އެހެނަސް އެންމެ އިހު އިސްނެންގެވި ޞަޙާބީން ހޭދަކުރެއްވި މުއްދުގެ ޙަސަނާތު އާއި އެ އެއްފަދަ ނުވެއެވެ. އަދި މިކަމުގެ މިޘާލުތައް ގިނައެވެ.…
އެހެނަސް އެންމެ އިހު އިސްނެންގެވި ޞަޙާބީން ހޭދަކުރެއްވި މުއްދުގެ ޙަސަނާތު އާއި އެ އެއްފަދަ ނުވެއެވެ. އަދި މިކަމުގެ މިޘާލުތައް ގިނައެވެ. ހަމަ މި ބީދައިން، ޤުރުއާނުގެ ޙަރުފުތައް އޭގެ މާނައިގެ ފަޟްލުވަންތަކަމާއި އެނޫން ގޮތްގޮތުންވެސް އެކަތި އަނެކަށްޗައްވުރެ ފަޟުލުވަންތަ ވެގެންވެއެވެ. އެހެންކަމުން الفاتحة ގެ އަކުރުތަކުގެ ތެރެއިން ކޮންމެ އަކުރެއްގެވެސް ޙަސަނަތު « تَبَّتۡ يَدَآ أَبِى لَهَبٍ » ގެ ކޮންމެ އަކުރަކަށްވުރެ ބޮޑުވެގެންވެއެވެ. ވީމާ، އެއްޗަކާއި އެއްހަމަކުރެވެނީ އެނޫން އެއްޗެކެވެ. އަދި އޭގެ ޢަދުލުވެރި މިންވަރަކީ އެއާއި އެއްހަމަ ކުރެވޭ އެއްޗެކެވެ. އޭގެ ވައްތަރު ތަފާތުވިއެއް ކަމަކުއެވެ. (އެބަހީ އެއް އަކުރަކަށް ދެދަރަޖަވެސް ލިބިދާނެއެވެ. އަދި ދެއަކުރަކަށް އެއްދަރަޖަވެސްއެވެ. އެތި ތަފާތުވިޔަސް އެއްހަމަ ކުރަންވާނީ އެހެން އެއްޗަކަށް ނިސްބަތްކޮށެވެ.) ﷲ تعالى ވަޙީކުރެއްވި ފަދައިންނެވެ: ﴿أَوۡ عَدۡلُ ذَٰلِكَ صِيَامًا﴾ (ނުވަތަ އެއާއި އެއްހަމަޔަށްވާ ރޯދަ (ހިފާށެވެ)). އަދި ރޯދައަކީ ކެއުމުގެ ނޫނީ ޖަޒާއުގެ ވައްތަރެއް ނޫނެވެ. އަދި ހަމައެފަދައިން ނަބިއްޔު صلى الله عليه وسلم ގެ ބަސްފުޅު «ﷲ އެއުރެން ފުށުން ހޭދައެއްވެސް ނޫނީ ޢަދުލެއް - (ފިދިޔައެއް) - ވެސް ޤަބޫލެއް ނުކުރައްވާނެތެވެ.» އަދި ﷲ ގެ ބަސްވަޙީ ﴿وَلَا يُقۡبَلُ مِنۡهَا عَدۡلٌ﴾ (އަދި އެއިން ޢަދުލެއްވެސް - އެބަހީ ފިދިޔައެއް - ޤަބޫލެއް ނުކުރެވޭނޭއެވެ.) އަދި ފިދިޔައަކީ ފިދިޔަދެވޭ ކަންތަކާއި އެއްފަދަކުރެވޭ އެއްޗެކެވެ. އެއީ ވައްތަރު ތަފާތުވިޔަސްއެވެ. ﴿ثُمَّ ٱلَّذِينَ كَفَرُواْ بِرَبِّهِمۡ يَعۡدِلُونَ﴾ (ކާފިރުވި މީހުން ދެން އެއުރެންގެ ރައްބާއި ޢަދުލު ކުރެއެވެ.) — އެބަހީ (އެއުރެން އަޅުކަންކުރާ ތަކެތި) އެއްހަމަ ކުރެއެވެ. އެބަހީ އިލާހިއްޔަތުގައި އެއްވަރު ކުރުމެވެ. އެއީ އަރަހުށި ރައްބު سبحانه އާއި އެއްގޮތްކަން ނެތްކަން އެވެރިންނަށް އެނގޭއިރުވެސްއެވެ.
އަދި މީހެއް އަތުގައި ތަފާތު ވައްތަރުގެ ކާނާގެ މުދާހުރެފައި، އެނޫން މީހެއް އަތުގައި އެލިބޭނެ ކުޅަދާނަކަން ހުރެ އެވަރުގެ ރަން ހުރެއްޖެނަމަ، މި މުދާ އަނެއްމުދަލާއި އެއްހަމަވެގެންވެއެވެ. އެއީ އޭގެ ވައްތަރު ތަފާތުވިޔަސްއެވެ. މިހެންކަމުން މީހެއް އަތުގައި ރަނާއި އެނޫން މުދާ، ވަރަށްބޮޑު އެހެން އެއްޗަކާއި އެއްވަރަށް ހުރިޔަސް އޭނާ ބޭހަށް ނޫނީ ދަތުރުކުރާނޭ ވަސީލަތަކަށް ނޫނީ ބޯހިޔާވައްސަކަށް ނޫނީ މިފަދަ އެހެން އެއްޗެއް ގަތުމަށް ކުޅަދާނަވެގެން ނުވާނަމަ، އެ މާސިންގާ މުދަލުގެ މަންފާއެއް ނެތެވެ. ފަހެ ޤުރުއާނުގައިވާ ޢަމުރުތަކާއި ނަހީތަކާއި ވާހަކަ (القصص) އަށް އިންސާނުން ޙާޖަތް ޖެހިގެންވެއެވެ — ތައުޙީދު މިއަށްވުރެ މާސިންގާ ވިޔެއްކަމަކުއެވެ. އެހެންކަމުން އިންސާނާއަށް ޢަމަލުތަކުގައި އޭނާއަށް އަމުރުވެފައިވާ ކަންކަމާއި ނަހީވެފައިވާ ކަންކަން މަޢްރިފާކޮށް ދެނެގަތުމަށް ޙާޖަތްޖެހިފައިވެއެވެ. ނުވަތަ އޭނާއަށް އަމުރުވެފައިވާ ކަންކަމަށް ބޭނުންވެފައިވެއެވެ. އަދި އަލް ޤަޞަޞް (ވާހަކަތަކާއި) ވަޢުދުތަކާއި ވަޢީދު (އިންޒާރު) ތަކުން ޢިބްރަތްވެސް ލިބިގަންނަން ޖެހެއެވެ. އަދި މިޖާގަ އެހެން އެއްޗަކުން ފަޅު ނުފިލާނެއެވެ. އެހެންކަމުން އޭގެ ޖާގަ ތައުޙީދުއިން ފުރައިނުދޭނެއެވެ. އަދި އަލް ޤަޞަޞްއިން އަމުރާއި ނަހީގެ ޖާގަވެސްއެވެ. އަދި އަމުރާއި ނަހީ، އަލް ޤަޞަޞް ޖާގައެއްވެސްއެވެ. އަދި ކިއެއްހެއްޔެވެ؟ ﷲ ބާވައިލެއްވި އެންމެހާ އެއްޗެއް އިންސާނުންނަށް މަންފާޢު ކުރެއެވެ. އަދި އެވެރިންވަނީ އެއަށް ޙާޖަތައް ޖެހިފައެވެ.
7/
#Tafsir_ibnTaymiyyah
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.