި އެހެނަސް ނުރުހުން ދައްކައި މޫނުމަތި އަނދިރި ކޮށްގެން އިންކާރު ކުރެވޭނަމަ، އެކަން ކުރުން އޭނާގެ މައްޗަށް ވާޖިބެވެ. والله أعلم.“
އަބްދުﷲ އައްސަޢްދު ވިދާޅުވިއެވެ: ”މުންކަރާތް ކުރާ މީހަކާއި ބައްދަލުވާ ކޮންމެ މީހެއް، ދެބުމަ ރޫޖައްސައި މޫނުމަތި އަނދިރިކޮށް، އޭނާއަށް ސަލާމް ނުގޮވައިފިނަމަ، އެމުންކަރާތް ކުރާ ފަރާތް އޭގެން ދުރުހެލިވެއްޖައީހެވެ. والله أعلم.“
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.