ކުރިއަށް އޮތީ ޤުރުއާނުގެ ކޮންމެ އަކުރަކީ 10 ޘަވާބު ކަމަށްވާއިރު قل هو ﷲ أحد މިސޫރަތަކީ ⅓ އަށް ވުމާއިމެދު ––– އެއީ مجموع فتاوى 17ج ޞ 136-140)
(ކުރިއަށް އޮތީ ޤުރުއާނުގެ ކޮންމެ އަކުރަކީ 10 ޘަވާބު ކަމަށްވާއިރު قل هو ﷲ أحد މިސޫރަތަކީ ⅓ އަށް ވުމާއިމެދު ––– އެއީ مجموع فتاوى 17ج ޞ 136-140)
ނުކުތާއެއް: ޤުރުއާނުގެ ކޮންމެ އަކުރަކަށް 10 ޘަވާބު ލިބުމާއި قل هو ﷲ أحد އަކީ މުޅި ޤުރުއާނުގެ ތިންބައިކުޅަ އެއްބަޔާއި އެއްހަމަވުމުގެ މަފްހޫމް.
شيخ الإسلام، މަޖުމޫޢު ފަތުވާގެ 17ج ޞ. 136 ގައި ވިދާޅުވިއެވެ:
ދެވަނަ ކަމަކީ، އަޖުރު ބިނާވަނީ އަކުރުތައް ގިނަވާ ވަރަކަށް ކަމަށް އެބައިމީހުން ދެކޭދެކުމެވެ. އެހެންކަމުން ކަލާމްފުޅުގެ އަކުރުތައް ގިނަވާވަރަކަށް އޭގެ އަޖުރު ބޮޑުވެގެންވާ ކަމަށެވެ. އެއުރެން ބުނެތެވެ: އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: «ޤުރުއާން ކިޔަވައިފި މީހަކަށް، އޭގެ ކޮންމެ އަކުރަކަށް (ޙަރުފެއް) ދިހަ "ޙަސަނާތު" ވެއެވެ. ފަހެ ތިމަންކަލޭގެފާނު ވިދާޅުވަނީ « الٓمٓ » މިއީ އެއް (ޙަރުފު) އަކުރެއް ކަމަށް ނޫނެވެ. އެހެނަސް أ އަކީ ޙަރުފެކެވެ. ل އަކީ ޙަރުފެކެވެ. م އަކީ ޙަރުފެކެވެ.» އައްތިރުމިޛީ ވިދާޅުވިއެވެ: " މި ޙަދީޘް ޞައްޙައެވެ." އެއުރެން ބުނެތެވެ: "އެނގިގެންވާ ގޮތުން ޤުރުއާނުގެ ⅓ އަކީ އެތަކެއްގުނަ ޙަރުފުތަކެކެވެ. އެހެންކަމުން އޭގެ ޘަވާބު (ޙަސަނާތު) މާގިނަވެވެގެންވެއެވެ."
އެއުރެންނަށް (ރަައްދުގައި) ބުނެވެނީ : ނަބިއްޔު صلى الله عليه وسلم ތި ޙަދީޘްކުރައްވާފައިވަނީ ޙައްޤު ތެދެވެ. އެހެނަސް އަލްޙަސަނާތު (ހެޔޮ ޘަވާބު) ގެ ތެރޭގައި ބޮޑެތި އަދި ކުދި ޙަސަނާތުވެއެވެ. އަދި ނަބިއްޔު صلى الله عليه وسلم ގެ މަޤްޞަދުފުޅަކީ، ﷲ ކޮންމެ ޙަސަނާތު އަކަށް އެފަދަ ދިހަ ޙަސަނާތު މިންވަރުކުރައްވާ ކަމެވެ. އެއީ ﷲ تعالى ވަޙީ ކުރެއްވި ފަދައިންއެވެ. ﴿مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ عَشۡرُ أَمۡثَالِهَاۖ ﴾ (ޙަސަނާތު އަކާއިގެން އައިސްފި ކޮންމެ މީހަކަށް އެފަދަ ދިހަ (ޙަސަނަތު) އޭނާއަށް ވެއެވެ.) އެހެންކަމުން ޙަރުފެއް ކިޔައިފުމުން ޙަސަނަތު އެއްވެއެވެ. އަދި އެ ޙަސަނާތު އާއި އެއްފަދަވެގެންވާ މިންވަރަށް ދިހަގުނަ ދެއްވައެވެ. އެހެނަސް "ކޮންމެ ޙަރުފެއްގެ ޙަސަނާތު އެއްފަދަވެޔޭ" ޙަދީޘެއް ނުކުރައްވައެވެ. އެއީ ދީނާރެއް ޞަދަޤާތަކަށް ދޭ މީހާ، އެ ޙަސަނާތުއާއި އެއްފަދަވެގެންވާ މިންވަރަށް 10 ގުނަ ލިބޭނެއެވެ. އެހެނަސް (އަޞްޙާބުންގެ) އެންމެ އިހުގެ އެންމެ ކުރިއެރި ބޭފުޅުންނަށްވުރެ ފަހުން ހަމަ އެފަދަ ރަން (ދީނާރެއް) ހޭދަކޮށްފި މީހަކަށް، އެބޭފުޅުންނަށް ލިބުނުވަރާއި އެއްފަދައެއް ނުވާނެއެވެ. އަދި އޭގެ ދެބައިކުޅަ އެއްބައިވެސް ނުލިބޭނެއެވެ. އެއީ ދެ ޞަޙީޙުގައި ނަބިއްޔު صلى الله عليه وسلم އަރިހުން ޘާބިތުވެފައިވާ ފަދައިންނެވެ. އެހެން ކަމުން މުއްދެއްގެ މިންވަރު ހޭދަކޮށްފި މީހާއަށް އެއާއި އެއްފަދަވެގެންވާ މިންވަރުގެ ޙަސަނަތުއިން 10 ގުނަ ލިބޭނެއެވެ.
6/
#Tafsir_ibnTaymiyyah
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.