وَفَوْقَ كُلِّ ذِى عِلْمٍ عَلِيمٌ} އަދި ކޮންމެ علٰٰم ވެރިޔެއްގެ މައްޗަށް (ހުރިހާކަމެއް) މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ވޮޑިގެންވެއެވެ
{وَفَوْقَ كُلِّ ذِى عِلْمٍ عَلِيمٌ} އަދި ކޮންމެ علٰٰم ވެރިޔެއްގެ މައްޗަށް (ހުރިހާކަމެއް) މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ވޮޑިގެންވެއެވެ.
އިބްނު ޢައްބާސް رضي الله عنهما އަރިހުން ރިވާވެގެން ވެއެވެ: ﴿ وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ ﴾ ވިދާޅުވިއެވެ: ”މިވެނި މީހަކަށްވުރެ އެވެނި މީހެއް ޢިލްމުވެރި ވެއެވެ. އަދި އެވެނި މީހަކަށްވުރެ މިވެނި މީހެއް ޢިލްމުވެރިއެވެ. އަދި ކޮންމެ ޢާލިމެއްގެ ވެސް މަތީގައި ވޮޑިގެންވަނީ ﷲ އެވެ.“[1].
އަދި އަލްޙަސަނުލް ބަޞްރީ رحمه الله އަރިހުން މި އާޔަތާއި މެދު ރިވާވެގެން ވެއެވެ: އެމީހެއްގެ މައްޗަށް ޢާލިމެއް ނުހުންނަ އެއްވެސް ޢާލިމެއް ނުވެއެވެ. އެއީ ﷲ އަށް އެ ޢިލްމު ނިމުމާއި ހަމައަށެވެ.[2].
އަދި ބަޝީރުލް ހުޖައިމީ އަރިހުން ރިވާވެގެން ވެއެވެ: އަލްޙަސަން މިއާޔަތް ކިޔަވާ ވިދާޅުވީތީ އަހަރެން އަޑުއެހީމެވެ: ﴿ وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ ﴾ ދެން ހުއްޓިވަޑައިގެން ވިދާޅުވިއެވެ: ހަމަކަށަވަރުން، ﷲ ގަންދީއެވެ! ދުނިޔޭގެ ތަޅަުމުގައި އެއްވެސް މީހަކު ޢިލްމިވެރިއަކަށް ނުވެއޭ އެހެނަސް، އޭނާއަށްވުރެ ޢިލްމުވެރި މީހެއް އޭނާގެ މައްޗަށް ވާގޮތުގައި މެނުވީއެވެ. އެއީ އެންމެފަހުން އެ ޢިލްމު އެ އުގަންނަވައިދެއްވި ފަރާތަށް ރުޖޫޢަވުމާއި ހަމައަށެވެ.[3].
އިބްނުލް ޖަޥްޒީ ވިދާޅުވިއެވެ: އެއިލާހުގެ ބަސްފުޅު ﴿ وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ ﴾ އެބަހީ: ޢިލްމު ލިބިގެންވާ ކޮންމެ މީހެއްގެ މައްޗަށް އޭނާ އަށް ވުރެ ޢިލްމުވެރި މީހެއް ﷲ ލައްވަވާފައިވެއެވެ. އެއީ ޢިލްމު ގޮސް الله تعالى އަށް ނިމުމާއި ހަމައަށެވެ. އަދި ޢިލްމުގައި ކާމިލު ކަން، އެއިލާހު ނޫން އެހެން ފާރާތްތަކުން ވަނީ އުނިވެގެންނެވެ.[4].
އައްސަޢުދީ ވިދާޅުވިއެވެ: އެހެނީ ކޮންމެ ޢާލިމެއްގެ މަތީގައި އޭނާއަށް ވުރެ ޢިލްމުވެރި މީހެއް ވެއެވެ. އެއީ އެހެންގޮސް (ފޮރުވިފައިވާ) ޣައިބާއި ފެންނާންއޮތް ތަކެތީގެ ޢިލްމުގެ ވެރި ﷲ އާއި ހަމައަށް އެ ނިމޭންދެނެވެ.[5]
އަދި މި މިޘާލަކަށް، ޙައްޤު ފާޅުވެ ބަޔާން ވުމުން ކުށުގައި ދެމި ނުހުރެ އެއަށް ރުޖޫޢަވުމަށް އޮތް ހަނދުމަ އެކެވެ. އެހެނީ މިކަމަކީ ކޮންމެ ޢިލްމުވެރި މީހެއް މައްޗަށް ޢިލްމުވެރި މީހެއްވާކަން ދެނެނުގަނެވި ނުވާނޭ ކަމެކެވެ.
އެހެންކަމުން މުޙައްމަދު ބުނު ކަޢުބު އަރިހުން ރިވާވެގެން ވެއެވެ: މީހަކު ޢަލީ ޢަރިހުން މަސްއަލަ އަކާއިމެދު ސުވާލު ކުރިއެވެ. އެހެންކަމުން އެކަލޭގެފާނު އެޔަށް ބަސްވިދާޅުވިއެވެ. ދެން އެމީހާ ބުންޏެވެ: ތިފަދައަކުން ނޫނެވެ. އެހެނަސް މިވެނި އެވެނި ފަދައަކުންނެވެ. ޢަލީ ވިދާޅުވިއެވެ: ތިބާ ރަގަޅަށް ބުނެފިއެވެ. އަހަރެން ވަނީ ކުށްޖެހިގެނެވެ. ﴿وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ﴾[6].
އަދި ބައެއް ޢިލްމިވެރިން އެބޭފުޅުންގެ ޢިލްމުން ވާޞިލުވެވޭން އޮތް މިންވަރު ބަޔާން ކުރެއްވުމަށްފަހު މި އާޔަތް ޛިކުރު ކުރައްވައެވެ. އަލްޙާފިޠު އިބްނު ޢަބްދުލް ބައްރު ޙަދީޘެއް ޝަރަޙަ ކުރައްވައި ނިންމެވުމަށް ފަހު ވިދާޅުވިއެވެ:
އަދި މިއީ (ޢިލްމުގެ) އަސާސާއި އޭގެން ދެނެގަނެވުނު އެއްޗެއްގެ މައްޗަށް އަހަރެންނަށް ފަހުމްވި އެއްޗަކުން ގެނެސްދެވުނު އެއްޗެވެ. އަދި މިބާބުގެ މުޅި ޙަދީޘް ގެ މައްޗަށް އަހަރެންނަށް އަދައުވެވެން އޮތް އިޖުތިހާދު އަހަރެން އަދައުކޮށްފީމެވެ. އެހެނަސް ފުރިހަމަ އެއް ނުވެއެވެ. އަހަރެންގެ ނަފްސު (މިކަމުގައި ޒިއްމާ ކުރުމުން) އަހަރެން މިންޖު ނުކުރަމެވެ — وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ — އަދި ތަޥްފީޤު ދެއްވަނީ ﷲ އެވެ.“[7].
ޢަދި އައްޝާފިޢީންގެ، ތަޤިޔުއްދީން ޢަލިއްޔު ބުނު ޢަބްދުލް ކާފީ، އައްސުބުކީ ވިދާޅުވިއެވެ: ”މިއީ މިދަނޑިވަޅުގައި އަހަރެންނަށް އެނގޭންއޮތް މިންވަރެވެ — وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ — އަދި ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.“[8].
އަދި އިބްނު ޙަޖަރުލް ހައިތަމީ ވިދާޅުވިއެވެ: ”މިއީ އަހަރެމެންނަށް މިޖަވާބުގައި ކުޅަދާނަވީ މިންވަރެވެ. އަދި ރަނގަޅުގޮތް ދެނެވޮޑިގެންވަނީ ﷲ އެވެ — وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ.“[9].
އިބްނު ޢާބިދީން، އަލްޙަނަފީ ވިދާޅުވިއެވެ: މި ދެރަ ނިކަމެތި އަޅާގެ ފަހުމު ވާޞިލުވެފައިވާ މިންވަރަކީ މިއީއެވެ — وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ — އަދި ރަނގަޅު ގޮތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ سبحانه وتعالى އެވެ.“[10] އަދިވެސް ވިދާޅުވިއެވެ: ”މިއީ އަހަރެންގެ ބަލިކަށި ފަހުމަށް އެނގުނު ގޮތެވެ — وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ.“[11].
—ލިޔުން އެކުލަވާލެވުނު މަޞްދަރު
~ ގަލަންދާނު
____________
[1] أخرجه الطبري في "تفسيره" (16/ 192).
[2] أخرجه الطبري في "تفسيره" (16/ 193).
[3] أخرجه الطبري في "تفسيره" (16/ 193).
[4] زاد المسير (2/ 459).
[5] تيسير الكريم الرحمن (ص/ 403).
[6] أخرجه الطبري في "تفسيره" (16/ 192).
[7] التمهيد (18/ 47).
[8] فتاوى السبكي (1/ 470).
[9] الفتاوى الفقهية الكبرى (1/ 244).
[10] أجوبة محققة عن أسئلة مفرقة (2/ 175).
[11] العقود الدرية في تنقيح الفتاوى الحامدية (1/ 168)، (2/ 7).
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.