ﷲ تعالى ވަޙި ކުރެއްވިއެވެ
ﷲ تعالى ވަޙި ކުރެއްވިއެވެ:
(ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ)
"ތިޔަބައިމީހުންގެ ހިތްތަކަށާއި، އެކަނބަލުންގެ ހިތްޕުޅުތަކަށް އެންމެ ޠާހިރުކަންބޮޑީ އެގޮތެވެ."*
ޞަޙާބިއްޔަ ބޭކަލުން -رضي الله عنهم- ގެ ހިތްތަކަށް ޠާހިރުކަމެއް ގޮތުގައި ފަރުދާ ލައްވާފައިވާނަމަ، އަދި އެބޭފުޅުންނީ ފަޟުލުވަންތަކަމާއި ދަރަޖައިގެ ބޭފުޅުންކަމުގައި ވީހިނދު، އަދި ﷲ ގެ ރަސޫލު ﷺَ ގެ އަނބިއަނބި ކަނބަލުންގެ ހިތްތަކަށްވެސް (ވާޠާހިރުކަމެއް ކަމުގައި) ވީއިރު، އަދި އެބޭކަނބަލުންނަކީ ޠާހިރުވަންތަކާއި ޢިއްފަތުގެ ބޭކަނބަލުންނަށްވީހިނދު، އެބޭކަލުންނާއި އެބޭކަނބަލުންނަށް ފަހު އައިމީހުންނަށް އަދިކޮބައިހެއްޔެވެ؟ އެއީ އެބޭކަލުންނާއި އެބޭކަނބަލުންނަށް ވުރެ އެތައްގުނައެއް ދަށުގައިވާ ބަޔެކެވެ. އެހެންކަމުން - އައުލާކަމުގެ މަގަށް ބަލާއިރު - މިޙުކުމް އެވެރިންނަށް އިސްވެގެންވެއެވެ.
~ ޝެއިޚް ޢަބްދުﷲ އައްސަޢްދު
* http://quran.mv/#!/33/53
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.