އަހަރެމެންގެ ޝާފިޢީ މަޒުހަބުގެ ފިޤުހު ފޮތް ތަކުގެ ތެރެއިން، "އަލްޙާވީ އަލްކަބީރު" ގެ (ޖ12 ޞ139) ގައި ވެއެވެ

އަހަރެމެންގެ ޝާފިޢީ މަޒުހަބުގެ ފިޤުހު ފޮތް ތަކުގެ ތެރެއިން، "އަލްޙާވީ އަލްކަބީރު" ގެ (ޖ12 ޞ139) ގައި ވެއެވެ:
❞ ބާބު: ކަނޑި އާއި ނުލައި، ޤިޞާޞް ހިފުން
އައްޝާފިޢީ رَحِمَهُ اللَّهُ ވިދާޅުވިއެވެ: ”މީހެއް މަރުވުމާއި ހަމަޔަށް އަލިފާނަށް ކޮއްޕައިފިނަމަ، ވަނީ، އެކަން ކުރި މީހާ މަރުވުމާއި ހަމަޔަށް ހަމަ އަލިފާނަށް ކޮއްޕުމެވެ.“
... އަދި އަހަރެމެންގެ ދަލީލަކީ އެއިލާހު تَعَالَى ގެ ވަޙީ: فَمَنِ اعْتَدَى عَلَيْكُمْ فَاعْتَدُوا عَلَيْهِ بِمِثْلِ مَا اعْتَدَى عَلَيْكُمْ [الْبَقَرَةِ : 194 ] (ފަހެ، ތިޔަބައިމީހުންގެ މައްޗަށް ދެކޮޅުވެރިވެ حملة ދިން ބަޔެއްގެ މައްޗަށް އެއުރެން ދެކޮޅުވެރިވެ حملة ދިން ފަދަޔަކުން ތިޔަބައިމީހުން ދެކޮޅުވެރިވެ حملة ދޭށެވެ!)، އަދި އެއިލާހު تَعَالَى ވަޙީ ކުރެއްވިއެވެ: وَجَزَاءُ سَيِّئَةٍ سَيِّئَةٌ مِثْلُهَا [الشُّورَى : 40 ] (ނުބައިކަމެއްގެ ޖަޒާއަކީ އެއާއެއްފަދަ ނުބައިކަމެކެވެ.) ❝
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.