ދޮގުވެރިކަމުގެ ދެ ފޭރާން އަޅައިގެން ތިބި މީހުންނަށް ރައްކާތެރިވާށެވެ
①
ދޮގުވެރިކަމުގެ ދެ ފޭރާން އަޅައިގެން ތިބި މީހުންނަށް ރައްކާތެރިވާށެވެ.
ހަމަކަށަވަރުން އިސްލާމް ދީނުގައި ޢިލްމަކީ އެދީނާއި ލާމެހިފައިވާ އެއްޗެކެވެ. އަދި ޢިލްމު ފޯދުން ވަނީވެސް ޚުދު އެދީނުންނެވެ. މިސަބަބަށްޓަކައި އޭގައި އިސްލާމް ކަމުގެ އަޚުލާޤާއި ތެދުވެރިކަމާއި އިޚްލާޞްތެރިކަން ޝާމިލުވެއެވެ. އަދި ޢިލްމުވެރިން ވަނީ މި މަތިވެރި މަޤާމު އެއަށް ނިސްބަތް ކުރަންޖެހޭކަން ކަށަވަރު ކުރައްވާފައެވެ.
އައްޝެއިޚް މުޙައްމަދު ޖަމާލުލް ޤާސިމީ رحمه الله ވިދާޅުވިއެވެ:
ފޮރުވިފައި ނުވާނޭ ފަދައިން، ލިޔުމެއް އެކުލަވާލުމުގެ ބާބުގައި، އެންމެ މުޙިއްމު ޚިއްސާ ތަކުގެ ތެރެއިން ވަނީ: ފާއިދާ ތަކާއި މަސާއިލް ތަކާއި ނުކުތާތައް އޭގެ ވެރިފަރާތަށް ނިސްބަތް ކުރުމެވެ. މިއީ ތިމާގެ ފުށުން ނުވާ އެއްޗެއް އެއީ ތިމާގެ އެއްޗެއްކަމަށް ދެކެވެމުން ދުރުހެލި ކުރުމަށެވެ. އަދި "ދޮގުވެރިކަމުގެ ދެ ފޭރާން އަޅައިގެން" ހުރެއްޖެ މީހާފަދައިން ނުވުމަށެވެ. މިސަބަބަށްޓަކައި، (އަހަރެންގެ) މިފޮތުގައި ވާ އެންމެހާ މަސާއިލް ތަކެއް އަކުރުން އަކުރަށް އޭގެ ޞާޙިބުންނަށް ނިސްބަތް ކުރެވިފައި ވާތަން ތިބާ އަށް ފެންނާނެތެވެ. އަދި މިއީ، އަހަރެމެން އެ އެކުލަވާލައި އެކަތަކުރި އަސާސެވެ.“
" قواعد التحديث من فنون مصطلح الحديث " ( ص 40 ) .
އަސްމާއު ބިންތި އަބީ ބަކްރު رضي الله عنها އަރިހުން ދެ ޞަޙީޙް ގައި ރިވާވެފައިވެއެވެ: ރަސޫލު اللّٰه ﷺ ޙަދީޘް ކުރެއްވި އެވެ: ( الْمُتَشَبِّعُ بِمَا لَمْ يُعْطَ كَلَابِسِ ثَوْبَيْ زُورٍ ) ”އެމީހަކަށް ލިބިފައި ނުވާ އެއްޗެއް، ލިބިފައިވާ ކަމަށް ދައްކައިފި މީހަކީ، ދޮގުވެރިކަމުގެ ދެ ފޭރާން އަޅައިގެން ހުރި މީހެއް ފަދައެވެ.“
رواه البخاري ( 4921 ) ومسلم ( 2130 )
އަލްޙާފިޡު އިބުނު ޙަޖަރު رحمه الله ވިދާޅުވިއެވެ: ”ދޮގުވެރި ދެ ފޭރާމޭ“ މިއޮތް ބަސްފުޅުގެ ޚުކުމަށް ބަލާއިރު، އިޝާރާތް މިކުރައްވަނީ، ހެދިގަނެގެން ހުންނަ މީހާގެ ފުށުގައި ދެ ދޮގު ވާކަމެވެ. އެހެނީ އަމިއްލަ އަތުގައި ނެތް އެއްޗަކުން އޭނާގެ ނަފުސުގެ މައްޗަށް އޭނާ ދޮގުހަދައެވެ. އަދި އޭނާއަށް ނުދެވޭ އެއްޗެއް (ދެވުނު ކަމަށް ދައްކައިގެން) އަނެކުންނަށް ވެސް އެވެ. އަދި ދޮގު ހެކި ދޭ މީހާ ވެސް ވަނީ މިފަދައިންނެވެ. އަމިއްލަ ނަފުސަށް އަނިޔާވެރިވެ، އެމީހަކަށް ދޮގުހެކި ކުރެވޭ މީހާއަށް ވެސް އަނިޔާ ވެރި ވެއެވެ.
" فتح الباري " ( 9 / 318 ) .
އަދި އެހެން ކަމުން މި މައްސަލަ ގުޅިފައިވަނީ ޢަމަލު ތައް ޤަބޫލުވެވުމުގެ ޝަރުޠެއް ކަމަށްވާ އިޚްލާޞް ތެރި ކަމާއި އެވެ.
”މުސްލިމު މީހާ އަށް އަމުރު ވެވިގެން ވަނީ އެންމެހާ ކުއްތަން ވުމުގެ ކަންތައް ތަކުގައި އާއި އަޅުކަން ތަކެއްގައި އިޚްލާޞް ތެރިވުމަށެވެ. ﷲ تَعَالَى ވަޙީ ކުރެއްވިއެވެ:
( وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ...) البينة/من الآية 5
باطل މަގުން އެއްކިބާވެތިބެ، اللَّه އަށް އަޅުކަން خالص ކުރާ حال (އެބަހީ: އިޚްލާޞް ތެރިކަމާއި އެކު) اللَّه އަށް އަޅުކަންކުރުމަށް... މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ.
އެހެން މީހެއްގެ މަސައްކަތް ޖަހައިގަނެ، އަމިއްލަ ނަމުގައި އެ ފަތުރާ މީހާ ގެ މި ޢަމަލުގެ ސަބަބުން އެޢަމަލުން އިޚްލާޞް ތެރިކަން ގެއްލިގެން ދެއެވެ. އެހެނީ އޭނާ އެ އެދެނީ، އޭނާ ނުކުރާ މަސައްކަތެއްގެ މައްޗަށް އޭނާާގެ ނަންގަނެވި، މަޝްހޫރުވެ އިތުރުވުމަށެވެ. އަދި އެކަމުން ﷲ ގެ ވަޖުހުފުޅާއި އާޚިރަތުގެ ޘަވާބަށް އެދުނީހީ ނަމަ، އޭނާގެ ފުށުގައި ނުވާ ޢަމަލަކަށް ދަޢުވާ ކުރުމަކީ ﷲ ޤަބޫލުވެ ވޮޑިގެން ނުވާ ކަމެއްކަން އޭނާ ދަތީހެވެ. އަދި އެކަމުން އެއްކިބާވެ، އަދި ޢަމަލު އޭގެ ވެރިފަރާތަށް ނިސްބަތް ކުރީހެވެ. މިފަދައިން އޭނާ ކަންތައް ކުރީހީ ނަމަ، އުނގަންނައި ދިނުމާއި، ހެވަށް މަގު ދައްކައި ދިނުމުގެ އަޖުރު މަދުވުމެއް ނެތި ފުރިހަމަޔަށް އޭނާ އާށް ލިބުނީހެވެ. އަދި ދަންނައެ، ﷲ تَعَالَى ހެޔޮކަމުގެ ޢަމަލެއް މެނުވީ ޤަބޫލުވެވޮޑި ނުގަންނަވައެވެ.
އަބޫ ހުރައިރާ رضي الله عنه އަރިހުން ރިވާވެގެންވެއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވި އެވެ: ( أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لا يَقْبَلُ إِلا طَيِّباً ) ”އޭ މީސްތަކުންނޭވެ. ހަމަކަށަވަރުން ﷲ އީ އެންމެ ހެޔޮވެގެންވާ އިލާހެވެ. ހެޔޮކަމެއް މެނުވީ އެއިލާހު ޤަބޫލެއް ނުކުރައްވައެވެ.“
رواه مسلم ( 1015 ) “
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.