އަދި ދުޢާއަކީ އަޅުކަމުގެ ތެރެއިންވާ އެއްޗެކެވެ. އެހެންކަމުން މިސޫރަތަކީ އެންމެހާ ހެވެއް ޖަމަޢުވެފައިވާ ސޫރަތެކެވެ. މި ވަޖުހަށްބަލާއިރު،…
އަދި ދުޢާއަކީ އަޅުކަމުގެ ތެރެއިންވާ އެއްޗެކެވެ. އެހެންކަމުން މިސޫރަތަކީ އެންމެހާ ހެވެއް ޖަމަޢުވެފައިވާ ސޫރަތެކެވެ. މި ވަޖުހަށްބަލާއިރު، މިފަދަ އެހެން އެއްވެސް ސޫރަތެއް އެއްވެސް ފަތްފުތަކު ނުވެއެވެ. (އިބުނުލް ބައްރު) އިތުރަށް ވިދާޅުވިއެވެ: އަދި ބުނެވެއެވެ. (އެފަދަ އެހެންސޫރާތެއް ނުވާކަމަށް ޙަދީޘްކުރެއްވި) މާނައަކީ، އެނޫން ސޫރަތަކާއި ނުލައި އެސޫރަތް އެކަނި ނަމާދަށް ފުދިގެންވާކަމެވެ. އަދި އެނޫން ސޫރަތެއް އެޔައް ފުދިގެންނުވާކަމެވެ. އެހެނަސް މި (ފަހުން ބުނެވުނު) މާނައަކީ، އިޖުމާޢުވެވިފައިވާ މާނައެއް ނޫނެވެ." އަހަރެން-(އިބުނު ތައިމިއްޔާ)- ބުނަމެވެ: އެބަހީ، މިކަމުގެ މައްޗަށް ޢިލްމުވެރިން ދެމެދު ދެބަސްވުންވާތީއެވެ. އަދި އެއާއި ނުލާ ނަމާދު ފުރިހަމަވާނޭ ކަމާއިމެދުގައެވެ. މިއިން ދަލީލުވަނީ ފުރަތަމަ ބަޔާންވެވުނު މާނައަކީ މިސޫރަތަކީ އެންމެ މަތިވެރި ސޫރަތްކަމަށް ބަޔާންކުރުމަށް، ޢިލްމުވެރިންތެރޭ ޢިއްތިފާޤުވެފައިވާ މާނައެވެ.
ޝެއިޚުލް އިސްލާމް އިބްނު ތަޢިމިއްޔާގެ ބަސްކޮޅު ނިމުނީ މަޖުމޫޢު ފަތާވާ 17ج ޞ. 13 އިން ޞ. 18 އަށް.
• މިހިސާބުން މި ސިލްސިލާގެ ފުރަތަމަ މަޢުޟޫޢު ކުރުކޮށްލައި ނިންމާލުމަށް ޤަސްދުކުރަން: އަދި ކުރިއަށް ލިއުމަށް ޤަސްދުކުރަނީ "ނަމާދުގެ ފިޤުހުން ހޮވާލެވޭ މުތްތައް" إن شاء الله.
الله تعالى އަހަރެމެންގެ ޢިލްމު ތަނަވަސްކުރައްވައި އެއަށް ޢަމަލުކުރާ ބައެއްކަމުގައި ލައްވާށި. آمين
ޑިސެމްބަރު 2019.
16/
#Tafsir_ibnTaymiyyah
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.