ދެވަނައަށް އޮތް، އެއީ އެކަންކަމާއި ދެކޮޅަށް ވަރަށް ނުރުހުންވާކަން ބަޔާން ކުރުމަށްކަމަށް މާނަކުރެވުން، ފަހެ މިއީ ﷲ ގެ ރާސޫލު ﷺ އާއި އަޞްޙަބު…
This article is available in Dhivehi only.
❹
ދެވަނައަށް އޮތް، އެއީ އެކަންކަމާއި ދެކޮޅަށް ވަރަށް ނުރުހުންވާކަން ބަޔާން ކުރުމަށްކަމަށް މާނަކުރެވުން، ފަހެ މިއީ ﷲ ގެ ރާސޫލު ﷺ އާއި އަޞްޙަބު ބޭކަލުންނަށް ރައްދުވެވޭނޭ އެންމެ ބޮޑު ހުތުރެވެ. އެއީ ﷲ އާއި އެއިލާހުގެ ދީނާއިމެދު ގެންނަވާ ޚަބަރަކީ ހަމައެކަނި އިންޒާރެއް އަދި އޭގައި ޙަޤީޤަތެއްނެތް އެއްޗެއް ކަމަށް ބުނުމެވެ. އަދި މި މާނައިން މިކަމުގައި ޢުޤޫބާާތް އެކުލެވުން ބާޠިލުވެގެން ދެއެވެ. އެހެނީ އެއިން އެކައްޗަށް މިފަދައިން ވުން ކުޅަދާނަ ނަމަ، އެހެން ހުރިހާ ކަމެއްގެ ޢުޤޫބާތްވެސް އެފަދައިންވުން އެކަށީގެންވެއެވެ.
[ނޯޓް: ބައެއް ފަހުގެ ޢިލްމުވެރިން މިފަދައިން ވަޣީދުގެ ޙަދީޘްތަކާއިމެދު ވިދާޅުވެއެވެ. އަދި ސަލަފުން ދެކިލެއްވިގޮތަކި މިއީ ކަމަށްވެސް ވިދާޅުވެތެވެ. އެހެނަސް މިއީ ތެދު ބުނުމެއް ނޫނެވެ. އަދި ބިދުޢަވެރި ބުނުމެކެވެ. އަދި ސަލަފުންގެ ތެރެއިން ބައެއް ބޭކަލުން —ބައެއް ފަހަރަށް — މިފަދަ ޙަދީޘްތައް އޭގެ ބޭރުފުށުގެ ލަފުޛުގައި އިތުރު ތަފްސީރެއް ނުގެނެސް ބުނުމަށް ވިދާޅުވެތެވެ. އެއީ ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި ޢަމަލުވެވޭ ފަދައިންނެވެ. އަދި ނައްޞުތައް އެންމެހާ ހާލަތެއްގައި މިމާނައަށް ޙުލާޞާކޮށް ނިންމާލުމާކީ މުރުޖިޢާއިންގެ ތަފްޞީރު ކުރުމެވެ. އަދި ކިއެއްތަ؟ ޝައިޚުލް އިސްލާމް ވިދާޅުވިއެވެ: ”މިއީ މުޅިއެއްކޮށް ބިރުވެރިކުރުވުމަށް އެކަނި ކަމަށް ދައުވާ ކޮށްފި މީހާ، މިއީ ފަހެ ފަލްސަފާ ވެރިންގެ ތަފްސީރު ކުރުމުގެ ވައްތަރެކެވެ.“ އެބަހީ ފަލްސަފާވެރިން ދީނުގެ ވަޢީދުތައް އޭގެ ޙަޤީޤީ މާނައިން އެހެން މާނަތަކަށް ބަދަލުކުރާފަދައިންނެވެ. އަދި ޖިސްމާނީ ޢުޤޫބާތާއި ޘަވާބު ގެ ޙަޤީޤަތަށްވެސް އެވެރިން އިންކާރު ކުރެއެވެ. އެހެންކަމުން މިނަޒަރިއްޔާތުން މިއީ އިންކާރުވެވިގެންވާ ބުނުމެކެވެ. އެހެނަސް އެއީ އެއްވެސް ޝައްކެތް ނެތް ގޮތުގައި މިނައްޞުތަކަކީ ބިރުވެތިކުޅައުމުގެ ނައްޞުތަކޭ ނަންދެވުނެއް ކަމަކުއެވެ. އަދި އެއިން ފޯދެނީ އިންޒާރާއި ބިރުވެތި ކުރުމުގެ ނައްޞުތައް ކަމެވެ. އެހެނަސް އަބޫ ޢުބައިދުއާއި އެނޫން ސުންނަތުގެ އިމާމުން މިކަން ބާޠިލުކުރައްވައި އެކަން ޞައްޙަ ނޫން ކަމާށް ވިދާޅުވުމުގައި ޤަޞްދަކީ އެކަމުގެ މާނައަކީ ހަމައެކަނި އިންޒާރުކަމަށް އެކަނި ހަނިކޮށްލުމަށެވެ. އަދި އެކަމުގެ ޙަޤީޤަތެއް ނުވާކަމަށް މާނަކުރުމަށެވެ. މީގެ މިޘާލަކީ، ޙަދީޘް ގައިވާ ފަދައިން، ޒިނޭކުރާ މީހާ ޒިނޭ ކުރާ އިރު މުއުމިނެއް ކަމުގައި ނުވުމެވެ. މީގައި ޙަޤީޤަތެއް ވެއެވެ. އެހެނީ ޒިނޭ ކުރާ މީހާ އަކީ މުއުމިނެކޭ ނަން ނުދެވެއެވެ. އަދި ބުނެވިއްޖެނަމަ: ކީއްވެހޭ އެއީ މުއުމިނެކޭ ނުބުނެވެނީ؟ އޭގެ ޖަވާބަކީ އީމާން ކަމީ ﷲ ވަޙީ ކުރެއްވި ފަދައިންނެވެ: قَدْ أَفْلَحَ ٱلْمُؤْمِنُونَ ... وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ (مؤمن ން ކާމިޔާބުވެއްޖެކަން ކަށަވަރެވެ... އަދި އެއުރެންނީ، އެއުރެންގެ فرج ތަކަށް ރައްކާތެރިވާމީހުންނެވެ.) އަދި ޒިނޭ ކުރާ މީހާ ފަރުޖު ރައްކައުތެރި ނުކުރެތެވެ. އެހެންކަމުން މުއުމިނެކޭ ނުބުނެވެއެވެ. އަދި މިއީ ޤުރުއާނުގައި ކަނޑައެޅިފައިވާ އެއްޗެކެވެ. އަދި އެއާއި ޚިލާފުވާ ބުނުމެއް ނޫނެވެ. އެއްވެސް ޝައްކެތް ނެތް ގޮތުގައި، މިއީ އިންޒާރާއި ބިރުވެރި ކުރުމުގެ ތެރެއިންނެނެވެ. އެހެނަސް ރިންޒާރާއި ބިރުވެރިކުރުވުމުގެ މާނަ ތަފްސީރެއް ނުކުރެވޭނެ ފަދައިން، ނުވަތަ އޭގެ މާނަ ނޭގެޔޭ ނުވަތަ އޭގައި ޙަޤީޤަތެއް ނުވެޔޭ... މިއެންމެހާ ބުނުމަކީ މުރުޖިޢާއިންގެ ބިދުޢައިގެ ބިދުޢަވެރި މާނަކުރުން ތަކެވެ. އަދި މިހެން އެއްވެސް ސަލަފެއް ވިދާޅުވިކަމަށް ބުނާ މީހަކީ ނުބައިކޮށް ބުނެފި މީހެކެވެ. (ޚުލާސާ: އައްޝައިޚް ޑރ. ޔޫސުފު ބުނު މުޙައްމަދު އަލްޣަފީޞް ގެ ޝަރަހަ، ޞ 119 ، 120)]
Comments (0)
Be the first to comment.