އިމްތިޙާނުތަކާއި ދުޢާ ޢިޖާބަވުން ފަސް ކުރެއްވުމުގެ ސިއްރުތަކުގެ ތެރެއިން
🎁 އިމްތިޙާނުތަކާއި ދުޢާ ޢިޖާބަވުން ފަސް ކުރެއްވުމުގެ ސިއްރުތަކުގެ ތެރެއިން...
❞ އަޅުވެރީން ކުރެ އެކަކަށްވުރެ ގިނަ ބޭކަލެއްގެ ފުށުން އައިސްފައިވެއެވެ: ”ބައެއް ފަހަރު ﷲ ތަޢާލާއަށް ޙާއްޖަތަކަށް އަހަރެންނަށް ޖެހުމުން އެކަމަކަށް އެކަލާނގެ އަރިހުގައި އާދޭސް ދަންނަވަމެވެ. އެހެންކަމުން އެކަލާނގެ އަހަރެންގެ މައްޗަށް އެކަމުން ، އެއިލާހާއި އެކު މުނާޖާއަށް (ސިއްރު ބައްދަލުވުމަށް) މަގުހުޅުވައިދެއްވައެވެ. އަދި އެކަލާނގެ މަޢުރިފާކޮށް ދެނެގަތުމަށާއި، އެކަލާނގެއަށް ނިކަމެތިވެ މަޑުމޮޅިވެގަތުމަށާއި އަދި އެކަލާނގެ އަތްޕުޅުދެމެދުން ގިނަގުނަ ސަނާތައް ކިޔުމުގެ މަގު ހުޅުއްވަވައެވެ. އެއީ (މިގާތްކަމުގެ ޙާލަތުގެ ފޮނިކަން ޙާސިލުވެ) މިއާދޭސް ތަކަށް އަަސްލު އަހަރެން ގެނުވި ޙާޖަތްވެސް ފުއްދަވައި ދެއްވުން ލަސްކުރައްވައި މިހާލަތް ދެމިއޮތުމަށް އަހަރެން ލޯބިކޮށްފުމާއި ހަމައަށެވެ.“
— އިބްނުލް ޤައްޔިމް [مدارج السالكين (2/229)]
~ ގަލަންދާނު 🖋
وقال بعض العباد: إنه لتكون لي حاجة إلى الله، فأسأله إياها، فيفتح علي من مناجاته ومعرفته والتذلل له والتملق بين يديه، ما أحب معه أن يؤخر عني قضاءها، وتدوم لي تلك الحال - مدارج السالكين (2/229).
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.