މިހެންވިޔަސް ޞައްޙައީ ޖުމްހޫރުން ކަނޑައެޅުއްވި ގޮތެވެ. އެއީ (ޙަދީޘް) އިމާމުން، އަނަސް ބުނު މާލިކު އަރިހުން ރިވާކުރެއްވި ޙަދީޘް⁽⁴⁾ ގެ…
➋
މިހެންވިޔަސް ޞައްޙައީ ޖުމްހޫރުން ކަނޑައެޅުއްވި ގޮތެވެ. އެއީ (ޙަދީޘް) އިމާމުން، އަނަސް ބުނު މާލިކު އަރިހުން ރިވާކުރެއްވި ޙަދީޘް⁽⁴⁾ ގެ މައްޗަށެވެ: "ދެހިލަ ދެމެދަށް އެކުއްޖެއްގެ ބޯ ޗިސްކުރެވިފައިވާ އަންހެން ކުއްޖެ މީސްތަކުންނަށް ފެނުނެވެ. ދެން އެކުއްޖާ އާއި ސުވާލުކުރިތެވެ: ތިބާއަށް މިކަން ކުރީ ކާކުހެއްޔެވެ؟ މިވެނި މީހެއް ހެއްޔެވެ؟ އެވެނި މީހެއް ހެއްޔެވެ؟ އެއީ ޔަހޫދީ ކަލޭގެއެއްގެ ނަން ގަނެވުމާއި ހަމައަށެވެ. އެހިނދު އެކުއްޖާ ބޯޖެހިއެވެ. އެހެންކަމުން އެ ޔަހޫދީ ކަލޭގެ އަތުލައިގަނެވި އޭނާ އެކަމަށް އިޤުރާރުވެއްޖެއެވެ. ދެން އޭނާގެ ބޯ ދެހިލަ ދެމެދަށް އެފަދައިން ޗިސްކުރުމަށް ރަސޫލު ﷲ ﷺ އަމުރު ކުރެއްވި އެވެ." އަދި އެހެން⁽⁵⁾ ރިވާޔަތެއްގައިވެއެވެ: "އެހެންކަމުން ދެހިލަގަނޑު މެދަށް ރަސޫލު ﷲ ﷺ އެކަލޭގެ ގަތުލު ކުރެއްވިއެވެ." އަދި މިއީ ޞަރީޙަ ޞަޢްޙަ ނައްޞެކެވެ.
އަދި މިތަބައުވެގެން ވަނީ އެއިލާހު تَعَالَى ގެ މިބަސްވަޙީ އަށެވެ: {وَإِنْ عَاقَبْتُمْ فَعَاقِبُوا بِمِثْلِ مَا عُوقِبْتُمْ بِهِ} (އަދި ތިޔަބައިމީހުން، عقوبات ދޭނަމަ، ތިޔަބައިމީހުންނަށް عقوبات ލިބުނު ފަދަޔަކުން، ފަހެ، ތިޔަބައިމީހުން عقوبات ދޭށެވެ!) ، އަދި އެއީލާހުގެ ވަޙީ : {فَاعْتَدُوا عَلَيْهِ بِمِثْلِ مَا اعْتَدَى عَلَيْكُمْ} (ފަހެ، ތިޔަބައިމީހުންގެ މައްޗަށް ދެކޮޅުވެރިވެ حملة ދިން ބަޔެއްގެ މައްޗަށް އެއުރެން ދެކޮޅުވެރިވެ حملة ދިން ފަދަޔަކުން ތިޔަބައިމީހުން ދެކޮޅުވެރިވެ حملة ދޭށެވެ!) . ދެންފަހެ އެއުރެން މީގެ މައްޗަށް (ދެކޮޅުހަދައި) ދަލީލު ކުރަން ގެންނަ ޖާބިރު⁽⁶⁾ ގެ ޙަދީޘް، އެއީ މުޙައްދިޘުންގެ އަރިހު ޟަޢީފު ޙަދީޘެކެވެ. ޞައްޙަ މަގަކުން އެ ރިވާވެފައި ނުވެއެވެ. ޞައްޙަ ވީހީ ނަމަ، އަހަރެމެން އެއަށް (އެހެންވިޔަސް، ދަލީލު ނުކުރެވޭނޭ ކަމާއިމެދު) ރައްދުދިނީމުހެވެ. އަދި (ޙައްޤު ބަހަކީ) ދަގަނޑުން މަރައިފިނަމަ ވަނީ ދަގަނޑުން މެރުން ކަމެވެ. މިއަށް ދަލީލު ދެނީ އަނަސް ގެ ޙަދީޘެވެ: އެއީ ޔަހޫދީއެއް، އަންހެން ކުއްޖެއްގެ ބޯ ދެހިލަ ދެމެދަށް ޗިސްކުޅަ ކަމެވެ. އެހެންކަމުން ރަސޫލު ﷲ ﷺ އެކަލޭގެ ބޯ ދެހިލަ ދެމެދަށް ޗިސް ކުރެއްވިއެވެ. ޢަދި (ބަދަލު ހިފުނަށް) އެއްފަދަ ކުރުމަށް ނަހީ ކުރުމާއި މެދުވެސް، (ކުށާއި) އެއްފަދައިން ބަދަލު ނުހިފޭނޭ ބުނާނަމަ، އަހަރެމެން ގާތު އެއުރެންނަށް ޖަވާބުވެއެވެ. ވީމާ އެފަދައިން ކަމެއް ކޮށްފިނަމަ ހަމަ އެފަދައިން އަހަރެމެން (ބަދަލުގައި) ކުރަމުއެވެ. އަދި މިއަށް ދަލީލު ކުރަނީ އަލްޢުރަނިއްޔީން⁽⁷⁾ ގެ ޙަދީޘެވެ. އަދި އެއީ އިމާމުން ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘެކެވެ. އަދި އިތުރުއެކަލޭގެފާނުން ގެ ޙަދީޘް: لَا يُعَذِّبُ بِالنَّارِ إِلَّا رَبُّ النَّارِ (އަލިފާނުން ޢަޛާބު ދިނުމެއް، އަލިފާނުގެ ވެރި ރައްބަށް މެނުވީ ނުވެއެވެ.) ، މިކަން ޞަޢްޙަވެގެންވަނީ އެންދުން ހިނގާފައި ނުވާނަ ޙްލަތުގައެވެ. (އެބަހީ، އިސްވެ ކުރުމެވެ.) އެހެންކަމުން އަންދައިފިއްޔާ ވަނީ އެންދުނެވެ. މިއަށް ދަލީލު ކުރަނީ ޤުރުއާނުގެ (ދެލިގަނޑުން) ޢާންމު މާނައެވެ. އައްޝާފިޢީ ވިދާޅުވިއެވެ: "ދަނެހުރި އަލިފާނަށް ކޮއްޕައިފިނަމަ، އޭނާވެސް ޤަތުލުވުމާއި ހަމައަށް ވަނީ، އަލިފާނަށް ކޮއްޕުމެވެ." އަދި އަލްވަޤާރު އެކަލޭގެފާނު ގެ "މުޚަތަޞަރު"ގައި މިޤަޥްލު، މާލިކު އަރިހުން ޛިކުރު ކުރެއްވިއެވެ. އަދި އެއީ މުޙައްމަދު ބުނި ޢަބްދިލް ކަރީމް ގެ ބުނުން ވެސްމެއެވެ. އިބްނުލް މުންޛިރު ވިދާޅުވިއެވެ: "އަދި މީހެއްގެ ކަރުގައި ހިފައި (ނޭވާ ހާސްކޮށް) މަރައިފި މީހާ އާއިމެދު، ވަރަށް ގިނަ ޢިލްމުވެރިންގެ ބަސްފުޅަކީ: އެމީހަކަށް ބަދަލުގައި އެކަން ކުރުމެވެ. އަދި މުޙައްމަދު ބުނު ޙަސަން މިއާއި ޚިލާފުވިއެވެ.... އަދި އެހެނަސް ނަބިއްޔު ﷺ ކުޑަ އަންހެން ކުއްޖެއްގެ ބޯ ހިލައިން ޗިސްކުރި ޔަހޫދީ ކަލޭގެއަށް، އެކަމުގައި އެފަދައިން ބަދަލުހިއްޕެވިއެވެ. އަދި މީގެ (އެބަހީ: އެއްގޮތްކުރުމުގެ) މާނައަކީ މިއެވެ. އަދި އެކަލޭގެފާނު (އެބަހީ: މުޙައްމަދު ބުނު ޙަސަން) ގެ ބަސްފުޅަކަށް މާނައެއް ނުވެއެވެ.“
~ ގަލަންދާނު
___________
[4] ޞަޙީޙް ޢަލްބުޚާރީ (2413)
[5] ޞަޙީޙް ޢަލްބުޚާރީ (6879)
[6] ޖާބިރު، އެބަހީ ޖާބިރު އައްޖަޢްފީ، މިއީ ތަފްޞީލު ނޯޓް 2 ގައިވާ ޙަދީޘް އަށް އިޝާރާތްކޮށެވެ. އެއީ ސުނަން އިބުނު މާޖާ (2667) ގައިވާ ފަދައިން، ޖާބިރު އައްޖަޢްފީ މެދުވެރިކޮށް، އަބޫ ޢާޒިބު ފުށުން، އައްނުޢްމާނު ބުނު ބަޝީރު އަރިހުން ވާރިދުވެފައިވާ ޙަދީޘެކެވެ. އަދި އަލްއަރްނައޫޠު ވިދާޅުވިއެވެ: "މީގެ އިސްނާދު ވަރަށް ބޮޑަށް ބަލިކައްޓެވެ. އެއީ ޖާބިރު އައްޖަޢްފީ ގެ ޟަޢީފުކަމުގެ ސަބަބުންނެވެ. އަދި އަބީ ޢާޒިބު ގެ ތަރުޖަމާ (ކާކުކަން) ނޭގޭތީއެވެ...." (އިތުރު ތަފްޞީލަށް، ދެވަނަ ތަފްޞީލު ނޯޓަށް ރުޖޫޢަވޭ. އަދި ސުނަން އިބްނު މާޖާގެ މިޙަދީޘް ގެ އަލްއަރްނައޫޠު ގެ ތަޢްލީޤު އަށް ބަލާ)
[7] ޞަޙީޙް އަލްބުޚާރީ (6803)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.