3⃣އަލްބުޚާރީ ”الأدب المفرد” (324) ގައި حَسَّانَ بْنِ كُرَيْبٍ އަރިހުން ރިވާކުރެއްވިއެވެ
—②—
3⃣އަލްބުޚާރީ ”الأدب المفرد” (324) ގައި حَسَّانَ بْنِ كُرَيْبٍ އަރިހުން ރިވާކުރެއްވިއެވެ:
عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللهُ عَنْهُ ވިދާޅުވިޔޭ:
«الْقَائِلُ الْفَاحِشَةَ، وَالَّذِي يُشِيعُ بِهَا، فِي الإِثْمِ سَوَاءٌ»
((ފާޙިޝު ބަހެއް ބުނާ މީހަކާއި އެޔެއް ފަތުރާ މީހާ ވަނީ ފާފައިގައި އެއްހަމަ ވެގެންނެވެ.)) ⁽²⁾
4⃣އިބްނު ޢުޘައިމީން އާއި ސުވާލު ވެވުނެވެ:
ސުވާލު: ވަޢުޡެއްގައި މުންކަރާތެއްގެ ވާހަކައެއް (އިބުރަތަކަށްޓަކައި) ދެއްކުމީ ، ފާޙިޝު ފެތުރުން ކަމުގައި ވާނޭ ހެއްޔެވެ؟
ޖަވާބު: ”ވަޢުޡު ބުނުމުގައި... މިންބަރުތަކުގައި އަދި އެއްވުންތަކުގައި [ފާޙިޝު ކަމެއްގެ ވާހަކަ ބަޔާން ކުރުމާއި މެދު ބުނަމެވެ..] އެކަންތައް ރަނގަޅުކަމަށް އަހަރެން ނުދެކެމެވެ. އޭގައި އެއްވެސް މަޞްލަޙަތެއް ނުވެއެވެ. ދަންނައެ! މުންކަރާތް ތަކުގެ ވާހަކަ ކަންފަތްތަކުގައި ޖެހެމުންދާނަމަ، ނަފްސުތައް އެއަށް ހޭނި އެއީ ލުއި އެއްޗަކަށް ވެދެއެވެ. މިސަބަބަށްޓަކައި މިޘާލަކަށް، (ނޭދެވޭ) އަޚްލާޤީ ވަކި ވާހަކައެއް ތިބާއަށް ފުރަތަމަ ފަހަރަށް އިވޭ ހިނދުގައި، އޭގެ ސަބަބުން ވަރަށް ބޮޑަށް އުދަގޫވެދާނެއެވެ. އެވާހަކައެއް ދެވަނަ ފަހަރަށް އަންނަ ހިނދުގައި ތިބާ ބުނެލާނީ އާނއެކޭއެވެ. (މާނައީ: އެއަށް ހޭނި އެކަން އަޑު އިވުމުން ވާ ނުރުހުންތެރިކަން ކުޑަވެއެވެ.)
~ ގަލަންދާނު 🖋
ــــــــــــــــــ
[2] އައްސަޢްދު ވިދާޅުވިއެވެ: މިރިވާޔަތް މަޥްޤޫފެވެ. حَسَّانَ بْنِ كُرَيْبٍ އާއި ހަމަޔަށް އޭގެ ސަނަދު ”ޙަސަން“ އެވެ. އަދި އެކަލޭގެފާނު ޢަލީގެފާނާއި (ސީދާ) ބައްދަލުވެވަޑައިގަތްކަމެއް ނުވާ ކަމެއް އެނގޭން ނެތެވެ... އަދި އިބްނު ޙިއްބާން ވަނީ حَسَّانَ بْنِ كُرَيْبٍ އިތުބާރުހުރި ރާވީންގެ ތެރޭގައި ދިކުރުކުރައްވާފައެވެ. (الأدب المفرد ގެ ތަޢްލީޤު، ޞ. 251)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.