ކާފަރުންނާއިއެކު މުޢާމަލާތް ކުރުމުގެ ބައެއް ޙުކުމްތައް — الولاء_والبراء (8)
This article is available in Dhivehi only.
•
📍ކާފަރުންނާއިއެކު މުޢާމަލާތް ކުރުމުގެ ބައެއް ޙުކުމްތައް
🔗 #الولاء_والبراء (8)
1. ގަނެ ވިއްކުމާއި ދަރަނީގައި ކާފަރުންނާއި އެކު ގުޅުން ބޭއްވުމުގެ ޙުކުމް
ގަނެ ވިއްކުމާއި ދަރަނީގައި ކާފަރުންނާއި އެކު ބޭއްވޭ ގުޅުން ކާފަރުންނަށް މުވާލާތް ކުރުމުގެ (އެބަހީ: ވާގިވެރިކަން ދިނުމުގެ) ތެރޭގައި ނުހިމެނެއެވެ. އެހެނީ ޙަލާލު އަކީ ﷲ އާއި އެއިލާހުގެ ރަސޫލު ﷺ ޙަލާލު ކުރެއްވި އެއްޗެކެވެ. އަދި ޙަރާމް އަކީ ﷲ އާއި އެއިލާހުގެ ރަސޫލު ﷺ ޙަރާމް ކުރެއްވި އެއްޗެކެވެ. އަދި އެއުރެންނާއި ގަނެވިއްކުން ޖާއިޒު ކަމުގެ މައްޗަށް ޞައްޙަ ދަލީލުން ހެކިދެއެވެ. އަދި މިކަމުގައި ބެލުންވަނީ، ގަނެވިއްކުމުގެ ތެރޭގައި ހިމެނޭ ޝަރުޢީ ޝަރުޠުތަކުގެ މައްޗަށެވެ. އަދި ވިއްކޭ އެތީގެ ހުއްދަކަމާއި އަދި މިޒާތުގެ ކަންކަމަށެވެ. އަދި ޝަރުޠުވެވިގެންވަނީ މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ވާގިވެރިވެވޭފަދަ އެއްޗެއް އެވެރިންނަށް ނުވިއްކުމެވެ. ވަކިން ޚާއްސަކޮށް ހަނގުރާމައިގެ ވަޤުތުގައެވެ. އެހެންކަމުން މުސްލިމުންނާއި އެއިން ހަނގުރާމަކުރެވޭ ހަތިޔާރު އެވެރިންނަށް ވިއްކުން ހުއްދަވެގެން ނުވެއެވެ. އަދި މިބާބުގައި ދިގުވެގެންވާ ތަފްޞީލުތައް ހިމެނެއެވެ. އަދި މިތާގައި މަޤްޞަދަކީ މިކަންކަމަށް ޖުމްލަވީ ގޮތަކަށް އިޝާރާތްކޮށްލުމެވެ. އަދި މިކަންކަމުގެ ތަފްޞީލަކީ އެހެން މަޥްޟޫޢު އެކެވެ.
(ނުނިމޭ)
~ ގަލަންދާނު
Comments (0)
Be the first to comment.