އަލްޢައްލާމާ، އިބްނުލް ޤައްޔިމް رحمه الله تعالى ވިދާޅުވި އެވެ. (ޚުލާޞާ¹) : ހަމަކަށަވަރުން الصباح والمساء (ހެނދުނާއި އިރުއޮއްސުމުގެ) ވިރުދު…
••
އަލްޢައްލާމާ، އިބްނުލް ޤައްޔިމް رحمه الله تعالى ވިދާޅުވި އެވެ. (ޚުލާޞާ¹) : ހަމަކަށަވަރުން الصباح والمساء (ހެނދުނާއި އިރުއޮއްސުމުގެ) ވިރުދު ތަކުގެ ވަޤުތަކީ ދުވާލުގެ ފެށުމާއި އޭގެ ނިމުމެވެ. އެދެކަންތައް ވަނީ ދުވާލުގެ ދެބައިގައެވެ. އަދި ދުވާލުގެ ފުރަތަމަ ބައީ: ފަޖުރުލީއްސުރެން އިރު އެރުމާއި ހަމައަށެވެ. އަދި ފަހު ބައީ: އަޞުރުގެ ފަހުން ފެށިގެން އިރުއޮއްސުމާއި ހަމައަށެވެ. ﷲ تعالى ވަޙީ ކުރެއްވިއެވެ: «وَأَقِمِ ٱلصَّلَوٰةَ طَرَفَىِ ٱلنَّهَارِ وَزُلَفًا مِّنَ ٱلَّيۡلِۚ إِنَّ ٱلۡحَسَنَٰتِ يُذۡهِبۡنَ ٱلسَّيِّئَاتِۚ ذَٰلِكَ ذِكۡرَىٰ لِلذَّٰكِرِينَ» [هود:114] (އަދި ދުވާލުގެ ދެކޮޅުގައްޔާއި، ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ. އެއީ ހަނދާންކުރާ ބަޔަކަށް وعظ އާއި نصيحة އެކެވެ.) އަދިވެސް ﷲ تعالى ވަޙީ ކުރެއްވިއެވެ: «يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ ٱللَّهَ ذِكۡرًا كَثِيرًا * وَسَبِّحُوهُ بُكۡرَةً وَأَصِيلًا» [الأحزاب:41 ، 42] (އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ! * އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް تسبيح ކިޔައި އުޅޭށެވެ!)
އަދި މިއީ އައްޝައިޚް ސުލައިމާން އަލްޢަލްވާން އިޚްތިޔާރު ކުރައްވާ ރައުޔެވެ. (މަޞްދަރު)
~ ގަލަންދާނު
________
¹ މީގެ އަޞްލަކީ: الوابل الصيب (ص ٩٤)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.