މިއީ މިސާލަކަށް: މީހަކަށް ބޮޑުވެގެންވާ ޞަދަޤާތެއް ހޭދަކުރުމަށް ކުޅަދާނައެވެ. އަދި ވަރުގަދަވެގެންވާ ޖިހާދެއްކުރުމަށްވިޔަސް، އަދި…
މިއީ މިސާލަކަށް: މީހަކަށް ބޮޑުވެގެންވާ ޞަދަޤާތެއް ހޭދަކުރުމަށް ކުޅަދާނައެވެ. އަދި ވަރުގަދަވެގެންވާ ޖިހާދެއްކުރުމަށްވިޔަސް، އަދި އެތަކެއްފަހަރުމަތިން ޤުރުއާން އެންމެ މަތިވެރިގޮތުގައި ކިޔެވިޔަސް — އެދުވަހުގެ ތެރޭގައި އޭނާއަށް މީގެ ސަބަބަކުންނެއް ފަސްވަޤުތުގެ ނަމާދެއް ޙާޞިލެއް ނުވެވޭނެއެވެ. އެއެންމެހާ ޢަމަލުތަކެއްގެ ޘަވާބެއް މި (ފަސްނަމާދުގެ) މަޤާމެއް ނުހެދޭނެއެވެ. އެއީ މީހެއް އަތުގައި ރަނާއި ރިއްސާއި، އަޅުންނާއި، ހައިވާނުންނާއި، ބޮޑުވެގެންވާ ޢަދަދެއްގެ މުދާ އެއްކުރެވުމާ އެކުވެސް، އޭނާ އަތުގައި ދުވާލު އަދި ރޭގަނޑަށް ކާނޭ އެއްޗެއް ނުވާނަމަ އޭނާ ވާކަން ކަށަވަރީ ބަނޑުހައިވެ، ރިހުމާއެކު އޭނާގެ ޙާލަތް ގޯސްވެފައިވާ މީހަކަށެވެ. އަދި އޭނާ ޙާޖަތަށް ޖެހިފައިމިވާ ކާތަކެއްޗާއި ބޯތަކެތީގެ މަޤާމެއް، އޭނާ އަތުގައިވާ މާސިންގާ މުދާވެރިކަމެއް އަދައެއް ނުކުރެވޭނެއެވެ. (ސަހަރާއެއްތެރޭ އޮވެ މަރުވާ މުއްސަނދިމީހެއް ފަދައެވެ.) އަދި މިސަބަބަށްޓަކައި ޝެއިޚް މަދިޔަން رحمه ﷲ ވިދާޅުވިއެވެ: އެންމެ ޝަރަފްވެރި ޢިލްމަކީ ތައުޙީދުގެ ޢިލްމެވެ. އަދި އެންމެ ނަފާކުރަނިވި ޢިލްމަކީ އަޅުތަކުންގެ ޙުކުމްތަކެވެ. ވީމާ، ވަކިވަޤުތެއްގައި އެންމެ ނަފާޢުކުރަނިވި ޢިލްމަކީ އެންމެ މަތިވެރި ޝަރަފްވެރި ޢިލްމެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެންމެ ނަފާޢުކުރުވަނީ އެވަޤުތެއްގައި އަޅަކަށް އެންމެ ޙާޖަތް ޖެހިފައިވާ އެއްޗެކެވެ. އެއީ ﷲ ގެ އަމުރުކުރެއްވި ކަމެއް ކުރުމާއި އެއިލާހު އޭނާއަށް ނަހީކުރެއްވި ކަމެއް ދޫކުރުމެވެ. މިހެންކަމުން ބުނެވެއެވެ: އެންމެ ފަޟުލުވެރި މީހާއަށްވުރެ، އެމީހެއް ތަނާއި ޒަމާނުގައި ފަޟުލުވެރި މީހެއްގެ ފަޟުލުވަންތަކަން މާ ބޮޑެވެ. މި ބީދައިން، ޝަރީޢަތް ދަލީލުކުރާގޮތުން ނަމާދު، ޤުރުއާން ކިޔެވުމަށްވުރެ ފަޟުލުވަންތައެވެ. އަދި ކިޔެވުން ޛިކުރުކުރުމަށްވުރެއެވެ. އަދި ޛިކުރު ދުޢާކުރުމަށްވުރެއެވެ. މިއީ އާންމު ޙުކުމެވެ.
މިއާއި އެކުވެސް، ނަމާދުކުރުން ވަކި ވަޤުތުތަކެއްގައި ޙަރާމްވެގެންވެއެވެ. އެހެންކަމުން އެވަޤުތު ޤުރުއާން ކިޔެވުން ނަމާދަށްވުރެ ފަޟުލުވަންތަކަން ބޮޑެވެ. އަދި ސަޖިދައާއި ރުކޫޢުގައި އަމުރުވެގެންވަނީ ތަސްބީޙަ ކިޔުމަށެވެ. އަދި އެހެނަސް ޤުރުއާން ކިޔެވުން އެވަޤުތުގައި ނަހީވެގެންވެއެވެ. އަދި މިއަށް މިސާލުތައް ގިނަގުނައެވެ. އެހެންކަމުން «قل هو ﷲ احد» އާއި އެނޫން ސޫރަތްތަކުގެ ފަޟުލުވަންތަކަމުގެ ކަންތައްވެސް ދެނެގަތުންވަނީ މި ބީދައިންނެވެ. ވީމާ الفاتحة ނަމާދުގެ އެންމެ ކުރީގައި ކިޔެވުން އެސޫރަތް ކިޔެވުމަށްވުރެ ފަޟުލުވަންތަކަން ބޮޑުވެގެންވެއެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ ވާޖިބެކެވެ. އަދި އެ އެކަންޏެއް (އެބަހީ: قل هو ﷲ احد އެކަންޏެއް) ނުފުދޭނެއެވެ. އަދި ކިއެއްހެއްޔެވެ؟ އެހެންވެއްޖެނަމަ ނަމާދު ބާޠިލުވާނެއެވެ. ސުންނަތް ނަވާފިލު ތަކުގެ ކުރިން ފަރުޟު ކުރެއްވި ކަންތައްތަކުން ﷲ އާއި ގާތްވެ ކުއްތަންވުން ވާޖިބުވަނީ މިހެންވެއެވެ. އަދި ނަވާފިލުތަކުން ﷲ އާއި ގާތްވެ ކުއްތަންވެވެނީ ފަރުޟުތައް އޭނާ އަދާކުރާނަމައެވެ. (ނަމާދެއް ނުކުރާތާ މާތްކަމަށް ދެކޭ ދުޢާތަކާއި ވިރުދުތަކުގައި ހިފައިގެން ތިބޭ ކިތައްމީހުން އަހަރުމެންތެރޭގައި ވޭހެއްޔެވެ؟ އަދި ތައުޙީދެއް ނޭނގި ޝިރުކުތަކުގައި ރޭދުވާ ހޭދަކުރާއިރު ފަސްނަމާދާއި ރޯދަހިފާ ކިތައްމީހުންވޭހެއްޔެވެ؟)
(مجموع فتاوى 17ج ޞ 130-133)
( ނުނިމޭ)
5/
#Tafsir_ibnTaymiyyah
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.