އަދި އަލްބުޚާރީ [ރަކުޢަތެއްގައި 2 ސޫރަތް އެއްކުރުމުގެ ބާބު] މީގެ ދަށުން ރިވާކުރެއްވިއެވެ: އަނަސްގެ އަރިހުން ސާބިތުގެ އަރިހުން ޢަބްދުﷲ…
އަދި އަލްބުޚާރީ [ރަކުޢަތެއްގައި 2 ސޫރަތް އެއްކުރުމުގެ ބާބު] މީގެ ދަށުން ރިވާކުރެއްވިއެވެ: އަނަސްގެ އަރިހުން ސާބިތުގެ އަރިހުން ޢަބްދުﷲ ރިވާކުރެއްވިއެވެ: ޤުބާ މިސްކިތުގައި އަންޞާރުންގެ ތެރެއިން ބޭކަލަކު އިމާމުވެ ހުންނެވިއެވެ. މި ބޭފުޅެއް ނަމާދުގައި ކޮންމެ ފަހަރަކުވެސް (ފާތިޙާއަށް ފަހު) ފައްޓަވާ ސޫރަތަކަށްވަނީ (قل هو اللَّه أحد) އެވެ. ދެން އެނިންމަވައި ދެން އެއާއި ވިދިގެން އެނޫން ސޫރަތެއް ކިޔަވާވިދާޅުވެއެވެ. އަދި ކޮންމެ ރަކުޢަތެއްގައި މިފަދައިން ކަންތައް ކުރައްވައެވެ. ދެން އަޞްޙާބުން ދަންނަވައިފިއެވެ. ”ކަލޭގެފާނު މި ސޫރަތުން ފައްޓަވައި އެ ނުފުދިވަޑައިގެން ދެން އެނޫން ސޫރަތެއް އަބަދު ކިޔުއްވައެވެ. އެހެންކަމުން، އެހެންޏާ އެސޫރަތް އެކަނި ކިޔުއްވާށެވެ. ނޫނީ އެ ދޫކުރައްވައި، އެނޫން ސޫރަތެއް ކިޔަވާ ވިދާޅުވާށެވެ.“ އެކަލޭގެފާނު ވިދާޅުވިއެވެ: ”އަހަރެންނެއް އެ ސޫރަތެއް ދުލެއް ނުކުރާނަމެވެ. ކަލޭމެން އެދޭނަމަ ތިފަދައިން ކަންތައް ކުރުމަށް އިމާމެއް ޢައްޔަންކުރާށެވެ.“ އެބޭފުޅުން އެނޫން އިމާމެއް ނެގުމަށް ނުރުހުނެވެ. ދެން ނަބިއްޔާ صلى الله عليه وسلم ވަޑައިގެންނެވުމުން މި ޚަބަރު އެކަލޭގެފާނަށް ދެންނެވޫއެވެ. (އެ އިމާމަށް) އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: ”އޭ މިވެނި ބޭފުޅާއެވެ! ތިބާގެ އަޞްޙާބުން އަމުރުކުރި ފަދައިން ކަންތައް ކުރުމަށް ތިބާއަށް ހުރަސްއަޅަނީ ފަހެ ކޮންކަމެއް ހެއްޔެވެ؟ އަދި ކޮންމެ ރަކުޢަތެއްގައި މިސޫރަތް ލާޒިމު ތިކުރަނީ ފަހެ ކީއްވެހެއްޔެވެ؟“ އެބޭފުޅާ ވިދާޅުވެއްޖެއެވެ: ”ތިމަންކަލޭގެފާނު އެއަށް (އެސޫރަތަށް) ލޯބިކުރަމެވެ.“. ”އެއަށް ތިބާކުރާލޯބިން ތިބާ ޖަންނަތައް ވެއްދެވޭނެއެވެ.“، ޙަދީޘް ކުރެއްވިއެވެ.
އަދި އެކަލޭގެފާނުގެ ޙަދީޘްފުޅު، ”އެއީ ޤުރްއާނުގެ ⅓ އާއި އެއްފަދައެވެ.“ އަކީ ޙައްޤެވެ. އެކަލޭގެފާނު ޚަބަރުދެއްވި ފަދައިންނެވެ. އެހެނީ އެކަލޭގެފާނު صلى الله عليه وسلم އަކީ އެންމެ ތެދުވެރި ތެދުވެރިޔާއެވެ. އަމިއްލަ ހަވާނަފްސަށް ބަސްވިދާޅުނުވާ ބޭފުޅާއެވެ. އެކަލޭގެފާނުގެ ދެތުންފަތް ދެމެދުން ޙައްޤު މެނުވީ ނުވެއެވެ.
— (މަޖުމޫޢު އަލްފަތުވާ 135/17)
ނުކުތާއެއް: (قل هو اللَّه أحد) ތިންފަހަރު ކިޔައިފިނަމަ މުޅި ޤުރުއާން ކިޔެވުމުގެ ޘަވާބު ލިބޭނެބާ؟
شيخ الإسلام ، مجموع فتاوى17ج 130ޞ - 140 ޞ ގައި ވިދާޅުވިއެވެ:
(قل هو اللَّه أحد) ޤުރުއާނުގެ ⅓ އާއި އެއްފަދަވުމީ، އެސޫރަތުގެ ފަޟުލުވަންތަކަން الفاتحة ސޫރަތުގެ ފަޟުލުވަންތަކަމަށް ވުރެ މަތިވެރިކަމަށް ކޮންމެހެން ލާޒިމްކުރާ ކަމެއްނޫންކަމަށް ކުރިޔަށް އަހަރުމެން ބަޔާންކޮށްދޭނަމެވެ، إن شاء ﷲ. އަދި އެސޫރަތް 3 ފަހަރު ކިޔުމީ މުޅިޤުރުއާން ތިލާވަތް ކުރުން ފުދޭނެ ކަމެއް ނޫންކަމަށްވެސް މެއެވެ. އަދި ކީއްހެއްޔެވެ؟ ޤުރުއާން އެއްފަހަރާ ކިޔަވަނީ ނަމަ، މުޞްޙަފްގައި ލިޔެވިފައިވާގޮތަށް ނޫން ގޮތަކަށް އެ ކިޔެވުމަކީ ސަލަފުން މަކްރޫޙަކުރައްވާ ކަމެކެވެ. އެހެނީ ހަމަކަށަވަރުން ޤުރުއާން ކިޔެވުންވަނީ މުޞްޙަފްގައި ލިޔެވިފައިވާ ގޮތުގެ މައްޗަށެވެ. އެއަށް އިތުރުކުރުމެއްވިޔަސް މަދުކުރުމެއްވިޔަސް ނުލައެވެ. އަދި (މުޖާހިދު ފުށުން) (ޢަބްދު ﷲ) އިބުނު ކަޘީރު (الضحىٰ ސޫރަތަށްފަހު ކޮންމެ ސޫރަތެއް ނިމުމުން) ތަކްބީރު ކިޔުމާއިމެދު ރިވާކުރެއްވި އަޘަރުތަކަކީ ނަބިއްޔާ صلى الله عليه وسلم އަރިހުން ސަނަދުވެ އައިސްފައިވާ އަޘަރުތަކެއް ނޫނެވެ. އަދި އަލްބައްޒީ ފިޔަވާ އެހެން އެއްވެސް ބޭކަލަކު އެޔެއް ނަބިއްޔާ صلى الله عليه وسلم އަށް ނިސްބަތްކޮށް ސަނަދު ނުކުރައްވައެވެ.
(ނުނިމޭ)
3/
#Tafsir_ibnTaymiyyah
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.