ރަނުން ފަވާލަން ޖެހޭ ބަސްކޮޅެއް — ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވި އެވެ
🔻 ރަނުން ފަވާލަން ޖެހޭ ބަސްކޮޅެއް
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވި އެވެ:
”ހަމަކަށަވަރުން ވެސް، މީސްތަކުންގެ ބުނުން ތަކުގެ ހަޤީޤަތް ދެނެގެންފި މީހާ، އަދި އެ ބުނުންތަކަށް ދައުވާ ކުރުމަށް އޭނާ ނެގި މަގު ދެނެގެނެފި މީހާ، ޢިލްމު އާއި ރަޙްމަތް ހާސިލް ކުރެވެ އެވެ. އެހެންކަމުން އޭނާ ހައްޤު އުގެނި ޚަލްޤުންނަށް ރަޙުމް ކުރެ އެވެ. އަދި އޭނާ ވަނީ އެބަޔަކަށް ﷲ ނިޢުމަތް ދެއްވި ނަބިއްޔުއްނާއި ސިއްދީޤުންނާއި ޝަހީދުންނާއި ޞާލިޙުންގެ ތެރެއިން ނެވެ. އަދި މިއީ ރަސޫލަށް ތަބައުވި އަހުލު ސުއްނަތަށް ޚާއްސަ ކަމެކެވެ صلى الله عليه وسلم. އެހެނީ، އެވެރިން ހައްޤަށް ތަބައުވެ އެވެ. އަދި އެމީހެއްގެ އިޖުތިހާދުން އެވެރިންނާއި ޚިލާފު ވެއްޖެ މީހަކަށް ރަޙުމް ކުރެ އެވެ. އެފަދަ (އިޖުތިހާދީ ދެބަސް ވުމެއްވާ) މީހަކަށް ﷲ އާއި ރަސޫލު އުޒުރު ދެއްވަތެވެ. މިޔާ ޚިލާފަށް ބިދުޢައިގެ އަހުލުން، ބާޠިލު ބިދުޢަވެރި ކަން ކަން އުފައްދައެވެ. އަދި އެކަން ކަމުގައި އެވެރިންނާއި ޚިލާފުވެއްޖެ ބަޔެއް، ކާފަރު ކުރެ އެވެ.“
މަޞްދަރު: شرح الأصبهانية ص 43،
ط مكتبة دار المنهاج
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.