ކާފަރުންނާއިއެކު މުޢާމަލާތް ކުރުމުގެ ބައެއް ޙުކުމްތައް — الولاء_والبراء (10)
This article is available in Dhivehi only.
'
📍ކާފަރުންނާއިއެކު މުޢާމަލާތް ކުރުމުގެ ބައެއް ޙުކުމްތައް
🔗 #الولاء_والبراء (10)
(3) ކާފަރުންގެ ބިންތަކުގައި ޤާއިމުވެ ތިބިމުގެ ޙުކުމް
މި މައުޟޫއު ތެރެއިން ވާހަކަދެއްކުމަށް އަހަރެމެންނަށް ބާރުއަޅާ އަނެއްކަމަކީ، ހުޅަނގާއި ކުފުރުގެ ބިންތަކުގައި މުސްލިމުން ޤާއިމުވުމުގެ ޙުކުމާއިމެދުގައެވެ. އަދި މިއީ އެއްޝަޚްޞަކާއި އަނެއް ޝަޚްޞެއް މެދު ތަފާތުވާ ކަމެކެވެ. އަދި ނިޔަތާއި މަޤުޞަދުގެ މައްޗަށްވެސް ތަފާތު އަންނަ ކަމެކެވެ.
މިހެންކަމުން ﷲ އަށް (އީމާން ވުމަށް) ދަޢުވަތު ދިނުމުގެ މަޤްޞަދު ގައި އަދި ﷲ ގެ ރުއްސެވުމަށްވާ ވަސީލަތްތައް އަދިއެއިލާހުގެ ޢަދުއްވުން ބަލިކުރެވޭނޭ ވަޞީލަތްތައް އުނގެނުމުގެ މަޤްޞަދު ގައި ކުފުރުގެ ބިންތަކަށް ދަތުރުކުރުން، ފަހެ މިއީ ޝަރުޢުވެގެންވާ ކަމެކެވެ. އަދި މިކަމުގެ މައްޗަށް ވާ ދަލީލުތައް ގިނަގުނައެވެ.
ދެންފަހެ ނަބިއްޔާ ﷺ އައް-ޠާއިފު އަށް ދަތުރު ކުރެއްވިއެވެ. އެއީ އެވެރިންނަށް ދަޢުވަތު ދެއްވުމަށްޓަކައެވެ. އަދި މިޙާދިޘާ އާއި ބެހޭ ޢާއިޝާ رضي الله عنها ގެ ޙަދީޘް ވަނީ ދެ ޞަޙީޙުގައެވެ. އަދި ކާފަރުންގެ ބިންތަކަށް އެވެރިންނަށް ދަޢުވަތުދެއްވުމަށް ސަފީރުންނާއި ޢާލިމުންނާއި ޞުލްޙައިގެ މަންދޫބުން، ނަބިއްޔާ ﷺ ފޮނުއްވަވާފައިވެއެވެ. އަދި މިއީ މުތަވާތިރުކޮށް ރިވާވެފައިވާ ކަމެކެވެ. އެހެންކަމުން އެއްވެސް މީހެއް މިކަމުގައި ދެކޮޅުހަދާފައި ނުވެއެވެ.
މިފަދައިން ކާފަރުންގެ ބިންތަކަށް ދަޢުވަތު ދިނުމަށް ނޫނީ އިސްލާމް ދީނާއި މުސްލިމުންގެ މަޞްލަޙަތެއްވާ ާޢިލްމެއް އުނގެނުމަށްދާ މީހުންނަށް، ޢިލްމުވެރިން ވަނީ ޝަރުޠު ކަނޑައަޅުއްވާފައެވެ. އެއީ އެވެރިންގެ ދީން ޝަރުޢީ ދަލީލުތަކުގެ މަތީ އެނގިތިބުމާއި، ޢަޤީދާގައި (ރަނގަޅަށް) ހިފަހައްޓައިގެން ތިބި ބަޔެއް ކަމުގައިވުމާއި، ޢާންމު ޙާލަތުގައި ފިތުނަޔަށް ވެއްޓުމުން އެވެރިން އަމާންވެފައި ވުމެވެ. އަދި އެވެރިންގެ ދަތުރުގެ މަޤްޞަދަކީ ﷲ ގެ ދީން ފާޅުކޮށް އެއަށް ދަޢުވަތު ދިނުން ކަމުގައި ވުމެވެ.
ދެވަނަ ބާވަތަކީ: ވިޔަފާރި ކުރުމަށް ނުވަތަ ބޭސްފަރުވާ އަށް ޤަޞްދުކޮށް ކާފަރު ބިންތަކުގައި މަޑުކުރާ މީހުންނެވެ. އަދި މިއީ މުބާޙު (ހުއްދަ) ކަމެކެވެ. ޝަރުޠަކީ ކާފަރުންނާއި މުޢާމަލާތް ކުރަން ޖެހޭ ގޮތްތަކުގެ ވާޖިބު މިންވަރު ދަނެހުރުމެވެ. އޭގެ ޖާއިޒު ކަންކަމާއި މަނައުވެގެންވާ ކަންކަމެވެ.
ތިންވަނަ ބާވަތަކީ: އެމީހެއްގެ ދީނަށް ޖާހިލު ޙާލު ކާފަރުންގެ ބިންތަކަށް ދަތުރުކޮށް އަދި މަޑުކުރާ މީހުންނެވެ. ނުވަތަ (ދީން) އެނގިހުރެ އެހެނަސް އޭނާގެ ނަފުސުގެ މައްޗަށް ފިތުނައަށް ބިރުގަންނަ މީހާ އެވެ. ނުވަތަ ދީން ފާޅު ކުރުމުގެ ކުޅަދާނަކަން ނެތް މީހާއެވެ. އަދި އިސްލާމީ ޝިޢާރުތަކުގެ ތެރެއިން ވާޖިބުތައް އަދައުކޮށް ޙަރާމްތައް ދޫކޮށްލުން ފާޅުނުކުރެވުމެވެ. ފަހެ މިފަަދަ މީހާ މިވަނީ ﷲ އާއި އެއިލާހުގެ ރަސޫލު ﷺ އަށް އުރެދިގެނެވެ.
ހަތަރުވަނަ ބާވަތަކީ: ކާފަރުންގެ ބިންތަކުގައި ދެމިހުރުމަށް މުކްރިހު ވެފައިވާ މީހާއެވެ. އަދި މަދު ނޫން އަދަދަކަށް މިފަދަ މީހުން އަހަރެމެންގެ މިޒަމާނުގައި ވެއެވެ. އެހެންކަމުން ޙީލަތެއް ހަދައިގެން ބޭރުވުމަށް އެވެރިންނަށް ވަނީ ނުކުޅެދިފައެވެ. އަދި ނިކުންނާނޭ މަގެއް ހޯދިފައިނުވެއެވެ. އަދި (ދާރުލް ކުފުރު) ކުފުރުގެ ބިމުން އެވެރިން ނިކުމެއްޖެތަ؟ އެވެރިންނަށް ހިޔާވަހިކަން ދޭނޭ ނުވަތަ ދިފާޢުކޮށްދޭނޭ އިސްލާމީ ބިމެއް (ދާރުލް އިސްލާމް) އެއް ނުހޯދެއެވެ. ނިކަމެތިވެފައިވާ މި މީސްތަކުން ވަނީ ޢުޛުރުވެވިގެން ނެވެ. އަދި ޢުޛުރުވެރި ވެގެން ވާ ކަމުގެ މައްޗަށް އައިސްފައިވެއެވެ. އަދި އަހަރެމެންގެ މައްޗަށް މިބައިމީހުންނަށް ނަޞުރުވެރިވުމާއި އެހީތެރިވުން ވާޖިބުވެގެންވެއެވެ. އަދި އެބައިމީހުންގެ ބޭނުންތައް ފަސޭހަކޮށްދިނުންވެސް މެއެވެ. އަދި އެވެރިންގެ މައްޗަށް ވާޖިބުވެގެންވަނީ: ކެރިކުޅަދާނަ ވީވަރަކުން ޝަރުޢު ޤާއިމުކުރުމެވެ. އަދި އެވެރިންގެ މައްޗަށް ކާފަރުންނަށް ޢަދާވާތްތެރިވެ ރުޅުވެރިވުން ވާޖިބުވެގެން ވެއެވެ.
ފަސްވަނަ ބާވަތް: ކާފަރުންގެ ބިމުގައި ޤާއިމުވެ، އިކުރާހަ ކާއި ނުލައި، އެވެރިންގެ ދީނަށް އެއްބަސްވާކަން އެވެރިންނަށް ފާޅުކުރާ މީހުން، އަދި އެވެރިން އެއެއްގެ މަތީ ތިބި ކުފުރަށް އަދި އިސްލާމްކަމަށް ގޮވާ ބަދުބަހަށް މަދަޙަ ކިޔާ މީހުން، މިފަދާ މީހަކީ އޭނަގެ ދީނުން މުރުތައްދުވެފައިވާ މީހެކެވެ. އޭނާ އެކަން ކުރީ ވެރިކަމެއް ގެ ލައްޒަތުގައިވިޔަސް ނޫނީ އެނޫން ކަމަކަށް ޓަކައިވިޔަސް މެއެވެ. އަދި ފޮރުވިފައިވާ (ނުސީދާ) އިކުރާހު އެއް އޮތްކަމަށް އޭނާ ބުނާ ބަހެއް އަދި ކުރާ ދަޢުވާއެއް ބަލައިގަތުމެއް ނުވެއެވެ. އެހެނީ ބޭރުފުށަށް އެއުރެން މީނާއަށް އިކުރާހު ކުރުވައިފައި ނުވުމެވެ. ﷲ تعالى ވަޙީ ކުރައްވިއެވެ:
=
Comments (0)
Be the first to comment.