ވަޢީދާއި އިންޒާރުގެ ރިވާޔަތްތަކުވައި ސަލަފުން ދެކިލެއްވިގޮތާއި ދެކޮޅުވެރިވާ މަގުފުރެދުނު މަޛުހަބުތައް]
This article is available in Dhivehi only.
❸
[ވަޢީދާއި އިންޒާރުގެ ރިވާޔަތްތަކުވައި ސަލަފުން ދެކިލެއްވިގޮތާއި ދެކޮޅުވެރިވާ މަގުފުރެދުނު މަޛުހަބުތައް]
މި (ބަޔާންވެވުނު) ޙަދީޘް ތަކުގެ ހަތަރު ބާވަތާއިމެދު، ހަތަރު ގޮތަކަށް މީސްތަކުން (ނުބައިކޮށް) ތައުވީލު ކުރެއެވެ. (އެބަހީ: މާނަ ކުރެއެވެ.).
އެހެންކަމުން، ބައިގަނޑެއް މިތަކެއްޗަކީ (އެކީއެއްކޮށް) ނިޢްމަތަށް (ޝުކުރުވެރި ނުވުމުގެ) ކުފުރު ކަމުގައި ދެކުނެވެ.
ދެވަނަ ބައިގަނޑު (މާނަ ކުރީ) މިއީ ނުރުހުންތެރިކަމާއި ބިރުވެރިކުޅައުމުގެ މައްޗަށް ކަމެވެ.
ތިންވަނަ ބައިގަނޑެއް ކަނޑައެޅީ މިއީ މުރުތައްދުވީ މީހުންގެ ކުފުރު ކަމުގައެވެ.
އަދި ހަތަރުވަނަ ބައިގަނޑެއް އެހުރިހާ އެއްޗެއް (ރިވާޔަތްތަކެއް) ދޫކޮށް ދެކޮޅުވެރިވިއެވެ.
އަދި މިއެންމެހާ ވަޖުހަކީވެސް އަހަރެމެން ގާތު ޤަބޫލުވެވިގެން ނުވާ ޚިލާފުވެވިގެންވާ އެއްޗެއްސެވެ. އެއީ އޭގެން ފޯދޭ ހަމަނުޖެހުންތަކާއި ފަސާދައިގެ ސަބަބުންނެވެ.
ފުރަތަމަ ބައިގަނޑުގެ ދެކޭ ދެކުމަށް ވާ ރައްދަކީ، އެކަމަކީ ޢަރަބިންގެ ބަހުރުވާގައި އެނގޭން އޮތް ކަމަކަށް ނުވުމެވެ. އެހެނީ ﷲ ގެ ނިޢުމަތްތަކާއި އެއިލާހުގެ ހެޔޮތަކަށް ދެކޮޅުވެރިވުން މެނުވީ ނިޢުމަތުގެ އިތުރު ކުފުރެއް އެވެރިންނަށް އެނގިގެންނެއް ނުވެއެވެ. (ނިޢުމަތުގެ ކުފުރޭ ބުނެވެނީ) މިސާލަކަށް އެމީހަކަށް އެއްވެސް ހެވެއް ލިބިފައިނުވާ ކަމަށް ބުނާމީހެކެވެ. އެއީ އެހެނަސް ﷲ އޭނާ އަށް މުދާވެރިކަން ދެއްވާފައިވާ ހިނދުގައެވެ. ނުވަތަ ބަލިޖެހިފައިވާ ކަމަށެވެ. ﷲ އޭނާއަށް ސަލާމަތްކަން (ސިއްޙަތު) ދެއްވާފައިވާ ހިނދުގައެވެ. އަދި ހަމަ އެފަދައިން ހެޔޮތައް ފޮރުވައި ގެއްލުންތައް ޚަބަރުކުރުވައި ހެދުން ފަދައެވެ. ޢަރަބީން ކުފްރާނަން އޭ މިކިޔަނީ މިއަށެވެ. އެއީ އެކަމަކީ އެދެކަމާއި ﷲ އާއި ދެމެދުވާ ކަމެއް ކަމުގައިވާނަމައެވެ. ނުވަތަ އެވެރިން ތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ނަމައެވެ. އެއީ އެވެރިންނަށް ފޯރާ ހެވަށް އިންކާާރުކޮށް އެއާއި ދެކޮޅުހަދާނަމައެވެ. މިކަން ނަބިއްޔު ﷺ އަންހެންވެރިންނަށް މުޚާތަބުކުރެއްވި މިޙަދީޘް އިން ތިބާއަށް އެނގިގެން ދާނެއެވެ: (إنكن تكثرن اللعن وتكفرن العشير- يعني الزوج- وذلك أن تغضب إحداكن فتقول: ما رأيت منك خيراً قط) فهذا ما في كفر النعمة. (އެއީ ތިޔަކަނބަލުން މީސްތަކުންނަށް ލަޢުނަތްދީ ގޮވާލެއް ގިނަކަމުންނެވެ. އަދި އަލްޢަޝީރު — އެބަހީ: ފިރިމީހާ — ގެ އިޙްސާންތެރިކަމަށް ކާފިރުވާ ކަމުންނެވެ. އެއީ ތިކަނބަލުންކުރެ މީހެއް ރުޅިއައިސްފިނަމަ ބުނެއެވެ: ދުވަހަކުވެސް ކަލޭގެ ފަރާތުން ހެޔޮކަމެއް ނުލިބެއެވެ.) އަދި މިއީ ނިޢުމަތުގެ ކުފުރު އާއި މެދުގައެވެ.
[ނޯޓް: މިތާގައި އިމާމް އަބޫ ޢުބައިދު އެވިދާޅުވަނީ، މި އެންމެހާ ރިވާޔަތެއް އެއީ ނިޢްމަތަށް ކުފުރު ވުމުގެ ތެރެއަށް ލުމާއި މެދުގައެވެ. އަދި މިއީ ބާޠިލުބުނުމެއް ގޮތުގައެވެ. އެހެނީ ޢަރަބިންގެ ފަހުމުގައި "ކުފުރު" ގެ އަޞްލަކީވެސް މިއީ ކަމުގައި ނުވުމެވެ. އެހެނަސް އެންމެހާ ތަނެއްގައި މި ތަފްޞީރު ނުކުރެވިދާނެ ވާހަކައެއް ނޫނެވެ. އެހެންކަމުން ބަޔެއް ޙާލަތުގައި މިމާނަ ނައްޞުތަކުގައި އައިސްފައިވެއެވެ. އަބޫ ޢުބައިދުގެ މުރާދަކީ، މި މުޅި މަޥްޟޫއު ނިޢްމަތުގެ ކުފުރުގެ ތެރެއަށް ލައި، ޚަވާރިޖުންގެ އަލްއިބާޟިއްޔާ ފަދަ ބައިގަނޑުތައް ދެކޭގޮތާއި މެދު ރައްދު ދެއްވުމެވެ. އެހެންކަމުން ވަޢީދުގެ ޙަދީޘްތައް އެވެރިން އެއް ތަފްސީރެއް ދަށަށް ގެނެސް، އެއީ ނިޢްމަތަށް ކުފުރު ވުން ކަމަށް ނިންމައެވެ. އަދި ޚަވާރިޖުންގެ ތެރޭ ޖުމްހޫރުން ގެ ބުނުމަކީ: ބޮޑު ފާފަޔަކަށް އަރައިގަންނަ ކޮންމެ މީހަކީ މިއްލަތުން ބޭރުވެގެންދާ-ކުފުރު ވެފައިވާ ކާފަރެއް ކަމެވެ. އަދި އަލްއިބާޟިއްޔާގެ ބުނުމަކީ، އެއީ ނިޢްމަތުގެ ކުފުރު ވެފާއިވާ ކާފަރެކޭ އެވެ. (ދުނިޔެމަތީގައި އެއީ ނިޢްމަތުގެ ކުފުރު ކަމުގައި ބެލިޔަސް، އާޚިރަތުގައި އެފަދަ މީހުން ނަރަކައިގައި ދާއިމަށް ދެމިތިބޭނޭ ކަމަށް އިބާޟިއްޔާ ދެކެއެވެ.) އެހެންކަމުން މިއެންމެހާ ރިވާޔަތެއްގެ މާނައަކީ ނިޢުމަތުގެ ކުފުރު ކަމުގައި ނިންމިއެވެ. އަދި މިއީ އެއަކަށް ޢަރަބި ބަހާއި ސަލަފުންގެ މަގު ޚިލާފުވެގެންވާ ބުނުމެކެވެ. ފަހެ ސަލަފުން މިއިން ކޮންމެ ރިވާޔަތެއް އޭގެ ޙާލަތުގެ މައްޗަށް މާނަ ކުރައްވަތެވެ. އެހެންކަމުން އެއީ ނިޢްމަތުގެ ކުފުރު ކަމަށް ޙާލަތް ދައްކުވައިދޭ ރިވާޔަތެއް ނަމަ ައެގޮތުގައި ވިދާޅުވެތެވެ. އަދި އެނޫން ތަންތަނުގައި އެއާއި ޚިލާފަށެވެ. (ޚުލާސާ: އައްޝައިޚް ޑރ. ޔޫސުފު ބުނު މުޙައްމަދު އަލްޣަފީޞް ގެ ޝަރަހަ، ޞ 119 އިން)]
Comments (0)
Be the first to comment.