ﷲ عزّوجلّ ވަޙީކުރެއްވިއެވެ: ﴿وَجٰهِدُواْ فِي اللَّهِ حَقَّ جِهَادِهِ﴾ ”އަދި ﷲ ގެ މަގުގައި ޖިހާދުކުރުން ޙައްޤު ވެގެންވާ ގޮތުގައި…
••
❞ ﷲ عزّوجلّ ވަޙީކުރެއްވިއެވެ: ﴿وَجٰهِدُواْ فِي اللَّهِ حَقَّ جِهَادِهِ﴾ ”އަދި ﷲ ގެ މަގުގައި ޖިހާދުކުރުން ޙައްޤު ވެގެންވާ ގޮތުގައި ތިޔަބައިމީހުން ޖިހާދު ކުރާށެވެ.“ (الحج 78)
މީގައި ﷲ އެއަކަށް އަމުރު ކުރެއްވި ކަނޑީގެ ޖިހާދާއި ދުލާއި ޙުއްޖަތާއި ބަޔާން ކުރުމުގެ ޖިހާދު ޝާމިލުވެގެން ވެއެވެ.
އަދި އެނގިގެންވާ ފަދައިން، ޙުއްޖަތާއި ބަޔާނުގެ ޖިހާދު ވަނީ ކުރިޔަށެވެ. އެހެނީ އެއީ އަސާސެވެ. އަދި ބިންގަލެވެ. ދެން އެއަށް ތަބައުވެގެން ވަނީ ކަނޑި އާއި ތީރުތިލައިގެ ⁽¹⁾ ޖިހާދެވެ.
އަދި މި އާޔަތުގެ ދަށަށް، ޖިހާދަށް އަމުރުވެވިގެންވާ އެންމެހާ އާޔަތްތަކެއް ވަދެގެން ވެއެވެ. ❝
— އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (މަޞްދަރު)
~ ގަލަންދާނު
____________
[1] (سنان) ތީރުތިލަ: ތީރު/ދުނި އަދި ލޮންސީގެ ކޮޅުގައި ހަރުކޮށްފައިވާ ކޮޅަށް ތޫނު ތިލަ. ޢާންމުކޮށް ހަދާފައި ހުންނަނީ ދަގަނޑުން ނުވަތަ ހިލައިން. (ބަސްފޮތުގައި މިދަގަނޑު ގަނޑަށް "ތިލަ" އޭ ނިސްބަތްކޮށްފައޮވޭ، ބައްލަވާ "ލާމު" ގެ ރަދީފު ދަށުން "ލޮންސި".)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.