އަބުލް މުޡައްފަރު މަންސޫރު ބިން މުޙައްމަދު އައްސަމްޢަނީ އައްޝާފިޢީ ވިދާޅުވިއެވެ: "އަދި މިސޫރަތަކީ (އެބަހީ:الفاتحة) އެންމެ ޝަރަފްވެރި…
އަބުލް މުޡައްފަރު މަންސޫރު ބިން މުޙައްމަދު އައްސަމްޢަނީ އައްޝާފިޢީ ވިދާޅުވިއެވެ: "އަދި މިސޫރަތަކީ (އެބަހީ:الفاتحة) އެންމެ ޝަރަފްވެރި ސޫރަތެވެ. އެހެނީ އެއީ އެންމެ ގިނަގުނައިން ތަކުރާރުވަނިވި ހަތް (ޢާޔަތެވެ). (السبع المثاني) އަދި އެންމެހާ ސޫރަތެއްގެ މައްޗަށް އެ ފުދިގެންވެއެވެ. އަދި (އެހެން) އެއްވެސް ސޫރަތެއްގައި ޝާމިލުވެފައި ނުވާފަދަ ޤަދަރުވެރި އާޔަތްތަކެއް އެސޫރަތުގައި (އެކީއެއްކޮށް) ޝާމިލުވެފައިވާތީއެވެ. އެއީ ރައްބުގެ މައްޗަށް ޘަނާއާއި ޙަމްދާއި، ވާތްގަށް އެދުމާއި ރައްކާތެރިކަމަށް އެދުމާއި، އަޅާގެ ފަރާތުން ދުޢާއެވެ. އެހެންކަމުން މިސޫރަތަކީ އެންމެ ޝަރަފްވެރި ސޫރަތްކަމުގައި ވިއެވެ. އަދި ނަމާދަކީ (އަޅެއް ދެމިހުންނާނެ) އެންމެ ޝަރަފްވެރި ޙާލަތެވެ. އެހެންކަމުން އެންމެ ޝަރަފްވެރި ސޫރަތް އެންމެ ޝަރަފްވެރި ޙާލަތަށް ކަނޑައެޅުނެވެ."
ހަމަ މިފަދައިން އަޙްމަދު (ބުން ހަންބަލް) ގެ ދަރިވަރުންގެ ފަރާތުން މިވާހަކަ ޛިކުރުވެފައިވެއެވެ. އެއީ އަލްޤާޟީ އަބީ ޔަޢުލާގެ އަރިހުންވެސް އެވެ.... الفاتحة ކިޔެވުމަކީ ނަމާދުގައި ރުކުނެއްކަމަށް ވުމާއިމެދު ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ: ".... ނަމާދަކީ އަޅުކަންތަކުގެ ތެރެއިން އެންމެ ޝަރަފްވެރި އަޅުކަމެވެ. އޭގައި (ޤުރުއާން) ކިޔެވުން ވާޖިބުވެގެންވެއެވެ. އެހެންކަމުން އޭގެ މައްޗަށް އެންމެ ޝަރަފްވެރި ސޫރަތް ކަނޑައެޅުންވެއެވެ. އަދި الفاتحة އަކީ އެންމެ ޝަރަފުވެރި ސޫރަތެވެ. އެހެންކަމުން އެ ކަނޑައެޅުން ވާޖިބެވެ." އަދި (އަބޫ ޔަޢްލާ) ވިދާޅުވިއެވެ: ”އަދި فاتحة الكتاب އަކީ އެންމެ ޝަރަފުވެރި (ސޫރަތް) ކަމަށް ކަނޑައެޅުމަށްވާ ދަލީލަކީ، ނައްޞު (ޤުރުއާނާއި ސުންނަތް) އާއި މާނައާއި، ޙުކުމެވެ:
ނައްޞުއަށް ބަލާއިރު، އިހު ބަޔާންވެވުނު ފަދައިން އެހެން ސޫރަތްތަކުގެ މައްޗަށް އޭތި ފުދިގެންވެއެވެ. އަދި އަބީ ސަޢީދުލް ޚުދުރީ އަރިހުން ނަބިއްޔު صلى ﷲ عليه وسلم ޙަދީޘްކުރެއްވިޔޭ: "فاتحة الكتاب އަކީ ވިހަޔަށްވާ ޝިފާއެކެވެ." އަދި އަލްޙަސަނުލް ބަޞްރީ ވިދާޅުވިއެވެ: "ﷲ ސަތޭކަ ފަތްފުތް އަދި ހަތަރު ފޮތް އުޑުން ބާވައިލެއްވިއެވެ. އޭގެ ޢިލްމުތައް ހަތަރެތީގައި ލެއްވިއެވެ: ތައުރާތާއި، އިންޖީލާއި، ޒަބޫރާއި ފުރުޤާން (އެބަހީ ޤުރުއާން) ގައެވެ. ދެން މި ހަތަރެތީގެ ޢިލްމުތައް އަލްފުރްޤާންގައި ލެއްވެވިއެވެ. ދެން ޤުރުއާނުގެ ޢިލްމުތައް އަލްމުފައްޞިލް (އެބަހީ އަލްހުޖުރަތު ނޫނީ ޤާފު ސޫރަތުން ތިރީ ސޫރަތްތައް) ގައި ލެއްވިއެވެ. ދެން އަލްމުފައްޞިލްގެ ޢިލްމުތައް فاتحة الكتاب ގައި ލެއްވިއެވެ. އެހެންކަމުން އޭގެ ތަފްސީރު އުނގެނިއްޖެ މީހާ، އޭނާ ﷲ ބާއްވައިލެއްވި އެންމެހާ ފޮތެއްގެ ތަފްސީރު އުނގެނިއްޖެ ފަދައެވެ. އަދި އެކިޔަވައިފިމީހާ ތައުރާތާއި، އިންޖީލާއި، ޒަބޫރާއި، ޤުރުއާން ކިޔަވައިފި ފަދައެވެ."
ދެންފަހެ، މާނައަށް ބަލާއިރު، ﷲ ވަނީ އެއަކީ މުޅި ޤުރުއާނާއި އެއްފަދަ ކުރައްވާފައެވެ. «ولقد آتيناك سبعا من المثاني والقرآن العظيم» "އަދި ހަމަކަށަވަރުން ތިމަން (ﷲ) ކަލޭގެފާނަށް ތަކުރާރުވަނިވި ހަތް އަދި މަތިވެރިވެގެންވާ ޤުރުއާން ދެއްވެވީމެވެ." އަދި އެނޫން އެއްޗެއް އެއަށް އެކަށީގެންނުވާ ހަޤީޤަތަކީ މިއީއެވެ." – އަހަރެން (އެބަހީ: އިބުނު ތައިމިއްޔާ) - ބުނަމެވެ: މިއީ ހަތް ތަކުރާރުވަނިވި (އާޔަތްތަކަކީ) އެއީ ކަމަށް
13
#Tafsir_ibnTaymiyyah
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.