ދެންފަހެ، «الزلزلة» ސޫރަތާއި «قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُون» ސޫރަތާއި ޙަދީޘްތަކަށް ބަލާއިރު، އައްތިރުމިޛީ އަނަސް ބިން މާލިކް އަރިހުން…
ދެންފަހެ، «الزلزلة» ސޫރަތާއި «قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُون» ސޫރަތާއި ޙަދީޘްތަކަށް ބަލާއިރު، އައްތިރުމިޛީ އަނަސް ބިން މާލިކް އަރިހުން ރިވާކުރެއްވިކަމަށް؛ ވިދާޅުވިއެވެ. ﷲ ގެ ރަސޫލު صلى ﷲ عليه وسلم ޙަދީޘް ކުރެއްވިއެވެ. « إذا زلزلت » ކިޔަވައިފި މީހާ، ޤުރުއާނުގެ ދެބައިކުޅަ އެއްބަޔާއި އެއްހަމަ ކޮށްފިއެވެ. އަދި «قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُون» ކިޔަވައިފި މީހާ، ޤުރުއާނުގެ ¼ އެއްބަޔާއި އެއްހަމަ ކޮށްފިއެވެ. އަދި އިބުނު ޢައްބާސްގެ އަރިހުންކަމަށް؛ ވިދާޅުވިއެވެ: ﷲ ގެ ރަސޫލު صلى ﷲ عليه وسلم ޙަދީޘްކުރެއްވިއެވެ. "« إذا زلزلت » ޤުރުއާނުގެ ދެބައިކުޅަ އެއްބައާއި އެއްހަމައެވެ. އަދި «قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُون» ޤުރުއާނުގެ ހަތަރު ބައިކުޅަ އެއްބަޔާއި އެއްހަމައެވެ.' މިދެރިވާޔަތްވެސް ރިވާކުރެއްވީ އައްތިރުމިޛީއެވެ. އަދި އެއިންކޮންމެ ރިވާޔަތަކާއިމެދު "ޣަރީބު" ކަމަށް ވިދާޅުވިއެވެ. (މިއީ ޞައްޙަ ކަމުގައި ބަލިކަށިކަމެއް ވާކަމަށް އިޝާރާތް ކުރައްވައި ވިދާޅުވާ ދަރަޖައެއް، ޣަރީބު: އާދަޔާޚިލާފު/ބީރައްޓެހި)
ދެންފަހެ، « الفاتحة» ސޫރަތުގެ ހަދީޘަށް ބަލާއިރު، އަލްބުޚާރީ އެކަލޭގެފާނުގެ "އައްޞަޙީޙް" ގައި އަބޫ ސަޢީދު ބުނުލް މުޢައްލާ އަރިހުން؛ އެކަލޭގެފާނު ވިދާޅުވިއޭ: "އަހަރެން މިސްކިތުގައި ނަމާދަށް ހުއްޓައި ، ﷲ ގެ ރަސޫލު صلىﷲ وسلم އަހަރެންނަށް ގޮވާލެއްވިއެވެ. ނަމަވެސް އަހަރެންނަށް އިޖާބައެއް ނުދެމެވެ. (ނަމާދު ނިމިގެން) އަހަރެން ދެންނެވީމެވެ: އޭ ﷲ ގެ ރަސޫލެވެ. އަހަރެން އެވަޤުތު ހުރީ ނަމާދަށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: ﷲ ފަހެ ވަޙީނުކުރައްވާހެއެއްޔެވެ: {ٱسۡتَجِيبُواْ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمۡ لِمَا يُحۡيِيكُمۡۖ } (ﷲ އާއި ރަސޫލު، ތިޔަބައިމީހުންނަށް ގޮވައިލައްވައިފިނަމަ، އެއަށް އިޖާބާދޭހުށިކަމެވެ.) ދެން ޙަދީޘްކުރެއްވިއެވެ: ”ޤުރުއާނުގައިވާ އެންމެ މަތިވެރި ސޫރަތް ތިބާއަށް އުގަންނައިދެއްވާހުށީމެވެ.“ ޙަދީޘްކުރެއްވިއެވެ! ” «ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِين» މިއީ ގިނަގުނައިން ތަކުރާރުވާ ހަތް (އާޔަތެވެ.) އަދި އެންމެ މަތިވެރިވެގެންވާ ޤުރުއާނެވެ.“ އަދި އައްސުނަންގައި، އަދި އަލްމަސާނީދު ތަކުގައި، އަލްޢަލާއު ބުން ޢަބްދުއް ރަޙްމާންގެ ޙަދީޘްތަކުގެ ތެރެއިން، އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން، އަބޫ ހުރައިރާ އަރިހުން؛ ﷲ ގެ ރަސޫލު صلىﷲ وسلم، އުބައްޔު ބުނު ކަޢުބުއަށް ޙަދީޘްކުރެއްވިއޭ: "ތައުރާތަކުވެސް، އިންޖީލަކުވެސް އަދި އައްޒަބޫރުއަކުވެސް އަދި އަލްފުރުޤާން (އެބަހީ ޤުރުއާން) އަކުވެސް އެފަދަ ( އެހެން) ސޫރަތެއް ބާވައިލައްވާފައިނުވާ ސޫރަތެއް ތިބާއަށް އުނގަންނައި ދެއްވަމުހެއްޔެވެ؟" - (އަބޫ ހުރައިރާ) ވިދާޅުވިއެވެ. އެހެންކަމުން (މިސްކިތުގެ) ދޮރާށިން ނުނިކުމެ (މަޑުކޮށްގެން) ހުރުމަށް އަހަރެން އެދި ނިޔަތްގަތީމެވެ. އަދި އެރިވާޔަތުގައިވެއެވެ. "ނަމާދުގައި ތިބާ (ޤުރުއާން) ކިޔަވަނީ ކޮންފަދައަކުންހެއްޔެވެ؟" އެހެންކަމުން އަހަރެން، އެކަލޭގެފާނަށް އުއްމުލް ޤުރުއާން (الفاتحة) ކިޔަވައިދިނީމުއެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ: "އެފަރާތެއްގެ އަތްޕުޅު ތިމަންކަލޭގެފާނުގެ ނަފުސުވާ އިލާހު ގަންދީ ބުނަމެވެ. ތައުރާތަކުވެސް، އިންޖީލަކުވެސް އަދި ޒަބޫރުއަކުވެސް އަދި ޤުރުއާނަކުވެސް އެފަދަ (އެހެން) ސޫރަތެއް ބާއްވައިނުލައްވައެވެ. އެއީ السَّبْعُ الْمَثَانِي (ގިނަގުނައި ތަކުރާރުވަނިވި ހަތް އާޔަތެވެ.) އަދި ތިމަންކަލޭގެފާނަށް އެއިލާހު ދެއްވި އެންމެ މަތިވެރިވެގެންވާ ޤުރުއާނެވެ."
~ ގަލަންދާނު
(ނުނިމޭ)
/11
#Tafsir_ibnTaymiyyah
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.