وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌۚ◀️”...އަދި (ޢަންޞާރުން) އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް، އެ…

📖▶️وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌۚ◀️”...އަދި (ޢަންޞާރުން) އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް، އެ (މުހާޖިރު) ބޭފުޅުންނަށް އިސްކަންދެތެވެ. އެއުރެންގެ އަމިއްލަ ނަފުސަށް އެއަށް ބޭނުންތެރިކަން ބޮޑުވެފައި ވީހިނދުވެސްމެއެވެ...“ [الحشر:9]
އަލްޙަސަނުލް ބަޞްރީ رحمه الله تعالى ވިދާޅުވިއެވެ:
”އޭގެ ތެރެއިން ބޭފުޅެއް އޭނާގެ އަންނަފޮތިގަނޑު އޭނާގެ އަޚާއަށްޓަކައި އިރާލިއެވެ. ދެމީހުން ދެމެދު ހަމަޔަށް ބެހުމަށްޓަކައެވެ.“
—އަލްޢަލްވާން ގެ #الولاء_والبراء އިން.
📝 އަހަަރެން ބުނަމެވެ:
އައްޝެއިޚް ˺ޢަބްދުލް ޙަފީޡް˹ ޞާލިޙުއް ޞޫމާލީ رحمه الله އަހަރެން ގާތު ވިދާޅުވިއެވެ: ”މަރަކީން އަފްޣާނިސްތާނުގެ ޢުދުވާން ފެށުމުން، އަހަރެމެންގެ ޢާއިލާތައް ހާލުގައި ޖެހި ޤަބީލާ ސަރައްދުތަކަށް ދިޔަހިނދު، އެތާނގެ އަންޞާރުން އެވެރިންގެ ހެދުން އަލަމާރިތައް ހުޅުވައި އަހަރެން ގާތު ބުންޏެވެ: ބޭނުން އެއްޗެއް ބޭނުންވާ ވަރަކަށް ނަގާށެވެ. ...އެއީ އެވެރިންގެ ފަޤީރުކަމާއިވެސް އެކުގައެވެ.“
ﷲ تعالى އެއެންމެ މަތިވެރި ބޭކަލުންނަށް ރަޙުމަތްލައްވައި ޖަންނަތުގެ ހިޔާވެހިކަން ދެއްވާށިއެވެ. آمين.
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.