ޖަޢުފަރު ބުނު މުޙައްމަދު ވިދާޅުވި އެވެ: ފިރިހެނުން ހަތަރެކެވެ: އެނގޭ މީހެއް، އަދި އޭނާއަށް އެނގޭކަންވެސް އޭނާ ދަނެއެވެ. މިއީ…
②
ޖަޢުފަރު ބުނު މުޙައްމަދު ވިދާޅުވި އެވެ: ފިރިހެނުން ހަތަރެކެވެ: އެނގޭ މީހެއް، އަދި އޭނާއަށް އެނގޭކަންވެސް އޭނާ ދަނެއެވެ. މިއީ ޢިލްމުވެރިޔެކެވެ. އޭނާ ފުށުން ޢިލްމު އުނގެނޭށެވެ. އަދި އެނގޭ މީހެއް، އަދި އެހެނަސް އޭނާ އަށް އެނގޭކަން އޭނާ އަށް ނޭނގެއެވެ. އެއީ ނިދާފައިހުރި މީހެކެވެ. އޭނާ އަށް ހޭލައްވާލާ ށެވެ. ނޭނގޭ މީހެކެވެ. އަދި އޭނާއަށް ނޭނގޭކަން ވެސް އޭނާއަށް އެނގެއެވެ. އެއީ ޖާހިލެކެވެ. އޭނާއަށް އުނގަންނައިދޭށެވެ. ނޭނގޭ މީހެކެވެ. އަދި އޭނާއަށް ނޭނގޭކަން ވެސް އޭނާއަށް ނޭގެއެވެ. އެއީ ގަމާރެކެވެ. އޭނާ އާއި ދުރުހެލިވެގަންނާށެވެ.
⬆️ގަމާރުންނާއި އެކު ނުއިށިންނާށެވެ.
ޝުޢުބާ ވިދާޅުވި އެވެ: އަހަރެމެން ގެ ބުއްދި އަކީ މަދު އެއްޗެކެވެ. އެހެންކަމުން އެއަށްވުރެ ބުއްދި މަދު މީހަކާއިއެކު އިށީނދެއްޖެ ނަމަ އެމަދު އެތިކޮޅު ހިނގައިދެއެވެ. އަހަރެންނަށް އެމީހަކަށްވުރެ ބުއްދި މަދު މީހަކާއި އެކު މީހެއް އިށީންތަން ދެކުނީމެވެ. އެހެންކަމުން އޭނާފުށުން ދުރުވިމެވެ.
ބައެއް ޙިކުމަތް ތެރިން ބުނެތެވެ: ބުއްދި ވެރިޔާގެ ކޮއްތު ވަނީ އޭނާގެ ނަފްސުގެ މައްޗަށެވެ. އަދި ގަމާރުންގެ ކޮއްތުވަނީ މީސްތަކުންގެ މައްޗަށެވެ. އާދި އެމީހަކަށް ބުއްދިއެއް ނުވެއްޖެ މީހާ، އޭނާ އަށް ދުނިޔެއެއްވެސް އާޚިރަތެއްވެސް ނެތެވެ.
⬆️ގަމާރުން ފަރާތުން ދީނަށް ލިބޭ ގެއްލުން
ސަޢީދުލް ކަމަލީ ވިދާޅުވި އެވެ:
"ﷲގެ ދީނުގައި މީހުންނަށް ލައިގަންނަ މުޞީބާތް، އެއަށް އަރަފޯދިގެން ނުވާ މީހުން ދީނުގެ ކަންކަމުގައި ތެދުވެ ކުރާ ކަންކަމުން މާބޮޑެވެ. އަޅެފަހެ އެވެރިންގެ ޢަމަލުތަކުން ހުރި ހިތާމައެކެވެ! އެހެނީ އަމިއްލަ މީހާގެ ދިފާޢުއަށް އެވެރިންފުށުން މިދީނަށް ލިބޭ ގެއްލުން، މިދީނަށް (ސީދާ) ގެއްލުން ދިނުމަށް ފޫގަޅާފައިވާ މީހުންނަށް ވުރެ ބޮޑެވެ.
އެހެންކަމުން ބުނެވެއެވެ: "ޘާބިތު ޢަދުއްވަކަށްވުރެ ގަމާރު ރަހުމަތް ތެރިއެއްގެ ގެއްލުން ބޮޑެވެ."
صديق احمق اشد اضرارًا من عدو حازم
ކިތައްފަހަރަށް މީހަކު ވަޢުޡު ބުނާތަން އަހަރެމެންނަށް ފެނޭހެއްޔެވެ؟ އެހެންކަމުން މީސްތަކުން އޭނާ ގާތަށް ޝުބުހެއް (ކަމެއްގައި އަރާފައިވާ އޮޅުމެއް) ހުށަހަޅައެވެ. ދެން ހިފެހެއްޓުމެއް ނުވާ (ބޭނުން ގޮތަކަށް ފުރޮޅޭ) ބަސްތަކަކުން އޭނާ ޖަވާބުދެއެވެ. އެއް ޝުބުހު ދިހައެއްޗެއް އޭނާ ހަދާލައެވެ. ... ހަނުހުރެ އެޔާއި އަޅާނުލީހީނަމައެވެ."
⬆️މުސްލިމުންގެ ޖިހާދުން ގަމާރުން ދުރުކުރުން
އިބްނުލް އަޢްރާބީ ވިދާޅުވިއެވެ: "...(ގަމާރަކީ) ބުއްދި އާއި ރައުޔުގެ "ފައިދާއެއް" ނުކުރާ މީހެއް ފަދައެވެ. އެހެންކަމުން ހަނގުރާމައިގެ އެއްވެސް ކަމެއްގައި އޭނާއާއި މަޝްވަރާވެސް ނުކުރާށެވެ. އަދި ނުވެސް ހުށަހަޅާށެވެ."
ޝެއިޚް އަބޫ ޢަލީ އަލްއަންބާރީ ވިދާޅުވިއެވެ:
ހޭވެރިވާށެވެ! ހޭވެރިވާށެވެ! އަދި (ބުނެވެއެވެ)
واجتنب صحبة الحمقى وأرباب البخل
"ގަމާރު މީހުންނާއި ބޮޑެތި ބަޚީލުންނާއި އެކުގައިވުމުން ދުރުހެލިވާށެވެ." ހޭވެރިވާށެވެ! އެމީހުން ބައިކޮށްލާށެވެ. އަދި ޖިހާދުގައިވާނަމަ އެބައިގެ ބޭނުމެއް އެެއްގޮތަކަށްވެސް ނުވެއެވެ. ކީއްވެހެއްޔެވެ؟
ފުރަތަމަކަމަކަށް، ބުނެވެއެވެ:
لكل داءٍ دواءٌ يُسْتَطَبُّ بهِ ••• إلاّ الحماقَةَ أَعيتْ من يُداويها
ކޮންމެ ބައްޔަކަށް ވެޔޭ ބޭހެއް އެއަށް ފަރުވާދޭވޭ
••• ގަމާރުކަމަކަށް ނޫނޭ، އެއަށް ފަރުވާދޭފަރާތް އެއިން ލޮޑު ކުރުވަޔޭ
އެހެންކަމުން އެކުގައި އުޅޭ މީހުންތެރޭ އޭނާ ނުހިމަނާށެވެ.
އަދި ބުނެވެއެވެ:
صديق احمق اشد اضرارًا من عدو حازم
"ޘާބިތު ޢަދުއްވަކަށްވުރެ ގަމާރު ރަހުމަތް ތެރިއެއްގެ ގެއްލުން ބޮޑެވެ."
އެހެންކަމުން ގަމާރު މީހުންނާއި ބަޚީލުންގެ ބޮޑެތީންނާއި ގާތްވުމުން ދުރުހެލިވާށެވެ."
⬆️ބުއްދި އެއް ނެތް ކޮންމެ ރައްޓެއްސަކީ ޢަދުއްވެކެވެ.
ޢަބްދު ﷲ ބުނު ދާވޫދުލް ޙަރްބީ ވިދާޅުވިއެވެ: ޢަދުއްވަކަށް ވުރެ ބޮޑަށް، ބުއްދި އެއް ނެތް ކޮންމެ ރައްޓެއްސަކީ ތިބާގެ މައްޗަށް ވާ ނުރައްކަލެކެވެ .
ބިޝްރު ބުނުލް ޙާރިޘް ވިދާޅުވި އެވެ: "ގަމާރަކަށް ބެލުމުން ލޯ އަނދައެވެ." އަދިވެސް ވިދާޅުވި އެވެ: ދަވްލަތް (ވެރިކަމާއި ބަސްބުނުން) ގަމާރުންނަށް ވާ ޒާމާނެއް، މީސްތަކުންގެ މައްޗަށް އަންނާނެއެވެ.
⬆️ގަމާރުންނާއި އެކު ޢަމަލު ކުރަންވީ ކިހިނަކުން ހެއްޔެވެ؟
ޙަކީމެއް ބުންޏެވެ: ކޮންމެ ކޮންމެ މީހަކަށް ގަމާރަކާއި މުޢާމަލާތް ކުރާކަށް ނޭނގެއެވެ. އަހަރެންނަށް އެކަން ކުރަން އެނގެއެވެ. ބުނެވުނެވެ: ކިހިނެއްހެއްޔެވެ؟ ބުންޏެވެ: އޭނާއަށް އަހުމިއްޔަތުކަން ނުދޭނީއެވެ. އެއީ އޭނާ ސީދާ ބޭނުންވާ އެތި ބުނުމާއި ހަމައަށެވެ. އޭނާއަށް ފުރިހަމައަށް ޙައްގު ދޭ ކޮންމެ ފަހަރަކު، ބޭނުންވާ ވަރަށްވުރެ ގިނައިން އަހައެވެ.“
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.