وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌۚ﴾
🔻🔻
﴿وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌۚ﴾
[الحشر:9]
”...އަދި (ޢަންޞާރުން) އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް، އެ (މުހާޖިރު) ބޭފުޅުންނަށް އިސްކަންދެތެވެ. އެއުރެންގެ އަމިއްލަ ނަފުސަށް އެއަށް ބޭނުންތެރިކަން ބޮޑުވެފައި ވީހިނދުވެސްމެއެވެ...“
އަލްޙަސަނުލް ބަޞްރީ رحمه الله تعالى ވިދާޅުވިއެވެ: ”އޭގެ ތެރެއިން ބޭފުޅެއް އޭނާގެ އަންނަފޮތިގަނޑު އޭނާގެ އަޚާއަށްޓަކައި އިރާލިއެވެ. ދެމީހުން ދެމެދު ހަމަޔަށް ބެހުމަށްޓަކައެވެ.“
—އަލްޢަލްވާން ގެ #الولاء_والبراء އިން.
އަހަރެން ބުނަނެވެ: އައްޝެއިޚް ޞާލިޙުއް ޞޫމާލީ އަހަރެން ގާތު ވިދާޅުވިއެވެ: ”އަންޞާރުން އެވެރިންގެ ހެދުން އަލަމާރިތައް ހުޅުވައި އަހަރެން ގާތު ބުންޏެވެ: ބޭނުން އެއްޗެއް ބޭނުންވާ ވަރަކަށް ނަގާށެވެ.“ އެއީ އެވެރިންގެ ފަޤީރުކަމާއިވެސް އެކުގައެވެ.
ﷲ ތަޢާލާ އެއެންމެ މަތިވެރި ބޭކަލުންނަށް ރަޙުމަތްލައްވައި ޖަންނަތުގެ ހިޔާވެހިކަން ދެއްވާށިއެވެ.
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.