ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ
✅ ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ:
« أَلَا وَإِنَّ فِي الْجَسَدِ مُضْغَةً إذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلَا وَهِيَ الْقَلْبُ » (متفق عليه)
"ދަންނައެވެ. ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. އެމަސްކޮޅު ރަގަޅު ވެއްޖެނަމަ ހަށިގަނޑުގެ ހުރިހާ ކަމެއް ރަގަޅުވެދެއެވެ. އަދި އެމަސްކޮޅު ފަސާދަވެއްޖެނަމަ މުޅި ހަށިގަނޑު ފަސާދަވެދެއެވެ. ދަންނައެވެ. އެއީ ހިތެވެ."
އިބްރާހީމުލް ޚައްޥާޞް ވިދާޅުވިއެވެ:
”دَوَاءُ الْقَلْبِ خَمْسَةُ أَشْيَاءَ، قِرَاءَةُ الْقُرْآنِ بِالتَّدَبُّرِ، وَخَلاءُ الْبَطْنِ ، وَقِيَامُ اللَّيْلِ ، وَالتَّضَرُّعُ عِنْدَ السَّحَرِ ، وَمُجَالَسَةُ الصَّالِحِينَ“
"ހިތުގެ ފަރުވާ ވަނީ ފަސް ކަމެއްގައެވެ:
1. ތަދައްބުރް އާއި އެކު ޤުރުއާން ކިޔެވުން (އެބަހީ އޭގެ މާނަތަކާއި ޚުކުމްތަކަށް ފިކުރުކުރަމުން ކިޔެވުން) އަދި
2. ހުސްގޮހޮރާއިއެކު ހުރުމާއި
3. ދަމު ނަމާދު ކުރުމާއި
4. ހާރުދަމުގައި ދުޢާގައި ހޭދަކުރުމައި
5. ޞާލިޙު މީހުންނާއިއެކު އެއްވެއުޅުނުގައެވެ."
(حلية الأولياء لأبي نعيم 15767)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.