އަދި (އިމާމް) މާލިކު، އަލް މުވައްތައު ގައި އެ( ޙަދީޘް) ރިވާކުރެއްވިއެވެ. އެއީ މުރްސަލްކޮށް އާމިރު ބިން ކުރައިޒްގެ މިނިވަންކުރެވުނު އަޅު…
އަދި (އިމާމް) މާލިކު، އަލް މުވައްތައު ގައި އެ( ޙަދީޘް) ރިވާކުރެއްވިއެވެ. އެއީ މުރްސަލްކޮށް އާމިރު ބިން ކުރައިޒްގެ މިނިވަންކުރެވުނު އަޅު އަބޫ ސަޢީދު އަރިހުން، އަލް-ޢަލާއު ބުނު ޢަބުދުއްރަޙުމާން ކުރެންނެވެ.
އަދި ޞަޙީޙް މުސްލިމްގައި، އުޤުބަތު ބުނު ޢާމިރު އަރިހުން، އެކަލޭގެފާނު ވިދާޅުވިއޭ: ”ﷲ ގެ ރަސޫލު صلىﷲ عليه وسلم ޙަދީޘްކުރެއްވިއެވެ: ”ތިބާއަށް އެނގޭހެއްޔެވެ؟ އެފަދަ އާޔަތްތަކެއް ދުވަހަކުވެސް ފެނިފައިނުވާ އާޔަތްތަކެއް ރޭގައި ތިމަންކަލޭގެފާނަށް ބާވައިލެވިއްޖެއެވެ. (އެއީ) « قل أعوذ بربّ الفلق » އާއި « قل اعوذ بربّ الناس » އެވެ.“ އަދި މިނޫން އިބާތާތަކުން: ”ﷲ ގެ ރަސޫލު صلىﷲ عليه وسلم ތިމަންކަލޭގެފާނު ގާތު ޙަދީޘްކުރެއްވިއޭ: ”އެފަދައެއް ދުވަހަކުވެސް ދެކެފައިނުވާ އާޔަތްތަކެއް ތިމަންކަލޭގެފާނަށް ބާވައިލެވިއްޖެއެވެ. (އެއީ) އަލް މުޢައްވިޛަތާންނެވެ.“ (އެބަހީ: الفلق އާއި الناس ސޫރަތް). އެހެންކަމުން މި ޞައްޙަ ޙަދީޘްފުޅުގައި، އެކަލޭގެފާނު މި ޚަބަރު ދެއްވަނީ އަލްމުޣައްވިޛަތައިން ފަދަ އެހެން އެއްވެސް އެއްޗެއް ދެކިވަޑައެއް ނުގަންނަވާ ކަމެވެ. އެއީ الفاتحة ފަދަ އެއްޗެއް އައްތަޥްރާތާއި، އިންޖީލާއި، ޒަބޫރާއި ޤުރުއާނަކުވެސް ބާވާލެއްވިފައިނުވާ ކަމަށް ޚަބަރުދެއްވި ފަދައިންނެވެ. މި އެންމެހާ އެއްޗަކީވެސް އެއެއްގައި ޤުރުއާނުގެ ބަޔެއް އޭގެ އެހެން ބަޔަކަށްވުރެ ފަޟުލުވަންތަކަމުގެ މައްޗަށް ބަޔާންވާ ދަލީލެވެ.
(مجموع فتاوى 17ج ޞ8-9)
އަދި «آية الكرسي» އަކީ ޤުރުއާނުގެ އެންމެ މަތިވެރި އާޔަތް ކަމުގައިވެސް އައިސްފައިވެއެވެ. މިއީވެސް އައްޞަހީޙްގައި ޘާބިތުވެފައިވާ ފަދައިންނެވެ. އަދި ޞަހީޙް މުސްލިމްގައި ޘާބިތުވެފައިވާ ފަދައިން، ނަބިއްޔާ صلى ﷲ عليه وسلم އުބައްޔު ބުނު ކަޢްބު އަށް ޙަދީޘްކުރެއްވިއެވެ: ”އޭ އަބުލް މުންޛިރެވެ! ތިބާއާއި އެކުވާ ﷲ ގެ ފޮތުގައިވާ އެންމެ މަތިވެރި އާޔަތަކީ ކޮބައިކަން ތިބާއަށްފަހެ އެނގޭހެއްޔެވެ؟“ ވިދާޅުވިއެވެ: ”އަހަރެން ދެންނެވީމެވެ: މޮޅަށް ދެނެވޮޑިގެންވަނީ ﷲ އާއި އެއިލާހުގެ ރަސޫލެވެ.“ (އަނެއްކާވެސް) ޙަދީޘްކުރެއްވިއެވެ: ”އޭ އަބުލް މުންޛިރެވެ! ﷲ ގެ ފޮތުގައިވާ އެންމެ މަތިވެރި އާޔަތަކީ ކޮބައިކަން ތިބާ ދަންނަމުހެއްޔެވެ؟“ އެހެންކަމުން އަހަރެން ދަންނަވައިފީމޭ: «ﷲ لا إلٰه إلا هو الحي القيوم» އެވެ. ވިދާޅުވިއެވެ: ދެން ތިމަންކަލޭގެފާނުގެ މޭމަތީ (ނަބިއްޔާ) ޖައްސަވައި ޙަދީޘްކުރެއްވިއެވެ: ”ތިބާގެ ޢިލްމަށް އުފާކުރާށެވެ. އޭ ފަހެ އަބުލް މުންޛިރެވެ!“ އަދި އިބުނު އަބީ ޝައިބާ، ހަމަ މުސްލިމްގައިވާ ސަނަދުން، އެކަލޭގެފާނުގެ މުސްނަދުގައި މިރިވާޔަތް ގެންނެވިއެވެ. އަދި (އޭގެ ފަހުބައިގައި) އިތުރަށްވެއެވެ: ”އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ފުރާނަވާ އިލާހު ގަންދީ ބުނަމެވެ! ހަމަކަށަވަރުން އަރުޝީގެ ފައިބުޑު، ގަދަކީރިތިވަންތަ ޢިލާހު (الملك) މާތްކޮށް ޘަނާކިޔާ (تقدس) ދުލަކާއި ދެތުންފަތް މިއާޔަތަށް ލިބިގެންވެއެވެ.“ އަދި އެއީ ”ޤުރުއާނުގެ އާޔަތްތަކުގެ ވެރިޔާ“ (سيدة آي القرآن) ކަމަށްވެސް ރިވާވެފައިވެއެވެ.
(مجموع فتاوى 17ج ޞ10)
Page 12
#Tafsir_ibnTaymiyyah
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.