ލިޔުންތައް / ތަފްސީރު
ޛުލް ޤައިދާ މަހުގެ 30 ހަމަކޮށް މާދަމާ އަކީ ބަރަކާތް ތެރި ޛުލް ޙިއްޖާ މަހުގެ ފުރަތަމަ ދުވަހެވެ
ލިޔުނީ: Galandān Admin10 July 2021 at 14:030 ޚިޔާލުތައް

🔻
ޛުލް ޤައިދާ މަހުގެ 30 ހަމަކޮށް މާދަމާ އަކީ ބަރަކާތް ތެރި ޛުލް ޙިއްޖާ މަހުގެ ފުރަތަމަ ދުވަހެވެ.
އެހެންކަމުން މިރޭ އިރު އޮއްސުމާއި އެކު މިބަރަކާތްތެރި ދިހަ ދުވަސް ފެށުނީއެވެ.
الله ﷻ ވަޙީ ކުރެއްވިއެވެ:
﴿وَالْفَجْرِ وَلَيَالٍ عَشْرٍ﴾
”ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ.“
[الفجر : ١-٢]
އިބްނު ޖަރީރް އައްޠަބަރީ ވިދާޅުވިއެވެ:
”އަޅަމެންގެ ރައްބު ފަތިސް ގަންދީ ހުވާ ކުރެއްވީ އެއަށް ޘަނާ ވަޙީ ކުރެއްވުމުގެ ގޮތުންނެވެ. އެއީ ދުވާލުގެ ފެށުމެވެ. އަދި މަތިވެރި އެއްޗަކުން މެނުވީ އެއިލާހު ހުވާ ނުކުރައްވަތެވެ.“
އެއިލާހުގެ ވަޙީ: وَلَيَالٍ عَشْرٍ (އަދި ދިހަ ރޭ ގަންދެއްވަމެވެ.)
އިބްނު ޢައްބާސް އާއި މުޖާހިދު އަދި ޤަތާދާ ތަފްސީރު ކުރެއްވީ، މިއީ ޙައްޖު މަހުގެ ދިހަ ދުވަސް ކަމުގައެވެ.
~ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.