އަހަރެމެންނީ ރައްބުގެ އަޅުތަކުން ކަމުގައި ވީހިނދު، ކަލޭމެން އެއިލާހަށް ބަދުބަސް ބުނަން ދޫކުރަންވީ ހެއްޔެވެ؟ (1)
This article is available in Dhivehi only.
❶
އަހަރެމެންނީ ރައްބުގެ އަޅުތަކުން ކަމުގައި ވީހިނދު، ކަލޭމެން އެއިލާހަށް ބަދުބަސް ބުނަން ދޫކުރަންވީ ހެއްޔެވެ؟ (1)
— ޝައިޚް ނާޞިރުލް ފަހްދު فك الله أسره ވިދާޅުވިއެވެ:
"މިސްކިތް" ތަކާއި "ހުކުރު ޚުޠުބާ" ތަކާއި "ދީނީ ދަރުސް" ތަކަކީ، "ކުނިވެފައިވާ އާދަކާދަ" ކަމާއި "ދޮސް ޘަޤާފަތް" ކަމަށް އަދި "ބޭކާރު ކަންތައްތަކެއް" ކަމަށް ސިފަކުރުމަކީ ހަމަކަށަވަރުން ސާފު ކުފުރެވެ. (كفر بواح). އަދި ފާޅުވެގެންވާ މުރުތައްދުވުމެވެ. އަދި ފަރުދާއެއްނެތް ޒިންދީޤުކަމެވެ. މަސްއޫލުވެރިންނަށް ވާޖިބުވެގެން ވަނީ އެބަސްތަކުގެ ވެރިފަރާތް އިސްތިތާބަ ކުރުވުމެވެ. (އެބަހީ، ހައްޔަރުކޮށް ތައުބާ ވުމަށް މުހުލަތުދިނުމެވެ.) އެހެންނުވެއްޖެ ނަމަ ޤަތުލުކުރުމެވެ. މުރުތައްދު ކާފަރެއްގެ ގޮތުގައެވެ. އަދި އެއްވެސް ކަރާމަތެއް އޭނާއަކަށް ނުވެއެވެ. އެހެނީ މިފަދަ ބަސްތަކަކީ ހަމަކަށަވަރުން އިސްލާމް ދީނާއި އޭގެ ޝިޢާރުތަކަށް ބުނެވޭ އެންމެ ބޮޑެތި ބަދުބަސް ބުނުމާއި މަލާމަތް ކުރުމުގެ ތެރެއިންވާ ތަކެއްޗެވެ.
ފަހެ ﷲ سبحانه ވަނީ މިފަދައިން ބުނި މީހުން ކާފަރު ކުރައްވާފައެވެ: "މި ޤާރީ ވެރިންނަށް ވުރެ ދަހިވިގަނި، ދޮގުވެރި އަދި (ޢައްދުއްވުންނާއި) ކުރިމަތިލެވޭ އިރު ފިނޑި ބަޔެއް އަހަރެމެންނެއް ނުދެކެމެވެ." އެހެންކަމުން އެއިލާހުގެ މިބަސް ވަޙީ ބާއްވައިލެއްވުނެވެ:
(وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُۚ قُلْ أَبِٱللَّهِ وَءَايَٰتِهِۦ وَرَسُولِهِۦ كُنتُمْ تَسْتَهْزِءُونَ * لَا تَعْتَذِرُوا۟ قَدْ كَفَرْتُم بَعْدَ إِيمَٰنِكُمْۚ ) (التوبة: من الآية 65 ، 66).
”ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آية ތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟ * ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުން إيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ.“
އަދި މިފަދަ ބަސްތަކުން މިވެރިން ކާފަރުވެގެން ދިޔައީ، ތަބޫކުގެ ހަނގުރާމައަށް މިބައިމީހުން ނިކުތުމަށް ފަހުގައެވެ. އަދި އެކަމާއި ވިދިގެން ޤިޔާމަތާއި ހަމައަށް ކިޔެވޭނޭ ޤުރުއާން ބާއްވައިލެއްވުނެވެ. ދެން މިބަސްތަކާއި މިޒިންދީޤުގެ ބަސްތައް — "ކުނިވެފައިވާ އާދަކާދަ" އަދި "ދޮސް ޘަޤާފަތް" "ބޭކާރު ކަންތައްގަނޑެކޭ" — މިއާއި އަޅައިކިޔައި ބަލާށެވެ!
އިބްނު ޙަޒަމް رحمه الله ”އަލްމުޙައްލާ” ގައި، ދީނަށް ބަދުބަސް ބުނެފި ނޫނީ މަލާމާތް ކޮށްފި މީހާގެ ކުފުރާއި މެދުގައި ވާ ދަލީލުތައް ޖަމަޢުކުރެއްވުމަށް ފަހު ވިދާޅުވިއެވެ:
”އަހަރެމެން މި ޛިކުރު ކުރިތަކެތިން ޞައްޙަވެ ބިނާ ވަނީ، ﷲ تعالى އަށް ބަދުބަސް ގޮވައިފި ކޮންމެ މީހެއް، ނޫނީ މަލާމާތެއް ކޮށްފި، ނުވަތަ މަލާއިކަތުން ކުރެ މަލާއިކަތަކަށް ބަދުބަސް ބުނެއްޖެ ނޫނީ މަލާމާތެއް ކޮށްފި، ނުވަތަ ނަބިއްޔުން ކުރެ ނަބީ ބޭކަލަކަށް ބަދުބަސް ބުނެއްޖެ ނޫނީ މަލާމާތެއް ކޮށްފި، ނުވަތަ ﷲ تعالى ގެ އާޔަތް ތަކުގެ ތެރެއިން އާޔަތަކަށް ބަދުބަސް ބުނެއްޖެ ނޫނީ މަލާމާތެއް ކޮށްފި، އަދި ޝަރީޢަތުގެ އެންމެހާ އެއްޗަކަށް، އަދި ޤުރުއާން ވަނީ ﷲ تعالى ގެ އާޔަތް ތަކުގެ ތެރެއިން ، ފަހެ މިފަދަ މީހާ މިކަމުގެ ސަބަބުން ކާފިރުވެ މުރުތައްދުވެއްޖެ ކަމެވެ. އެމީހަކަށް ވާ ޙުކުމަކީ މުރުތައްދެއްގެ ޙުކުމެވެ.“ اهـ (المحلى 12/438)
އަދި އިބްނު ޤުދާމާ رحمه الله (المغني 12/298) ވިދާޅުވިއެވެ: ” ﷲ تعالى އަށް ބަދުބަސް ގޮވައިފި މީހެއް ކާފަރު ވެއްޖެއެވެ. އެއީ މަޖަލަކަށް ނޫނީ ގަސްތުގައި ވިޔަސް އެވެ. ހަމަ އެފަދައިން ﷲ تعالى އަށް މަލާމާތެއް ކޮށްފި މީހާ ނޫނީ އެއިލާހުގެ އާޔަތްތަކަށް، ނޫނީ ރަސޫލުންނަށް ނޫނީ ފޮތްތަކަށް (ހަޖޫ ޖަހައިފިބަޔަކަށް) — ﷲ تعالى ވަޙީކުރައްވަނި: (وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُۚ قُلْ أَبِٱللَّهِ وَءَايَٰتِهِۦ وَرَسُولِهِۦ كُنتُمْ تَسْتَهْزِءُونَ * لَا تَعْتَذِرُوا۟ قَدْ كَفَرْتُم بَعْدَ إِيمَٰنِكُمْۚ ) (التوبة: من الآية 65 ، 66) ”ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آية ތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟ * ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުން إيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ.“ اهـ.
އަދި ޢިލްމިވެރިންގެ ބަސްފުޅުތައް މިކަމުގައި ގިނަގުނައެވެ. އަދި (އެބޭފުޅުން ފުރައްސާރަކުރުމުގެ މިމައްސަލަ) ބަޔާން ކުރައްވާފައިވަނީ "މުރުތައްދު" ވުމުގެ ބާބުގެ ދަށުން ނެވެ.
=
Comments (0)
Be the first to comment.