إِنَّ شَانِئَكَ هُوَ الْأَبْتَرُ
إِنَّ شَانِئَكَ هُوَ الْأَبْتَرُ
މުޝްރިކުން ނަބިއްޔު ﷺ ގެ ޤަބީލާ އާއި ގުޅުންކެނޑިފައިވުމުން އަދި ފިރިހެން ދަރިން ނެތުމުން، (ހަނދުމަނެތި) "ކެނޑިގޮސްފައިވާ މީހެކޭ" ގޮވިއެވެ.
ﷲ އެއުރެންގެ ފުރައްސާރައަށް ރައްދުދެއްވައި ވަޙީކުރެއްވިއެވެ:
إِنَّ شَانِئَكَ هُوَ الْأَبْتَرُ
"ހަމަކަށަވަރުން، ކެނޑިގެންވާ މީހަކީ، ކަލޭގެފާނަށް ފުރައްސާރަކުރާ މީހާއެވެ."
ސުއްދީ ވިދާޅުވިއެވެ:
"އަދިކިއެއްހެއްޔެވެ؟ ﷲ އެކަލޭގެފާނުގެ ޛިކުރު އެންމެހާ މީސްތަކުންގެ ބޯތައްމަތީ ދެމެހެއްޓެވިއެވެ. އަދި މެދުކެނޑުމެއްނެތި އެންމެހާ އަޅުތަކުންގެ ކޮނޑުގައި ލެވިފައިވާ ވާޖިބެއްކަމަށް އެއިލާހުގެ މިކަން އެއިލާހުގެ ޝަރުޢުގައި ލެއްވިއެވެ. މަޙުޝަރުގެ ދުވަހާއި ހަމަޔަށެވެ. އަދި الله ގެ ޞަލަވާތާއި އެއިލާހުގެ ސަލާމް އެކަލޭގެފާނުގެ މައްޗަށް އިޢާދަވެ ދެމިއޮންނާނެތެވެ. މީސްތަކުން އެއްކުރެވޭ ދުވަހާއި ހަމައަށެވެ."
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.