ކާފަރުންނާއިއެކު މުޢާމަލާތް ކުރުމުގެ ބައެއް ޙުކުމްތައް — الولاء_والبراء (11)
This article is available in Dhivehi only.
'
📍ކާފަރުންނާއިއެކު މުޢާމަލާތް ކުރުމުގެ ބައެއް ޙުކުމްތައް
🔗 #الولاء_والبراء (11)
4. މުސްލިމުންނާއި ދެކޮޅަށް ކާފަރުންނަށް ވާގިވެރިވުމުގެ ޙުކުމް
އަދި މުސްލިމުންނާއި ދެކޮޅަށް ކާފަރުންނަށް ވާގިވެރިވުމުގެ ޙުކުމާއި މެދު ވާހަކަ ދެއްކުމަށް މި (މައުޟޫއު) ގޮވާލައެވެ. އެހެނީ (ދީން) ބީރައްޓެހިވެފައިވާ މިޒަމާނުގައި، ފިތުނައިގައި ޖެހިފައިވާ އެތަކެއް ބަޔެއް ވަނީ އެވެރިންގެ ސަރުކާރުތަކުން އަފްޣާނިސްތާނުގެ މުސްލިމުންނާއި ދެކޮޅަށް އެމެރިކާއަށް ވާގިވެރިވުމުގެ މައްޗަށް އޮތް އިގުރާރު ހެޔޮކަމުގައި ބަލައިގަނެފައެވެ. އަދި މިބައިމީހުން ވަނީ ޙައްޤުގެ އަހުލުންނާއި ދެކޮޅަށް ބާޠިލުގެ އަހުލުން އަދި މުރުތައްދުން ދިފާޢުކުރާ ބައިގަނޑެއް ކަމުގައި ވެފައެވެ. އަދި ޢަދުއްވުން ގެ ދުއްމާރިތަކެއް ކަމުގައެވެ.
ﷲ تعالى ވަޙީ ކުރެއްވިއެވެ: ﴿وَلَا تُجَٰدِلْ عَنِ ٱلَّذِينَ يَخْتَانُونَ أَنفُسَهُمْۚ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًا﴾ [النساء:107]
އެއުރެންގެ އަމިއްލަ ނަފްސު ތަކަށް ޚިޔާނާތްތެރިވާ މީހުންގެ ފަރާތުން، ކަލޭގެފާނު ޖަދަލު ނުކުރައްވާށެވެ! ހަމަކަށަވަރުން، ފާފަވެރިވެ ޚިޔާނާތްތެރިވާ މީހަކު ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
އަދި މި އާޔަތުގެ ތެރެޔަށް ޚަބީޘް މީޑިއާތައް ވަދެއެވެ. އަދި ނުބައި ޢިލްމުވެރިންވެސް މެއެވެ. އެވެރިންގެ ފޯރިއާއި ދީނަކީ ޚާއިނުންނަށްޓަކައި ޖަދަލުކޮށް ވަކާލާތުކޮށްދިނުމެވެ. ޙަޤީޤަތްތައް އޮޅުވާލައި ރައްޔިތުން މަގުފުރެއްދުމުގައެވެ.
އިބުނުލް ޤައްޔިމް رحمه الله تعالى ވިދާޅުވިއެވެ: ދެންފަހެ ﷲ ގެ ޙުރުމަތްތައް ނަގާލެވި އެއިލާހުގެ ޙައްދުތައް ވައްޓާލެވި އެއިލާހުގެ ދީން އެއްލާލެވި އެއިލާހުގެ ރަސޫލު ﷺ ގެ ސުންނަތައް މޫނު ކުނިކުރެވޭ ހިނދު ހިތަށް އަސަރެއް ނުކޮށް، ދުލަށް ބަހެއް ނުލައި، މަންމަނު ޝައިޠާނެއް ހެން ބަލަހައްޓައިގެން ހުންނަ މީހެއްގެ ވަނީ ކޮން ދީނެއް އަދި ހެވެއްބާއެވެ؟ ހަމަ އެފަދައިން، ބާޠިލު ބަސްމޮށުންތެރިޔަކީ ދޫހެލޭ ޝައިޠާނެއް ފަދައެވެ. އަދިފަހެ އެބަޔެއްގެ ކާއެތިކޮޅާއި މަޤާމުތައް ކަށަވަރުކޮށްދެވިއްޖެތަ؟ ދީނަށް ވާއެއްޗެއް ވުމަށް ފަރުވާލެއް ނެތި ތިބޭ ބައިގަނޑުގެ ފުށުން މެނުވީ މިދީނަށް ބަލާވެރިކަން އާދޭހެއްޔެވެ؟ (އެބަހީ: ނުބައި ވެރިންނާއި ޝައިޚުން ނެވެ.) އޭގެ ތެރެއިން އެންމެ ހެޔޮ މީހަކީ ތުންތަޅުވާލައިގެން ދެރަވެލާ މީހާއެވެ. އަދި އެވެރިންގެ ޖާހު ނޫނީ މާލަށް އަހަރެމެން ކުޑަ ހީނަރުކަމެއް ގެނެސްފިތަ؟ އެއަށްޓަކައި ވަރުގަދަ ގުރުބާނީއެއްވެ ބުރަވެގެންވާ މަސައްކަތްތަކެއް ކުރެއެވެ. އަދި އޭނާއަށް ކުޅަދާނަވީ މިންވަރަކުން އިންކާރު ކުރުމުގެ ތިން-މަރުޙަލާ އިސްތިޢުމާލުކުރެއެވެ. (އެބަހީ: އަތާއި، ދުލާއި ހިތެވެ.) އަދި މިބައިމީހުން — ﷲ ގެ ލޯފުޅު މަތީ ނިކަމެތިވެފައިވާ ނިކަމެއްޗާއި، ﷲ ގެ އިންތިހާ ނުރުއްސެވުމާއި އެކުވެސް — އެމީހުންނަށް އިހުސާސެއް ނުވާ ޙާލު ވަނީ، ދުނިޔެމަތީ އެބަޔަކަށް ޖެއްސެވޭނޭ އެންމެ ބޮޑު ބަލާވެރިކަން ޖެއްސެވިފައެވެ: އެއީ ހިތް މަރުވުމެވެ. އެހެނީ ހިތުގެ ދިރުން ވަރުގަދަ ވާ ވަރަކަށް ﷲ އާއި އެއިލާހުގެ ރަސޫލު ﷺ އަށްޓަކައިވާ ރުޅިވެރިކަން ވަރުގަދަވެއެވެ. އަދި ދީނަށް ވެދޭ ނަޞުރުވެރިވުންވެސް މެއެވެ.
الُشَيْخ سُلَيْمَان الْعَلْوَان |
(ނުނިމޭ)
~ ގަލަންދާން
Comments (0)
Be the first to comment.