ދަޢުވަތަށް ތިބާގެ އަތެއް
📚 ދަޢުވަތަށް ތިބާގެ އަތެއް...
ހަމަކަށަވަރުންވެސް اللَّهُ ތަޢާލާއަކީ އެންމެ މަތިވެރި އިންސާފުވެރި ފަރާތެވެ. އެއިލާހު އެއްވެސް ފަރާތަކަށް ނުއުފުލެވޭ ވަރުގެ ބުރައެއް ނުޖައްސަވާނެއެވެ. اللَّهُ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. {لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا} (البقرة 286) މާނައީ : اللَّهُ، އެއްވެސް ނަފުސަކަށް، އެ ނަފުސަކަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ. މީގެ މުރާދަކީ، އެއްވެސް ޙާލެއްގައި އިންސާނާ ހުރިހާ ޒިންމާތަކުން ބަރީޢަ ވެގެންވުމެއްނޫނެވެ.ރަސޫލާ صلي الله عليم وسلم ޙަދީޘް ކުރައްވާފައިވެއެވެ. ((كُلُّكُمْ رَاعٍ وَكُلُّكُمْ مَسْؤول عَنْ رَعِيَّتِهِ، ... )) (البخاري , مسلم ) މާނައީ: ތިޔަބައިމީހުންގެ ތެރެއިން ކޮންމެމީހަކީވެސް، ބެލެހެއްޓުންތެރިއެކެވެ. އަދި އޭމީހެއްގެ ބެލުމުގެ ދަށުގައިވާ މީހުނާމެދު ސުވާލު ވެވޭނެ މީހެކެވެ. އަދި އެހެން ޙަދީޘް ބަސްފުޅެއްގައި ރަސޫލާ صلي الله عليم وسلم ޙަދީޘް ކުރައްވާފައިވެއެވެ. ((بلِّغوا عني ولو آية، ... )) (البخاري) މާނައީ: ތިމަންކަލޭގެފާނުގެ ފަރާތުން އެންމެ އާޔަތެއް ވިޔަސް ތިޔަބައިމީހުން (އަނެކާއަށް) ފޯރުރޮށްދޭށެވެ! މިތާގައިވާ އަމުރަކީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ވާ އަމުރެކެވެ. އެހެނީ ފިޤުހީ ޢިލްމުވެރިން ވިދާޅުވަނީ "އަމުރުން ދަލާލަތު ކުރަނީ، ވާޖިބުކަމަށެވެ." މި ޙަދީޘްގެ ޝަރަޙާގައި އައްޝައިޚު މުބާރަކުޕޫރީ ވިދާޅުވެފައިވެއެވެ. "أي ولو كانت آية قصيرة من القرآن، والقرآن مبلغ عن رسول الله صلى الله عليه وسلم، الجائي به من عند الله، ويفهم منه تبليغ الأحاديث بالطريق الأولى." ( އެބަހީ، ޤުރުއާނުން ކިތަންމެ ކުރު އާޔަތެއްކަމުގައި ވިއަސްމެއެވެ. އަދި ޤުރުއާނަކީ ރަސޫލާ صلي الله عليم وسلم ގެ ފަރާތްޕުޅުން، އައިސްފައިވާ އެއްޗެކެވެ. އެ (އަހަރުމެންނާ) ހަމައަށް ގެންނެވި ފަރާތަކީ އެކަލޭގެފާނެވެ. އަދި މީގެން ދޭހަވާ އަނެއްކަމަކީ، ޙަދީޘްބަސްފުޅުތައް ފޯރުކޮށްދިނުން ވަކިން އައުލާކަން ބޮޑުކަމެވެ.)
އެހެނަސް ދަންނަންޖެހޭ ޙަޤީޤަތަކީ، މިކަމުގައި ބައިވެރިވެ، މި މަތިވެރި ދީނަށް ޚިދުމަތް ކުރުމެގެ ތައުފީޤު اللَّهُ ތަޢާލާ އެކިފަރުދުންނަށް، ދެއްވަނީ އެކިވަރަށެވެ. އެހެނަސް މީ ކޮންމެ މުސްލިމަކަންމެ ހުޅުވިފައިވާ ދޮރެކެވެ. އަދި އެމީހެއްގެ ޤާބިލުކަމާއި، ކުޅަދާނަކަން ހުރިމިންވަރަކުން މިކަންކުރުމަކީ ހަމަ އެންމެ މޮޅުއިތުރުވެގެން ވާގޮތެވެ.
ކޮންމެއަކަސް ޒަމާންބަދަލުވެ، ދުނިޔެއަށް އަދި ބަދަލުތަކާއި އެކު ދަޢުވަތުގެ މައިދާނުވެސް ވަނީ ބަދަލުވެފައެވެ. އަދި މި މައިދާނުގައި އަހަރުމެން ފައިތިލަޘާބިތުކޮށް ހިފެހެއްޓުމަކީވެސް މި ޢަޤީދާގެ ކޮންމެފަރުދެއްގެވެސް ޒިންމާއެކެވެ. އަދި މިކަމުގައި ތިމާގެ ޒިންމާ އަދާ ކުރުމަށް ހުރިހާ އަޚުންނާއި، އުޚްތުންނައްވެސް ނަޞީޙަތްތެރިވަމެވެ.
އިމާމު އަލްއަޢްޒާޢީގެ ފަރާތުން ވާރިދުވެފައިވެއެވެ. " كان يقال : ما من مسلم إلا وهو قائم على ثغرة من ثغر الإسلام ، فمن استطاع ألا يؤتى الإسلام من ثغرته فليفعل " (ކުރީގައި) ބުނެއުޅެއެވެ. މުސްލިމުންގެ ތެރެއިން ކޮންމެ މީހަކުވެސް ވަނީ، އިސްލާމުދީނުގެ ދިފަޢީ މަރުކަޒުތަކުންކުރެ، މަރުކަޒެއްގައެވެ. ފަހެ އެމީހަކަށް ވީވަރަކުން، އެމީހަކު ހުރި މަރުކަޒަކާ ދިމާލުން، އިސްލާމްދީނަސް ހަމަލާއެއް ނާންނާނެގޮތެއް ވާނަމަ، އެގޮތައް ކަންކުރާހުށިކަމެވެ.
ޝެއިޚް އަބޫ ޢަބްދު اللَّهُ އަލްމަޖޫދީ
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.