އަލްވަލާއު ވަލްއަލްބަރާއު ގައި މީސްތަކުންގެ ބާވަތްތައް: ތިންވަނަ ބައި
This article is available in Dhivehi only.
`
އަލްވަލާއު ވަލްއަލްބަރާއު ގައި މީސްތަކުންގެ ބާވަތްތައް: ތިންވަނަ ބައި
🔗 #الولاء_والبراء (7)
③ ތިނެއް: އެމީހަކާއި ޖުމްލަކޮށް ރުޅިވެރިވެވޭ އަދި މުޠްލަޤް ކޮށް ޢަދާވާތްތެރި ވެވޭ މީހާ
އެއީ (އިސްލާމް ކަމަށް ނިޞްބަތް ނުވާ) އަޞްލީ ކާފަރުންނެވެ. ނުވަތަ ޝަރުޢީ ދަލީލު ބަޔާން ވުމަށްފަހު މުރުތައްދު ވެފައިވާ މީހާއެވެ. އަދި އެއީ ޔަޤީންވަނިވި ދަލީލާއި ދެކޮޅަށް ދައުވާ ކުރާ މީހުންނެވެ. ﷲ އާއި އެއިލާހުގެ ފޮތްތަކާއި ރަސޫލުންނާއި އާޙިރަތްދުވަހަށް ކާފަރުވުން ފަދައެވެ. ނުވަތަ ﷲ ނޫން ފަރާތަކަށް ޒަބަޙަ ކުރުމާއި ނަދުރުބުނުން ފަދައެވެ. ނުވަތަ ނަމާދު އެކީ އެއްކޮށް އެޅުމެވެ — މިއީ ޢިލްމުވެރިންގެ ބަސްފުޅުގެ ތެރެއިން ޞައްޙަކަން އެންމެ ބޮޑު ގޮތުގެ މައްޗަށެވެ. އަދި މިއީ އަޞްޙާބު ބޭކަލުންގެ އިޖްމާޢު އެކެވެ.— ނުވަތަ ﷲ އަދި އެއިލާހުގެ ރަސޫލު ﷺ އަށް ޞަރީޙަ ބަދުބަހެއް ބުނުމެވެ. ނުވަތަ މުޞްޙަފް ކުނިބުނީގެ ތެރެއަށް ލުމެވެ. — أعاذنا الله وإياكم من ذلك (ﷲ ތިއެމެންނާއި އަހަރެމެން މިފަދަކަމަކުން ރައްކައުތެރި ކުރައްވާށިއެވެ.) ނުވަތަ ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅު ތަކަށް އިންކާރު ކުރުމެވެ. ނުވަތަ ޞަރީޙަވެގެންވާ މަލާމާތަކުން ދީނަށް މަލާމާތް ކުރުމެވެ. ﷲ تَعَالَى ވަޙީ ކުރެއްވިއެވެ:
﴿قُلْ أَبِٱللَّهِ وَءَايَـٰتِهِۦ وَرَسُولِهِۦ كُنتُمْ تَسْتَهْزِءُونَ لَا تَعْتَذِرُوا۟ قَدْ كَفَرْتُم بَعْدَ إِيمَـٰنِكُمْ ۚ ﴾ [التوبة:65-66]
”ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ އާޔަތްތަކާއި، އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟ * ތިޔަބައިމީހުން އުޒުރު ނުދައްކާށެވެ! ތިޔަބައިމީހުން އީމާން ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ ކާފިރު ވެފައިކަން ކަށަވަރެވެ.“
ނުވަތަ ކުފުރު ނިޒާމުތަކުން ޚުކުމް ކުރުމެވެ. ނުވަތަ (އެފަދަ ނިޒާމެއް) މީސްތަކުންގެ މައްޗަށް ފަރުޟު ކުޅައުމެވެ. ނުވަތަ ޣައިބުގެ ޢިލްމު އެނގޭކަމަށް ދަޢުވާ ކުރުމެވެ. ނުވަތަ ސިޙުރު ހެދުމެވެ. — ފަހެ މިއެންމެހާ ކަމަކީ ﷲ އާއި އެއިލާހުގެ ރަސޫލާ ﷺ އަށް ހުރަސް އެޅުމެވެ. އެހެންކަމުން އެވެރިންނާއި ބަރީޢަވުން ވާޖިބުވެގެން ވެއެވެ. ﷲ تَعَالَى ވަޙީކުރެއްވިއެވެ:
﴿لَّا تَجِدُ قَوْمًۭا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ ۚ أُو۟لَـٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَـٰنَ وَأَيَّدَهُم بِرُوحٍۢ مِّنْهُ ۖ وَيُدْخِلُهُمْ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَـٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ﴾ [المجادلة:22]
”اللَّه އަށާއި، އާޚިރަތްދުވަހަށް އީމާން ވާ މީހުންނީ، اللَّه އާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ އަޚުން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެއުރެންގެ ހިތްތަކުގައި އެކަލާނގެ އީމާންކަން ލިޔުއްވި މީހުންނަކީ މިއީއެވެ. އަދި އެއީ އެކަލާނގެ ޙަޟްރަތުން ލިބިފައިވާ ރޫޙް އަކުން، އެއުރެންނަށް ގަދަކަންދެއްވި މީހުންނެވެ. އަދި އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. اللَّه އެއުރެންނަށް ރުއްސެވިއެވެ. އަދި އެއުރެން އެކަލާނގެއާމެދު ރުހިގެންވެއެވެ. އެއުރެންނީ اللَّه ގެ ޖަމާޢަތެއެވެެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّه ޖަމާޢަތުގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެެ.“
(ނުނިމޭ)
~ ގަލަންދާނު
Comments (0)
Be the first to comment.