ރޭގަނޑުގައި ހޭލެވިއްޖެނަމަ ކިޔާ ޛިކުރަށް ތަފްސީލެއް
📚 ރޭގަނޑުގައި ހޭލެވިއްޖެނަމަ ކިޔާ ޛިކުރަށް ތަފްސީލެއް
ޢަބްދު ﷲ ބިން އައްޞައްމާތު -رضي الله عنه - އަރިހުން، ނަބިއްޔާ ﷺَ ޙަދީޘް ކުރެއްވިޔޭ ރިވާވެގެންވެއެވެ:
”ރޭގަނޑުގެ ތެރޭ ހޭލެވޭ މީހާ، ދެން އޭނާ:
لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ. الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلاَ إِلَهَ إِلاَّ اللَّهُ، وَاللَّهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
ކިޔައި، އެއަށް ފަހު: اللَّهُمَّ اغْفِرْ لِي (ޔާ ﷲ އަހަރެންގެ ފާފަ ފުއްސަވާށި) އޭ ކިޔައިފިނަމަ - ނޫނީ - ދުޢާކޮށްފިނަމަ، އެޔެއް އިޖާބަވެވިގެން ވެއެވެ. އަދި އޭނާ ވުޟޫއުކޮށް ނަމާދުކޮށްފިނަމަ އެނަމާދެއް ޤަބޫލުވެވިގެންވެއެވެ.“
ރިވާކުރެއްވީ البخاري.
• ހޭލެވުމޭ އޮތްބަސް تعار: އެބަހީ، ގަސްތުގައި ނޫނީ ގަސްތަކާއި ނުލައިވިޔަސް ރޭގަނޑުގެ ތެރޭ ހޭވެރިކަން އައުމެވެ. އިބްނު މާޖާ ގެ ޝަރަޙައިގައި، އައްޞުޔޫތީ ވިދާޅުވިއެވެ: "އަދި މިއީ ވާހަކަދެއްކުމަކާއި ލައިގެން މެނުވީ ނުއަންނަ ހޭލެވުމެކެވެ. އެހެންޏާ އިސްތިޣްފާރު ނޫނީ ތަސްބީޙަ ނޫނީ އެނޫން ކަމަކާއި އެކު އަންނަ ހޭވެރިކަމެކެވެ."
• އަދި މިބަސްފުޅު: "އެއަށް ފަހު اللَّهُمَّ اغْفِرْ لِي އޭ ކިޔައިފިނަމަ - ނޫނީ - ދުޢާކޮށްފިނަމަ" —މިތާގައި މިވަނީ ރިވާކުރެެއްވި ބޭފުޅާގެ ޝައްކެކެވެ. އެބަހީ: އިތުރުއެކަލޭގެފާނު އެހެންޏާ ޙަދީޘް ކުރެއްވީ: " އެއަށްފަހު اللَّهُمَّ اغْفِرْ لِي އޭ ކިޔުމުން އޭނާއަށް ފުއްސެވޭނެ" އޭ އެވެ. ނޫނީ ޙަދީޘް ކުރެއްވީ: "ދުޢާ ކުރުމުން އެ އިޖާބަވެވޭނެ" އޭ އެވެ. އަދި މިމާނަ ފުޅާވެގެންވާ ގޮތުގައި ބޭނުންކުރެވިދާނެއެވެ. އެއީ «اللَّهُمَّ اغْفِرْ لِي» އާއި އެކު ދުޢާ ކުރުމެވެ. الله أعلم.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.